الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ރަޖުޢީ ވަރިއަކުން ވަރިކޮށްފައިވާ އަންހެނާ ޢިއްދައިގެ ދުވަސްވަރު އޭނާގެ ގެއިން ނިކުމެގެން ގޮސްގެން ނުވާނެއެވެ. އަދި އޭނާ ގެއިން ނެރެލައިގެންވެސް ނުވާނެއެވެ. އަދި އޭނާއަށް ބޭނުންވާ ޚަރަދުތައް ކޮށްދޭންވާނެއެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا الْعِدَّةَ ۖوَاتَّقُوا اللَّـهَ رَبَّكُمْ ۖ لَا تُخْرِجُوهُنَّ مِن بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّا أَن يَأْتِينَ بِفَاحِشَةٍ مُّبَيِّنَةٍ ۚ وَتِلْكَ حُدُودُ اللَّـهِ ۚ وَمَن يَتَعَدَّ حُدُودَ اللَّـهِ فَقَدْ ظَلَمَ نَفْسَهُ ۚ لَا تَدْرِي لَعَلَّ اللَّـهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًا﴾ [سورة الطلاق ١]
މާނައީ: “އޭ ނަބިއްޔާއެވެ. ތިޔަބައިމީހުން އަނބިން ވަރިކުރަން ޤަޞްދުކުރާނަމަ، ފަހެ، އެކަނބަލުންގެ ޢިއްދާގައި (އެބަހީ: ޖިމާޢުނުވާ ޠުހުރެއްގައި) އެކަނބަލުން ވަރިކުރާހުށިކަމެވެ. އަދި ތިޔަބައިމީހުން ޢިއްދަ ހިމަނާ ޢަދަދުކުރާހުށިކަމެވެ. އަދި ތިޔަބައިމީހުންގެ ވެރިރައްބުކަމުގައިވާ ﷲ އަށް، ތަޤުވާވެރިވާހުށިކަމެވެ. ފާޅުވެގެންވާ ހުތުރުކަންބޮޑު ފާފަޔަކަށް އެކަނބަލުން އަރައިގެންފިއްޔާ މެނުވީ، އެކަނބަލުންގެ ގެތަކުން (އެބަހީ: އެކަނބަލުން އުޅެމުންއައި ގެތަކުން) ނުނެރޭހުށިކަމެވެ. އަދި އެކަނބަލުންވެސް ނުނިކުންނަހުށިކަމެވެ. އެއީ، ﷲ ކަނޑައަޅުއްވާފައިވާ އިންތަކެވެ. ﷲ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅާދާމީހާ (ދަންނައެވެ!) ފަހެ، އެމީހާގެ އަމިއްލަ ނަފުސަށް އަނިޔާވެރިވެއްޖެކަން ކަށަވަރެވެ. އެއަށްފަހު ﷲ މިންވަރުކުރައްވާނެ ކަމެއްވެސް ތިބާއަކަށް (އެބަހީ: ވަރިކުރި ފިރިހެނާއަކަށް) ނޭނގޭނެތެވެ.”
ޝަރުޢީ މަޞްލަޙަތެއް އޮތްކަމެއްގައި ނުކިޔަމަންތެރި އަނބިމީހާއާ، އޭނާގެ ގޭގައި ނުވަތަ ގޭން ބޭރުގައިވެސް ދުރުހެލިވުން ފިރިމީހާއަށް ހުއްދަވެގެންވެއެވެ. ފަހެ، ގޭގައި އޭނާއާ ދުރުހެލިވުމުގެ ދަލީލަކީ ﷲ ތަޢާލާގެ އަންނަނިވި ބަސްފުޅެވެ.
﴿… وَاهْجُرُوهُنَّ فِي الْمَضَاجِعِ … ﴾ [سورة النساء ٣٤]
މާނައީ: “… އަދި އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ…”
ގެއިން ބޭރުގައި އަންހެނުންނާއި އެކަހެރިވުން ދަންނައެވެ. އެއީ ރަސޫލުﷲ صلى الله عليه وسلم އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުން، އެކަނބަލުންގެ ކޮޓަރިކޮޅުތަކުގައި ދޫކޮށްލެއްވުމަށްފަހު އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންގެ ގެކޮޅުތަކުގެ ބޭރުގައިވާ ކޮޓަރިކޮޅެއްގައި މަޑުކުރެއްވި ފަދައިންނެވެ. މިކަން ޞަޙީޙް ބުޚާރީގެ كتاب الطلاق ގެ باب في الإيلاء ގައި ވެއެވެ.
_________________________
=ނުނިމޭ=