[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 12

womens rights

ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ‏‏

دَخَلَتِ امْرَأَةٌ مَعَهَا ابْنَتَانِ لَهَا تَسْأَلُ، فَلَمْ تَجِدْ عِنْدِي شَيْئًا غَيْرَ تَمْرَةٍ، فَأَعْطَيْتُهَا إِيَّاهَا، فَقَسَمَتْهَا بَيْنَ ابْنَتَيْهَا، وَلَمْ تَأْكُلْ مِنْهَا، ثُمَّ قَامَتْ، فَخَرَجَتْ، فَدَخَلَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَلَيْنَا، فَأَخْبَرْتُهُ فَقَالَ: «مَنِ ابْتُلِيَ مِنْ هَذِهِ البَنَاتِ بِشَيْءٍ كُنَّ لَهُ سِتْرًا مِنَ النَّارِ» ‏[‏متفق عليه‏]‏

މާނައީ:”ތިމަންކަމަނާގެ އަރިހަށް ދެ އަންހެން ދަރިންނާއި އެކު އަންހެނަކު ޞަދަޤާތަކަށް އެދި ވަނެވެ. ތިމަންކަމަނާގެ އަތުގައި އެންމެ ކަދުރެއްގެ މިންވަރު ނޫނީ ނެތެވެ. ތިމަންކަމަނާ އޭނާއަށް އެކަދުރު ދިނީމެވެ، އޭނާ އެކަދުރު ދެފަޅިއަށް ފަޅާލައި އެދެކުދިންނަށް ދިނެވެ. އަދި އެއިން އެއަންހެނާ ނުކެއެވެ. އެއަށްފަހު ތެދުވެގެން ހިނގައްޖެއެވެ. އެއަށްފަހު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންކަމަނާގެ އަރިހަށް ވަދެވަޑައިގަތެވެ. ތިމަންކަމަނާ މިޚަބަރު އެކަލޭގެފާނަށް ދެއްވުމުން ޙަދީޘްކުރެއްވިއެވެ. އަންހެންކުދިން ބަލައި ބޮޑުކުރުމުގައި މަސްއޫލުވެގެންވާ މީހާ (އެކުދިންނަށް އޯގާތެރިވެއްޖެނަމަ) އެމީހާ ނަރަކައިން ދުރުކޮށް ރައްކާތެރިކޮށްދޭ ކުދިންތަކެއް ކަމުގައި އެކުދިން ވާނެތެވެ.”

…عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ މާތް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާކުރެއްވިއެވެ.‏

((إِنَّ الدُّنْيَا كُلَّهَا مَتَاعٌ وَخَيْرُ مَتَاعِ الدُّنْيَا الْمَرْأَةُ الصَّالِحَةُ‏.)) [‏سنن النسائ]

ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ދުނިޔޭގައިވާ ހުރިހާ އެއްޗަކީ ވަޤުތީ އުފަލެއް ދެނިވި އެއްޗެއްސެވެ. އަދި އެންމެ ހެޔޮވެގެންވާ ދުނިޔަވީ އުފަލަކީ ޞާލިޙު އަންހެނެކެވެ.”

= ނުނިމޭ =

_________________________

މިލިޔުމުގެ އެހެނިހެން ބައިތައް