[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރުޅި އިސްނުކުރާށެވެ ! 2

rulhi

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ރުޅިއައުމުން އެރުޅީގެ މައްޗަށް އޭނާގެ ނަފްސުށް ބާރު ނުފޯރުވިއްޖެނަމަ އޭނާއަށް ކޮންމެ ފަދައެއްޗެއްވެސް ކިއިދާނެއެވެ. ކުފުރުގެ ބަހެއް ނުވަތަ މީހަކަށް ލަޢުނަތް ދިނުމުގެ ބަހެއްވެސް ބުނެވިދާނެއެވެ. އޭނާ ދިރިއުޅުން ބަރުބާދުވެގެންދާފަދަ ބަހެއްވެސް ބުނެވިދާނެއެވެ. ނުވަތަ ރުޅިވެރިކަމާއި ދެކޮޅުވެރިކަމާއި ޢަދާވާތްތެރިކަން އުފެދޭފަދަ ބަސްބަސްވެސް ބުނެވިދާނެއެވެ. އެހެންކަމުން ރުޅި އަންނަހިނދު ހަނު ހުރުމަކީ މިފަދަ ކަންކަމުން ރައްކާތެރިވެވޭނެ ކަމެކެވެ.

ރަސޫލުﷲ ﷺ ޙަދީޘްކުރައްވާފައިވެއެވެ.

((إذَا غَضِبَ أَحَدُكُمْ فَلْيَسْكُت)) [صححه الألباني في صحيح الجامع الصغير وزيادته ٦٩٣]

މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު ރުޅިއަތުވެއްޖެނަމަ، ފަހެ، ހަނުހުންނާށެވެ.”

ރުޅިގަދަވެފައިވާ މީހަކަށް އަތުންފައިން ގޯހެއް ހެދިދާނެއެވެ. މީހަކަށް އަނިޔާވާފަދަ ކަމެއްވެސް ކުރެވިދާނެއެވެ. މިފަދަ ކަމަކުން ސަލާމަތްވުމަށްޓަކައި ރުޅި އައުމުން އެމީހަކު ކުރަންހުރި ކަމެއް ހުއްޓާލާ މަޑުން ހުރުމަކީ މުހިންމު ކަމެކެވެ. އެގޮތުން ކޮޅަށް ހުރިނަމަ އިށީންނާނީއެވެ. ނުވަތަ އިށީނދެ އިންނަމަ އޮށޯންނާނީއެވެ.

عَنْ أَبِي ذَرٍّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى الله عَلَيْهِ وَسلم قَالَ: ((إِذَا غَضِبَ أَحَدُكُمْ وَهُوَ قَائِمٌ فَلْيَجْلِسْ فَإِنْ ذَهَبَ عَنْهُ الْغَضَبُ وَإِلَّا فَلْيَضْطَجِعْ)) [صححه الألباني في مشكاة المصابيح]

އަބޫޛައްރު رضي الله عنهގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން މީހަކު ރުޅިއަންނަހިނދު ކޮޅަށް ހުރިއްޔާ ފަހެ، އިށީންނާށެވެ. ފަހެ، އޭރުން އޭނާގެ ކިބައިން ރުޅި ފިލައިގެން ހިނގައިދާނެއެވެ. ރުޅި ފިލައިގެން ނުގޮއްސިނަމަ އޮށޯންނާށެވެ.”

ރުޅި އައުމަށް މެދުވެރިވާ ސަބަބުތަކާ ދުރުވެ، ރުޅިއައުމުން އެބައިމީހުންގެ ނަފްސުތައް ކޮންޓްރޯލުކުރާ ތަޤުވާވެރިންނަށްޓަކައި ﷲ ތަޢާލާ ވައުދުވެވޮޑިގެންފައިވާ ކަންތައްތަކުގެ މަތިން ހަނދާންކުރުމީ އެންމެ ފަސޭހައިން ރުޅީގެ އަލިފާންގަނޑު ނިވާލެވޭނެ ގޮތެވެ.

ރަސޫލުﷲ ﷺ ޙަދީޘްކުރައްވާފައިވެއެވެ.

((لَا تَغْضَبْ وَلَكَ الْجَنَّةُ)) [صححه الألباني في صحيح الجامع الصغير وزيادته ٧٣٧٤]

މާނައީ: “ރުޅި ނާންނާށެވެ. (އޭރުން) ތިބާއަށް ސުވަރުގެ ހުއްޓެވެ.”

=ނުނިމޭ=

_________________________________

މަޞްދަރު: ޢަރަބި ބަހުން، އިނގިރޭސި ބަހުން

މިލިޔުމުގެ އެހެންބައިތައް