ބުނެވޭގޮތުން މުންނާރުގެ މަތީގައި ހަނދުފަޅި ހެދުމަކީ: ބައެއް މުސްލިމުން އެނޫން މީހުން ތަޤްލީދުކޮށްގެން އެބައިމީހުން އަޅުކަންކުރާ ތަންތަނުގައި ކަންކުރާފަދައިން ކޮށްފައިވާ ކަމެކެވެ. އެމީހުން ހަނދުފަޅި ހަދާފައިވަނީ ނަޞާރާއިން އެމީހުން އަޅުކަންކުރުމަށް ހަދާފައިވާ ތަންތަނުގެ މަތީގައި ޞަލީބު ހަދާފައިވާ މޭރުމުންނެވެ. ހަމައެފަދައިން ބަލިމީހުންނަށް އަވަސްފަރުވާދޭ ތަންތަނަށްވެސް red crescent
ގެ ނަމުން ނަންދީފައިވަނީ ނަޞާރާއިން red cross އަށް ނަން ދީފައިވާ މޭރުމުންނެވެ.
މި ޝުބުހައިގެ ސަބަބުން މުންނާރުތަކުގެ މަތީގައި ހަނދުފަޅި ހެދުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އަދި އެކަމުގައި މުދަލާއި ވަޤުތު ބޭކާރުކުރުންވެސް ހިމެނިފައިވާތީއެވެ.
ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله
مجموع فتاوى ورسائل ابن عثيمين (13 / 941)