އަދި ﷲތަޢާލާ ވަޙީކުރައްވާފައިވާ:
(وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَحِيمًا) [النساء 64]
މާނައީ: “އަދި އެބައިމީހުން އެބައިމީހުންގެ ނަފްސުތަކަށް އަނިޔާވެރިވާ ހިނދުގައި ކަލޭގެފާނުގެ ގާތަށް އައިސް ފަހެ، ﷲތަޢާލާގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދުމުން، ރަސޫލާ އެބައިމީހުންނަށް ފާފަފުއްސެވުން އެދި ދުޢާކުރެއްވިނަމަ، ﷲ އީ ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ އޯގަވަންތަ އިލާހެއްކަމުގައި އެބައިމީހުން ދެކޭނެއެވެ.”
މިއާޔަތުން ފާފަ ކުރެވުމުން ޤަބުރުފުޅު ގާތަށް ދިޔުމަކަށް ދަލީލެއް ނުކުރެއެވެ. އެހެނީ އާޔަތް އައިސްފައިވަނީ މުނާފިޤުންނާއި މުޚާތަބު ވެގެންނެވެ. އަދި އެކަލޭގެފާނުގެ އަރިހަށް ދިޔުން އައިސްފައިއެވަނީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގައެވެ. އެއްވެސް ޞަޙާބީބޭކަލަކު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޤަބުރުފުޅަށް ފާފަފުއްސެވުމަށް އެދިގެން އައިސްފައެއް ނުވެއެވެ. ޢުމަރު ބުނުލް ޚައްޠާބު رضى الله عنه އެކަލޭގެފާނުގެ ޚިލާފަތުގައި ހަނަފަސްކަން ކުރިމަތިވި ހިނދު ޢައްބާސް ގެފާނު މެދުވެރިކުރައްވާ ﷲ ގެ ޙަޟްރަތަށް ދުޢާދެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“اللَّهُمَّ إنَّا كُنَّا إذَا أَجْدَبْنَا تَوَسَّلْنَا إلَيْك بِنَبِيِّنَا فَتَسْقِينَا وَإِنَّا نَتَوَسَّلُ إلَيْك بِعَمِّ نَبِيِّنَا فَاسْقِنَا” قال فيسقون [أخرجه البخارى في صحيحه]
މާނައީ:”އޭ ﷲ! ތިމަންމެނަށް ހަނަފަސްކަމެއް ކުރިމަތިވާހިނދު ތިމަންމެންގެ ނަބިއްޔާ (ދުނިޔޭގައި ހުންނެވިއިރު އެކަލޭގެފާނު) މެދުވެރިކުރައްވާ ދަންނަވަމެވެ. ފަހެ (އެކަލޭގެފާނު އަވަހާރަވުމުން) އަޅަމެންގެ ނަބިއްޔާގެ ބޮޑުބޭބޭފުޅު މެދުވެރިކުރައްވާ ދަންނަވަމެވެ. ފަހެ އަޅަމެންނަށް ވާރޭވެއްސަވާފާނދޭވެ.” (ރާވީ) ވިދާޅުވިއެވެ. އެހިނދު ވާރޭވެހިގެން ދެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަވަހާރަވުމަށްފަހުގައި އެކަލޭގެފާނު މެދުވެރިކުރައްވާ ދުޢާ ދެންނެވޭނެނަމަ ޢުމަރު رضى الله عنه ޢައްބާސްގެފާނު މެދުވެރިކުރައްވާ ނުދެންނެވީހެވެ…
އެކަލޭގެފާނުގެ ކިބައިން ދުޢާއާއި ފާފަފުއްސެވުމަށް އެދި ދެންނެވުން، އެކަލޭގެފާނު ސުވަރުގެވަޑައިގެންނެވުމަށް ފަހުގައިވެސް ޙާޞިލުވާނަމަ އެކަމަނާ އެކަލޭގެފާނުގެ ކުރިން އަވަހާރަވުމާއި އެކަލޭގެފާނު އެކަމަނާގެ ކުރިން ސުވަރުގެވަޑައިގެންނެވުމަކު ތަފާތެއްނެތެވެ.
=ނުނިމޭ=