[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޤުވާވެރިވުމަކީ ކޮބާ؟ -1-

thaquwa verivumaky koba

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 ކޮންމެ ހުކުރުދުވަހަކު ހުކުރު ޚުޠުބާއިން “ތިޔަބައިމީހުން މާތް ﷲއަށް ތަޤްވާވެރިވާށެވެ!”، މިފަދައިން އިމާމު މީހާ ޚުޠުބާގައި ނަޞޭޙަތްތެރިވާއިރު، އަޅުގަނޑުމެނަށް ތަޤުވާއަކީ ކޮބައިކަމާއި އޭގެ ޙަޤީޤީ މާނަ އެނގޭ ހެއްޔެވެ؟

ތަޤުވާއަކީ އޭގައި ވަރަށް ފުން މާނައެއްއެކުލެވިގެންވާ ބަހެކެވެ. އެހެންވެ ޢިލްމުވެރިން މި ލަފްޡު އެކިގޮތްގޮތަށް މާނަކުރައްވާފައިވެއެވެ.

ބަހުގެގޮތުން ތަޤުވާގެ މާނައަކީ: ފޮރުވާލުން ނުވަތަ ހުރަހެއް ބެހެއްޓުމެވެ. ނުވަތަ އެކަމަކާ ދޭތެރޭ ބިރުވެތިވެ އެކަމަކުންދުރުވެ ރައްކާތެރިވުމެވެ.

ޝަރުޢީގޮތުން ތަޤުވާގެ މާނައަކީ: ސިއްރާއި ފާޅުގައި ﷲތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވެ، އެއިލާހު ނަހީކުރެއްވި ކަންތައްތަކުން ތިބާގެ ނަފްސު ސަލާމަތްކޮށް ދުރުވެގަތުމެވެ. އެއީ އެއިލާހުގެ ކޯފާއާއި ޢަޛާބުން ރައްކާތެރިވުމަށެވެ.

މުޢާޛު ބުން ޖަބަލު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

((اتَّقِ اللهَ حَيثُمَا كُنْتَ…)) [رواه الترمذي وحسنه الألباني في مشكاة المصابيح]

މާނައީ: “ތިބާވީ ކޮންމެ ތަނެއްގައި ﷲއަށް ތަޤުވާވެރިވާށެވެ…”

އެހެން ޙަދީޘެއްގައިވެއެވެ. އަބޫ ހުރައިރާرضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

 (( قِيلَ: يَا رَسُولَ اللَّهِ مَنْ أَكْرَمُ النَّاسِ؟ قَالَ: ” أَتْقَاهُمْ” …)) [متفق عليه]

މާނައީ: އިތުރު އެކަލޭގެފާނުގެ އަރިހުގައި ދެންނެވުނެވެ. އޭﷲގެ ރަސޫލާއެވެ. މީސްތަކުންގެ ތެރެއިން އެންމެ މާތް މީހަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “އެމީހުންގެ ތެރެއިން އެންމެ ތަޤުވާވެރިކަން ބޮޑު މީހާއެވެ…”

=ނުުނިމޭ=

______________________________

المراجع :
1ـ جامع العلوم والحكم / للحافظ بن رجب الحنبلي .

2ـ إرشاد العباد /للشيخ عبدالعزيز السلمان .

3 ـ الرائد / للشيخ مازن الفريح .

މިލިޔުމުގެ އެހެން ބައިތައް