“اَلْحَمْدُ لله عَلَى إِحْسَانِهِ، وَالشُّكُرُ لَهُ عَلَى تَوْفِيْقِهِ وَامْتِنَانِهِ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ تَعْظِيْمًا لِشَأْنِهِ، وَأَشْهَدُ أَنَّ نَبِيَّنَا وَسَيِّدَنَا مُحَمَّدًا عَبْدُهُ وَرَسُولُهُ الدَّاعِي إِلَى رِضْوَانِه، صَلَّى اللهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهِ وَإِخْوَانِهِ، وَسَلَّمَ تَسْلِيْمًا كَثِيْرًا.
ކީރިތިވަންތަ ﷲ ސުބުހާނަހޫ ވަތަޢާލައަށް ޙަމްދު ހުއްޓެވެ. އަދި ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަނީ އެއިލާހު ފޮނުއްވި މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ [التوبة: 119].
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ﷲ އަށް ތަޤުވާވެރިވާށެވެ. އަދި ތެދުވެރިންނާއި އެކު ތިޔަބައިމީހުން ވާހުށިކަމެވެ.”
އެންމެ ހެޔޮ ނަޞީޙަތްދޭނެ ބަޔަކީ މައިންބަފައިންނެވެ. އަދި އެންމެބޮޑަށް ދަރިންނަށް އަޅާލާ އޯގާތެރިވެ ހަމްދަރުދީވާނެ ބަޔަކީވެސް އެބައިމީހުންނެވެ. އަދި އެންމެ އިޚުލާޞްތެރިކަމާއި އެކީ ނަޞީޙަތްދޭނެ ބަޔަކީ އެބައިމީހުން ކަމާއި މެދު ޝައްކެއްވެސް ނެތެވެ.
އަދި މައިންބަފައިންގެ ނަޞީޙަތަށް ބީރުކަންފަތެއް ދިނުމަށްވުރެ ބޮޑު ނުބައިކަމެއް ދަރިޔަކަށް (މަންމައަކާމެދު) ނުކުރެވޭނެއެވެ. އަދި ނުބައި ރައްޓެހިންނާއި އެކު އުޅުމާއި ފާފަކުރާ މީހުންނާއި އެކު އުޅުމާއި އަދި ފާފަތަކަށް އަރައިގަތުމަށްވުރެ ބޮޑު ނުބައިކަމެއް ނުވެއެވެ. އަދި އެފަދަ ރަޙުމަތްތެރިން އެމީހަކު ހަލާކުތެރެއަށް ވައްޓާލާނެއެވެ. އަދި ކިޔަމަންތެރިކަން އަދާނުކުރާ ނުބައި ފާފަކުރާ މީހުންމެނުވީ މިފަދަ ކަމެއް ނުކުރާނެއެވެ.
އަދި މައިންބަފައިންގެ ބަސްއަހާ ކިޔަމަންތެރިކަން އަދާކޮށް އެމީހުންގެ އަމުރުތަކަށް ބޯލަނބާ ކުއްޖަކަށްވުރެ ވަކިރަނގަޅު ހެޔޮލަފާ ކުއްޖަކީ ކޮބާހެއްޔެވެ؟ އޭނާވަނީ އެކަމަށް ފެންބޮވައިގެންފައެވެ. އެރުމާއި ވެއްޓުމުގައި ކިހާބޮޑު ތަފާތެއްވޭ ހެއްޔެވެ؟ އަދި އަނދިރިކަމާއި އަދި އަލިކަމުގައި ކިހާ ބޮޑު ތަފާތެއްވޭ ހެއްޔެވެ؟
އެންމެހާ ލޮބުވެތި ޢިއްޒަތްތެރި މުސްލިމުންނޭވެ. އިޚުލާޞްތެރިކަމާއެކު ނަޞީޙަތް ދޭހުށިކަމެވެ. އަދި ނަޞީޙަތް ދެވިއްޖެކަމުގައިވާނަމަ ނަޞީޙަތް ބަލައިގަންނާށެވެ. ކާމިޔާބާއި ނަޞްރު ލިބޭނީ އެގޮތަށް އަމަލުކޮށްގެންނެވެ.
عَنْ تَمِيمٍ الدَّارِيِّ : أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: (الدِّينُ النَّصِيحَةُ )، قُلْنَا لِمَنْ قَالَ: (لِلَّهِ وَلِكِتَابِهِ وَلِرَسُولِهِ وَلِأَئِمَّةِ الْمُسْلِمِينَ وَعَامَّتِهِمْ)
ތަމީމް އައްދާރީ (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ދީނަކީ ނަޞީޙަތެކެވެ.” ތިމަންބޭކަލުން ދެންނެވީމެވެ. ކޮންބަޔަކަށްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ﷲއަށާއި، އެއިލާހުގެ ފޮތަށާއި އަދި އެއިލާހުގެ ރަސޫލާއަށާއި އަދި މުސްލިމުންގެ ވެރިންނަށާއި އަދި ޢާންމު މީސްތަކުންނަށެވެ.” ރިވާކުރެއްވީ މުސްލިމް. (*)
و صلى الله وسلم على نبينا محمد و آله صحبه أجمعين. آمين.
___________________
(*)މިއީ 1434ހ ޞަފަރު މަހުގެ 22 ވީ ހުކުރުދުވަހު މަސްޖިދުއް ނަބަވީގެ އިމާމު ފަޟީލަތުއް ޝައިޚު ޞަލާޙް ބުދެއިރު ޙަފިޡަހުﷲ މަސްޖިދުއް ނަބަވީގައި ދެއްވާފައިވާ ޚުތުބާއިން ނަގާފައިވާ މައޫޟޫއެކެވެ. މައުޟޫއަށް ނަމެއްދީފައިވަނީ އަޅުގަނޑެވެ.