[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 20

17760

ނަރަކަ ދުވަހަކުވެސް ފަނާވުމަކަށް އަދި ނިމުމަކަށްވެސް ނާންނާނެއެވެ

ނަރަކަ ފަނާވުމެއް ނުވެއެވެ. އަދި ނިމުމަކަށްވެސް ނާންނާނެއެވެ. އިމާމު އައްޠަޙާވީ އެކަލޭގެފާނުގެ ފޮތް ކަމުގައިވާ އަލްޢަޤީދަތުއް ޠަޙާވިއްޔާގައި ވިދާލުވިފަދައިންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

 ” ސުވަރުގެއާއި ނަރަކަ ވަނީ މިހާރުވެސް ހައްދަވާފައެވެ. މިދެތަން ދުވަހަކުވެސް ފަނާ ނުވާނެއެވެ. އަދި ނިމުމަކަށްވެސް ނާންނާނެއެވެ.”

އަދި އިބްނު ޙަޒަމް ރަޙިމަހުﷲ އެކަލޭގެފާނުގެ ފޮތް الملل و النحل ގައި މުޅި އުއްމަތުގެ އިޖްމާޢު މިކަމަށް ގެނެސްފައިވެއެވެ. އެކަލޭގެފާނު ވިދާޅިވިއެވެ.

“އަލްޖަހްމު ބުން ޞަފްވާން(1) ފިޔަވައި އުއްމަތުގެ ހުރިހާ ފިރުޤާތަކެއް، ސުވަރުގެއާއި އަދި އެތަނުގެ ނިޢުމަތްތަކާއި އަދި ނަރަކަޔާއި އެތަނުގެ ޢަޛާބަށް ފަނާވުމެއް ނުވާކަމަށް އިއްތިފާޤުވެއެވެ.”

އަދި އެކަލޭގެފާނުގެ ފޮތް ކަމުގައިވާ مراتب الإجماع ގައިވެއެވެ.

“ހަމަކަށަވަރުން ނަރަކަޔަކީ ޙައްޤު ތަނެކެވެ. އަދި ހަމަކަވަރުން އެއީ ޢަޛާބުގެ ގޮވައްޗެވެ. އަދި އެތަނާއި އެތާނގެ އަހަލުރުވެރިން ދުވަހަކުވެސް ފަނާ ނުވާނެތެވެ. އަދި ނިމުމަކަށްވެސް ނާންނާނެތެވެ.”

ޤުރުއާނާއި ސުންނަތުން މިކަމަށް ހުރިދަލީލުތައް ވަރަށްވެސް ގިނައެވެ. މިފޮތުގައި ކުރިޔަށްހުރި ބާބުތަކުގައި އޭގެތެރެއިން ވަރަށް ގިނަ ދަލީލުތަކެއް ބަޔާން ކުރެވޭނެއެވެ. إن شاء الله. އަދި  ދާއިމަށް ދެމިތިބެނިވި ގޮވަތީގެ ނަމުން ކީރިތި ޤުރުއާނުގައި ނަރަކަޔަށް ނަންދީފައި ވުމުންވެސް އަޅުގަނޑު މެންނަށް ދަލީލަކަށް ފުދެވެ.

މިއީ އަހްލުއްސުންނަތު ވަލްޖަމާޢަތުގެ ޢަޤީދާއެވެ. ނަރަކަޔަކީ ފަނާވުމެއް ނުވާ އަދި ނިމުމަކަށްވެސް ނާންނާނެ އެއްޗެކެވެ. އަދި އެތަނުގެ އަހުލުވެރިން އެތަނުގައި ދާއިމަށް އަބަދަށް ތިބޭނެތެވެ.  ﷲގެ އެއްކައުވަންތަކަމަށް އީމާންވީ މީހުންގެ ތެރެއިން ފާފައިގެ ސަބަބުން ނަރަކަޔަށް ވަންނަން ޖެހުނު މީހުން ފިޔަވައި އެހެން ބަޔަކަށް އެތަނުން ބޭރަކަށް ނުނިކުމެވޭނެތެވެ. އަދި ﷲ އަށް ކާފަރުވީ މުޝްރިކުން ދާއިމަށް، އަބަދަށް ނަރަކައިގައި ދެމި ތިބޭނެއެވެ.

=ނުނިމޭ=

 

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ


(1)މަގު ފުރެދިފައިވާ ފިރުޤާއެއް ކަމުގައިވާ ޖަހްމިއްޔާ އެމީހަކަށް ނިސްބަތްވާ މީހާއެވެ.