އެތައް ސަތޭކަ އަހަރެއް ކުރިން އެކަލޭގެފާނު ބުނެދެއްވި ފިލާވަޅުތައް މިއަދުގެ އިރު ފަދައިން ފެންނަން އެބައޮތެވެ. ސިޔާސީގޮތުން އެކަލޭގެފާނު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާއި ނިންމުންތަށް ނިންމެވީ އިންސާނުންގެ މަޞްލަޙަތަށް އެންމެ ރަނގަޅުގޮތަކީ އެގޮތްކަމުގައި ޔަޤީންކުރައްވައިގެންނެވެ. އިޤްތިޞާދީ ބިނާތައް ފަރުމާ ކުރެއްވީ ދޭދޭ މީހުންގެ ހައްޤުތައް ރައްކާތެރިވާނެ ގޮތަށެވެ. އިޖްތިމާޢީ ފޭރަން ބައްޓަން ކުރެއްވެވީ ރީތި ހުރިހާ އާދަތަކުގެ ކުލަ އޭގައި ޖައްސަވާ މުޑުދާރު ނުބައި ހުރިހާ އާދަތަކުން އެފޭރާން ސަލާމަތްވާނެ ގޮތަކަށެވެ.
ވީ އިރު ދައުލަތެއް ނުވަތަ މުޖުތަމަޢެއް ނުވަތަ ރަށެއް ނުވަތަ ޢާއިލާއެއް ނުވަތަ ފަރުދެއްގެ އަމިއްލަ ނަފުސެއް ވިޔަސް ﷲގެ ފޮތާއި އެކަލޭގެފާނުގެ މޫރިތި ސުންނަތުގެ މަތީގައި ބިނާކުރުމުގެ ފުރިހަމަ ނަމޫނާވަނީ ޢަމަލީގޮތުން ތަމްސީލުކޮށް ބަޔާންކޮށްދެއްވާފަ ވެއެވެ. އެކަލޭގެފާނަށް ފަހު އެ ޝަޚްސިއްޔަތުގެ ހިޔަލުގައި އަޅުގަނޑުމެންގެ ދިރިއުޅުން އާރާސްތުކޮށް އެކަލޭގެފާނުގެ ސުންނަތް ދިރުވާ ބަޔަކު ކަމުގައި އަޅަމެއް ލައްވާފާނދޭ!
(( لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّـهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّـهَ كَثِيرًا)) ﴿ الأحزاب 21﴾
މާނައީ: ” ހަމަކަށަވަރުން ﷲގެ ރަސޫލާގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ. އެއީ ﷲ އާއި އާޚިރަތްދުވަހަށް އެދޭ މީހާއަށެވެ. އަދި ﷲގެ މަތިން ގިނަގިނައިން ހަނދުމަކުރާ މީހާއަށެވެ.”
=ނިމުނީ=