ރުޅި އިސްނުކުރާށެވެ ! 5
ރުޅި އިސްކުރުމަކީ ނުރަނގަޅު ސިފައެކެވެ. އަދި އޭގެ ސަބަބުން ގެއްލުންތަކެއް ލިބެއެވެ. ކުރުގޮތަކަށް ދަންނަވާނަމަ އޭނާގެ އަމިއްލަ ނަފްސަށާއި އެހެން މީހުންނަށްވެސް އޭގެ ސަބަބުން ގެއްލުންވެއެވެ.

ރުޅި ހިފެހެއްޓުމަކީ ތަޤުވާވެރިންގެ ޢަލާމާތެކެވެ. ތަޤުވާވެރިންނަކީ ޤުރުއާނުގައި އަދި ރަސޫލުﷲ ﷺ ގެ ޙަދީޘްތަކުގައި ﷲ ތަޢާލާ މަދަހަކިޔުއްވާފައިވާ ބަޔެކެވެ.

އަދިވެސް އެކަލޭގެފާނު ނުރުހުންތެރިވެވަޑައިގަންނަވާ ކަންކަމާމެދު ސުވާލުކުރުމުން ކޯފާއިސްކުރައްވައެވެ. ފަހެ، އެކަލޭގެފާނު ކޯފާއިސްކުރައްވަނީ ﷲ ތަޢާލާއަށްޓަކައެވެ.

ރުޅި އައުމަށް މެދުވެރިވާ ސަބަބުތަކާ ދުރުވެ، ރުޅިއައުމުން އެބައިމީހުންގެ ނަފްސުތައް ކޮންޓްރޯލުކުރާ ތަޤުވާވެރިންނަށްޓަކައި ﷲ ތަޢާލާ ވައުދުވެވޮޑިގެންފައިވާ ކަންތައްތަކުގެ މަތިން ހަނދާންކުރުމީ އެންމެ ފަސޭހައިން ރުޅީގެ އަލިފާންގަނޑު ނިވާލެވޭނެ ގޮތެވެ.

ރުޅިއަކީ އޭގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމުގައިވެސް އެތަކެއް ގެއްލުންތަކާއި ހިތްދަތިކަން ލިބޭ އެއްޗެއްކަމީ އަޅުގަނޑުމެން އެންމެންވެސް ދަންނަ ޙަޤީޤަތެކެވެ. އޭގެ ސަބަބުން މިތުރުން ހަތުރުންނަށްވެދެއެވެ. އަދި އާއިލާތައް ރޫޅިދެއެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ނެތިދެއެވެ. އެއީ އަޅުގަނޑުމެންގެ މުސްތަޤްބަލަށް ހުރަސްއަޅާ ވިހަ ހަރުފައެއްފަދަ އެއްޗެކެވެ.