[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޯދަ ވިއްލުން އަވަސް ކުރުން

images

الحمد لله

ސުވާލަކީ ރޯދަވިއްލުމަކީ ފަރުޟެއްތޯ ނުވަތަ ނޫންތޯ؟ އަދި ރޯދަ ވިއްލާ ގަޑީގައި މީހަކު މިސްކިތާ ހަމައަށް ފޯރިއިރު، މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރަނީއެވެ. އެހެން ވެއްޖެނަމަ އޭނާއަށް އެންމެ އެދެވިގެންވާ ގޮތަކީ، ނަމާދު ކުރުމަށްފަހު ރޯދަވިއްލުންތޯ ނުވަތަ ރޯދަ ވިއްލުމަށްފަހު ޖަމާޢަތުގައި ބައިވެރިވުންތޯ؟

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތަކުން ދަލީލު ލިބެނީ، ރޯދަ ވިއްލުމުގައި ސުންނަތް ގޮތަކީ، ރޯދަވިއްލުން ވީހާވެސް އަވަސްކުރުމެވެ. ސަޢުދު ބިން ސަހުލު ރަޟިޔަﷲ އަންހުގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (( ރޯދަ ވިއްލުން އަވަސް ކުރާހައި ހިނދަކު މީސްތަކުން ވަނީ ހެޔޮކަމުގައެވެ. )) –  رواه البخاري  ومسلم –

އެގޮތުން، އެއްމެ އެކަށީގެންވާ ގޮތަކީ، ބަނޑުހައިކަން ކެނޑިގެންދާވަރުގެ ކުޑަ އެތިކޮޅަކުން ފުރަތަމަ ރޯދަވިއްލުމަށްފަހު، ދެން ނަމާދުކުރުމަށް އަވަސްވެގަތުމެވެ. އެއަށްފަހު ބޭނުންވާނަމަ، ކެއުމަށް އަލުން ރުޖޫޢަވުމެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަންތައް ކުރެއްވީ މިފަދައިންނެވެ. އަނަސް ބުން މާލިކު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. (( ނަމާދުގެ ކުރިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯ ކަދުރުން ރޯދަވިއްލަވައެވެ. ރޯ ކަދުރު ނުލިބިއްޖެ ނަމަ ހިކި ކަދުރުންނެވެ. ފެން ކޯވަރުތަކަކުންނެވެ. )) – رواه الترمذي  وصححه الألباني في صحيح أبي داود –

މި ޙަދީޘްގެ ޝަރަޙައިގައި ފަޟީލަތުއްޝައިޚް އަލް މުބާރަކުފޫރީ – ހަފިޡަހުﷲ – ވިދާޅުވެފައި ވެއެވެ. ” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ރޯދަ ވިއްލުން އަވަސްކުރުމަށް ބާރުއަޅުއްވައިފައިވާ މިންވަރު މި ޙަދީޘުން އެނގިގެން ދެއެވެ. “


މަޞްދަރު: Islamqa.com