[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤަޟާ ޙާޖަތްކުރުމާ އެކަމުގެ އަދަބުތައް

Three_pebbles_Vue_57_0_img

ފުރަތަމަ ކަންތައް:

އިސްތިންޖާ ކުރުމާއި އިސްތިޖުމާރު ކުރުމާއި މިދެކަންތައްވެސް އޭގެން އެއްކަމުގެ ބަދަލުގައި އަނެއްކަން ކުރުމުން ފުދިގެންވުން

އިސްތިންޖާކުރުން: އިސްތިންޖާކުރުމަކީ ނަޖިސް ނުކުތް ތަން ފެން ބޭނުންކޮށްގެން ފިލުވައިލުމެވެ. އިސްތިޖުމާރު ކުރުމަކީ ހިލަ ނުވަތަ ގައު ފަދަ ޠާހިރު އެއްޗެއް ބޭނުންކޮށްގެން ނަޖިސް ނުކުތް ތަން ފުހުމެވެ. މި ދެކަމަކީވެސް އޭގެން އެއްކަމެއްގެ ބަދަލުގައި އަނެއްކަމެއް ކުރުމުން، ފުދިގެންވާ ދެކަމެވެ. (ކޮންމެހެން ދެކަން ކުރާކަށް ނުޖެހޭނެއެވެ.) އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން މި ކަންކަން ޘާބިތުވެފައިވާތީއެވެ.

عَنْ أَنَسٍ رَضِيَ اللهُ عَنْهُ قَالَ – قَالَ: كَانَ النَّبِيُّ صَلَّى ا للهُ عَلَيْهِ وَسَلَّمَ يَدُخُلُ الْخَلاَءَ فَأَحْمِلُ أَنَا وَغُلاَمٌ وَنَحْوِي إِدَاوَةً مِنْ مَاءٍ وَعَنَزَةً فَيَسْتَنْجِى بِالماَءِ – [رواه مسلم 271]

މާނައަކީ “އަނަސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޤަޟާ ޙާޖަތްކުރަން ވަދެވަޑައިގަންނަވާނަމަ، ތިމަންކަލޭގެފާނާއި އަދި ތިމަންކަލޭގެފާނު ވަރުގެ އެހެންކުއްޖަކާ ދެމީހުންވެގެން ފެންބާލިދީއަކާއި (ވަޅުޖެއްސެވުމަށްޓަކައި) ލޮންސިއެއް  ގެންގޮސްދެމެވެ. އެ ފެން ބާލިދީން އެކަލޭގެފާނު އިސްތިންޖާކުރައްވައެވެ.”

عَنْ عَائِشَةَ رَضِيَ اللهُ عَنْهَا عَنِ النَّبِيِّ صَلَّى ا للهُ عَلَيْهِ وَسَلَّمَ قَالَ ‏ ((إِذَا ذَهَبَ أَحَدُكُمْ إِلَى الْغَائِطِ فَلْيَسْتَطِبْ بِثَلاَثَةِ أَحْجَارٍ فَإِنَّهَا تُجْزِئُ عَنْهُ))[أخرجه أحمد 6/108 والدارقطني 144 وقال إسناده صحيح]

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

“ތިޔަބައިމީހުންގެ ތެރެއިން މީހަކު ފާޚާނާކުރާނަމަ، ތިން ހިލައިން ތާހިރުވާހުށިކަމެވެ. އެ (ތިންހިލައިން އިސްތިންޖާކުރުމުން) ފުދިގެންވެއެވެ.”

އެންމެ މޮޅުގޮތަކީ ދެކަންތައްކުރުމެވެ. (އެބަހީ އިސްތިޖުމާރު ކުރުމަށްފަހު އިސްތިންޖާވެސް ކުރުމެވެ)

އިސްތިޖުމާރުކުރުން ޙާޞިލްކުރެވޭނީ ހިލައިން ނުވަތަ ހިލައިގެ މަޤާމުގައި ބޭނުންކުރެވޭ ޠާހިރު އެއްޗަކުންނެވެ. މިސާލަކަށް ޓިޝޫ އާއި ލަކުޑި ފަދަ ތަކެއްޗެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްތިޖުމާރު ކުރައްވާއިރު، ހިލައާއެކު އެއާ އެއްފަދަ އެހެނިގެން ތަކެތި ގެންދަވައެވެ. ތިންފަހަރަށްވުރެ މަދުން ފުހެފިނަމަ އިސްތިޖުމާރަކަށް ނުފުދޭނެއެވެ. އެއީ ސަލްމާނު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވާ މި ޙަދީޘްގެ ސަބަބުންނެވެ.

عَنْ سَلْمَانَ ‏ رَضِيَ اللهُ عَنْهُ ‏- قَالَ: ” نَهَانَا يعني النَّبِيُّ صَلىَ اللهُ عَلَيْهِ وَسَلَّمَ أَنْ نَسْتَنْجِيَ بِالْيَمِينِ وَ أَنْ نَسْتَنْجِيَ بِأَقَلَّ مِنْ ثَلَاثَةِ أَحْجَارٍ وَ أَنْ نَسْتَنْجِيَ بِرَجِيعٍ أَوْ عَظْمٍ” [رواه مسلم 262]

“ކަނާއަތުން ސާފުކުރުމާއި، ތިންހިލައަށްވުރެ މަދުން ސާފުކުރުމުގައި ބޭނުންކުރުމާއި ޖަނަވާރުގެ ނަޖިހުންނާއި ކަށިން ސާފުކުރުން އަހަރެމެންނަށް (ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ) ނަހީކުރެއްވިއެވެ.”

*****************************

الفقه الميسر في ضوء الكتاب والسنة

وزارة الشؤون الإسلامية والأوقاف والدعوة والإرشاد