މިނަރަކައިގެ ވަރުގަދަކަން އަދި އެއިން ޢަޛާބު ލިބޭމީހުންނަށް ލިބޭނޭ ޢަޛާބު ބަޔާންކުރައްވައި ﷲ ވަޙީކުރެއްވިއެވެ.
(سَأُصْلِيهِ سَقَرَ ﴿٢٦﴾ وَمَا أَدْرَاكَ مَا سَقَرُ ﴿٢٧﴾ لَا تُبْقِي وَلَا تَذَرُ ﴿٢٨﴾ لَوَّاحَةٌ لِّلْبَشَرِ ﴿٢٩﴾)[سورة المدثر ٢٦-٢٩]
މާނައީ:”ނިކަންހުރެ ތިމަންރަސްކަލާނގެ އޭނާ ނަރަކަޔަށް ވައްދަވާހުށީމެވެ. [26] އެ ނަރަކަޔަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ [27] އެ ނަރަކަ (ނާންދާ) އެއްވެސް އެއްޗެއް ނުބަހައްޓަތެވެ. އަދި ދޫކޮށެއްވެސް ނުލަތެވެ. [28] ގައިގެ ހަން އަންދައި ކަޅުކޮށްލަތެވެ.[29]”
ހަމަކަށަވަރުން އެނަރަކަ ހުރިހާ އެއްޗެއް ކާލައެވެ. އަދި އެއްވެސް އެއްޗެއް ނާންދާ ދޫކޮށް ނުލަތެވެ. އިންސާނާގެ ހަން އަންދާލުމަށްފަހު އޭނާގެ ކަށިތަކާ ހަމަޔަށް ވާޞިލުވެއެވެ. އޭނާގެ ބަނޑުގައިވާ ގުންވަންތައް ވިރުވާލައެވެ. އަދި އޭނާގެ ހިތްވެސް އަންދާލަތެވެ.
މިއަލިފާނާ ބެހޭގޮތުން ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
((نَارُكُمْ جُزْءٌ مِنْ سَبْعِينَ جُزْءًا مِنْ نَارِ جَهَنَّمَ، قِيلَ: يَا رَسُولَ اللَّهِ إِنْ كَانَتْ لَكَافِيَةً قَالَ: فُضِّلَتْ عَلَيْهِنَّ بِتِسْعَةٍ وَسِتِّينَ جُزْءًا كُلُّهُنَّ مِثْلُ حَرِّهَا))
“ތިޔަބައިމީހުން ތިގެންގުޅޭ އަލިފާނަކީ ނަރަކައިގެ އަލިފާނުގެ ހަތްދިހަ ބައިކޮށްފަ އެއްބައެވެ. އެހިނދު ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ. އޭގައިވާ (ދުނިޔޭގެ އަލިފާނުގައިވާ) ހޫނުކަން މީސްތަކުންނަށް ޢަޛާބެއްގެ ގޮތުން ފުދެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ނަރަކައިގެ އަލިފާންވަނީ ދުނިޔޭގެ އަލިފާނުގެ މައްޗަށް ފަސްދޮޅަސް ނުވަ ބަޔަށް (ހޫނުކަން) އިތުރުކުރެވިގެންނެވެ. އޭގެ ތެރެއިން ކޮންމެ ބައެއްވެސް މިދުނިޔޭގެ އަލިފާނެކޭ އެއްފަދައެވެ.”
[رواه البخاري ومسلم]
=ނުނިމޭ=