ސުވާލު: ސުޢޫދީ ޢަރަބިއްޔާގެ މުފްތީކަމުގައިވާ الشيخ عبد العزيز بن باز އަށް ދަންނަވަމެވެ.
އަންހެން ކުދިން ޚިތާނުކުރުމަކީ ލާޒިމުކަމެއްކަމުގައި ދެކިގެން ނުވަތަ ސުންނަތެއްކަމުގައި ދެކިގެންވެސް ބައެއް އިސްލާމީ ޤައުމުތަކުގައި އެކަން ކުރެއެވެ.
‘އަލްމަޖައްލާ’ގެ ނަމުން ނަން ދެވިފައިވާ މަޖައްލާ އެއްގައި އެ މައުޟޫޢު ތަކުރާރުކޮށް ޖަހަމުން އެބަދެއެވެ. މިމައުޟޫޢުގައި ޝައިޚުގެ ރައުޔު އެނގުމަކީ މުހިންމު ކަމެއްކަމުގައިވާތީ މިކަމުގެ ޝަރުޢީ ޙުކުމަށް އަލިއަޅުއްވާ ދެއްވުން އެދެމެވެ.
ޝައިޚު އަޅުގަނޑުމެންނާ އެކު ބައިވެރިވާ ބައިވެރިވުމަށް ޝުކުރު އަދާކުރަމެވެ. އަދި ހެޔޮ ޞިއްޙަތާއި ރަނގަޅުގޮތް ޝައިޚަށް މެދުވެރިކޮށްދެއްވުން އެދި ދުޢާކުރަމެވެ.
އަޅުގަނޑުމެންގެ ފަރާތުން ޚާލިޞް ސަލާމް ޤަބޫލުކުރެއްވުން އެދެމެވެ…
ޖަވާބު: وعليكم السلام ورحمة الله وبركاته
އަދި އެއަށްފަހު ދަންނައެވެ.
ފިރިހެންކުދިން ޚިތާނުކުރާފަދައިން އަންހެންކުދިން ޚިތާނުކުރަމަކީ ސުންނަތެކެވެ. އެއީ އެކަންކުރަން ރަނގަޅަށް ދަންނަ ޑޮކްޓަރުންތަކެއް ތިބިކަމުގައިވާނަމައެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ އަންނަނިވި ބަސްފުޅުގެ ސަބަބުންނެވެ.
((الفِطْرَةُ خَمْسٌ، أَوْ خَمْسٌ مِنَ الفِطْرَةِ: الخِتَانُ، وَالِاسْتِحْدَادُ، وَنَتْفُ الإِبْطِ، وَتَقْلِيمُ الأَظْفَارِ، وَقَصُّ الشَّارِبِ))
މާނައީ: “ފިޠުރަތަކީ ފަސްކަމެކެވެ. ނުވަތަ ފިޠުރަތުގެ ތެރެއިން ފަސްކަމެއްވެއެވެ. އެއީ ޚިތާނުކުރުމާއި ޢައުރަގުނަވަނުގެ ވަށައިގެންހުންނަ އިސްތަށިބޭލުމާއި ކިހިލިފަތްދަށުގައި ހުންނަ އިސްތަށި އުފުރުމާއި ނިޔަފަތި ކެނޑުމާއި އަދި މަތިމަސް ކުރުކުރުމެވެ.”
މިޙަދީޘްއަކީ އިމާމް ބުޚާރީއާއި މުސްލިމުގެ އިއްތިފާޤުން ރިވާކުރައްވާފައިވާ ޙަދީޘެކެވެ.
________________________________