[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަދީނާގެ މާތްކަން (އަދި އެތާގައި ދިރިއުޅުމާއި އެތަނަށް ޒިޔާރަތްކުރުމުގެ އަދަބުތައް) 23

madheenah

 

ޤަބުރުފުޅުކައިރީގައިވާ ފާރުތަކުގައްޔާއި ދޮރުތަކުގައި ބީހުމާއި ބެހޭގޮތުން، އިމާމުއް ނަވަވީ ‘މަޖުމޫޢަތް ޝަރަޙުލް މުހައްޛަބު’ގައި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ވިދާޅުވެފައިވެއެވެ.

“ޢާންމުންގެ މީހުން އެކަންތައްކުރުމަކުން އެކަމަކަށް ތަބާވާކަށް ނުޖެހެއެވެ. ތަބާވުންވަނީ ޞައްޙަ ޙަދީޘްތަކަށާއި ޢިލްމުވެރިންގެ ބަސްފުޅުތަކަށެވެ. ޢާންމުން އަލަށް ދީނަށް ވައްދާ ކަންތައްތަކަށާއި އެބައިމީހުންގެ ޖާހިލުކަމަށް ތަބާވުމެއްނުވެއެވެ.”

އައްޞަޙީޙައިން ގައި ޢާއިޝާ رضى الله عنها ގެކިބައިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވި ކަމަށް ރިވާވެގެންވެއެވެ.

(( مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ ))

މާނައީ: “މިދީނުގައި ނެތް އާގޮތްތައް މިދީނަށް ގެންނަމީހާއަށް އޭނާ އެގެނައިކަމެއް ރައްދުކުރެވިގެންވެއެވެ.” އަދި އިމާމް މުސްލިމްގެ ރިވާޔަތުގައި ވެއެވެ.

((مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا، فَهُوَ رَدٌّ ))

މާނައީ: “ތިމަންކަލޭގެފާނު ގެންނެވިގޮތާ ޚިލާފަށް ޢަމަލުކުރާމީހާގެ ޢަމަލުވަނީ އޭނާއަށް ރައްދުވެގެންނެވެ”.

އަދި އަބޫހުރައިރާ رضى الله عنه ގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ.

((لَا تَجْعَلُوا بُيُوتَكُمْ قُبُورًا، وَلَا تَجْعَلُوا قَبْرِي عِيدًا، وَصَلُّوا عَلَيَّ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ ))[رواه أبو داود بإسناد صحيح] 

މާނައީ:” ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ޤަބުރުފުޅު ވަކިވަގުތުތަކެއް ކަނޑައަޅައިގެން ޒިޔާރަތްކުރާތަނެއްކަމުގައި ނުހަދާށެވެ. އަދި ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔަވާށެވެ. ތިޔަބައިމީހުން ކޮންމެތަނެއްގައި ވިޔަސް ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނަށް ވާސިލުވާނެއެވެ.”

=ނުނިމޭ=

މިފޮތުގެ އެހެނިހެން ބައިތައް