ސުވަރުގެއާއި ނަރަކައާއި ދެމެދު މަރު ޛަބަޙަކުރެއްވުން.
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައި ވެއެވެ.
“….. وَيَبْقَى أَهْلُ النَّارِ فَيُطْرَحُ مِنْهُمْ فِيهَا فَوْجٌ ، ثُمَّ يُقَالُ : هَلْ امْتَلَأْتِ ؟ فَتَقُولُ : {هَلْ مِنْ مَزِيدٍ} ثُمَّ يُطْرَحُ فِيهَا فَوْجٌ ، فَيُقَالُ : هَلْ امْتَلَأْتِ ؟ فَتَقُولُ : {هَلْ مِنْ مَزِيدٍ} ، حَتَّى إِذَا أُوعِبُوا فِيهَا وَضَعَ الرَّحْمَنُ قَدَمَهُ فِيهَا وَأَزْوَى بَعْضَهَا إِلَى بَعْضٍ ، ثُمَّ قَالَ : قَطْ ، قَالَتْ : قَطْ قَطْ ، فَإِذَا أَدْخَلَ اللَّهُ أَهْلَ الجَنَّةِ الجَنَّةَ وَأَهْلَ النَّارِ النَّارَ ، أُتِيَ بِالمَوْتِ مُلَبَّبًا ، فَيُوقَفُ عَلَى السُّورِ الَّذِي بَيْنَ أَهْلِ الْجَنَّةِ وَأَهْلِ النَّارِ ، ثُمَّ يُقَالُ : يَا أَهْلَ الجَنَّةِ ، فَيَطَّلِعُونَ خَائِفِينَ ، ثُمَّ يُقَالُ : يَا أَهْلَ النَّارِ ، فَيَطَّلِعُونَ مُسْتَبْشِرِينَ يَرْجُونَ الشَّفَاعَةَ ، فَيُقَالُ لأَهْلِ الجَنَّةِ وَأَهْلِ النَّارِ : هَلْ تَعْرِفُونَ هَذَا ؟ فَيَقُولُونَ هَؤُلاَءِ وَهَؤُلاَءِ : قَدْ عَرَفْنَاهُ ، هُوَ الْمَوْتُ الَّذِي وُكِّلَ بِنَا ، فَيُضْجَعُ فَيُذْبَحُ ذَبْحًا عَلَى السُّورِ الَّذِي بَيْنَ الجَنَّةِ وَالنَّارِ ، ثُمَّ يُقَالُ : يَا أَهْلَ الجَنَّةِ خُلُودٌ لاَ مَوْتَ ، وَيَا أَهْلَ النَّارِ خُلُودٌ لاَ مَوْتَ.”[1]
މާނައީ: “…ދެން އެއަށްފަހުވަނީ ނަރަކައިގެ އަހުލުވެރިންނެވެ. ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ބައިގަނޑެއް ނަރަކައިގެ ތެރެއަށް އެއްލާލެވޭނެއެވެ. ދެންއެއަށްފަހު ނަރަކައަށް ބުނެވޭނެއެވެ. ފުރިއްޖެހެއްޔެވެ؟ އެހިނދު ނަރަކަ ބުނާނެއެވެ. އިތުރަށްވޭހެއްޔެވެ؟ ދެން އެއަށްފަހު އެހެން ބައިގަނޑެއް ނަރަކައަށް އެއްލާލެވޭނެއެވެ. ދެން އެއަށްފަހު ނަރަކައަށް ބުނެވޭނެއެވެ. ފުރިއްޖެހެއްޔެވެ؟ ނަރަކަ ބުނާނެއެވެ. އިތުރަށް ވޭހެއްޔެވެ. ނަރަކައިގެ އަހުލުވެރިންތަށް ނަރަކައަށް އެއްލާލުމަށްފަހު، ރަޙުމާނުވަންތަ އިލާހުގެ ފައިންޕުޅު ނަރަކަމަތީ އަޅުއްވާނެއެވެ. އަދި އެނަރަކަ އެކަތި އަނެކެއްޗަށް ވަދެގެން ދާގޮތަށް ކުރުޖެހިގެން ދާނެއެވެ. އެއަށްފަހު ނަރަކައަށް ބުނެވޭނެއެވެ. ފުރިއްޖެހެއްޔެވެ؟ ނަރަކަ ބުނާނެއެވެ. ފުދިއްޖެއެވެ. ފުދިއްޖެއެވެ. ދެންފަހެ ﷲތަޢާލާ ސުވަރުގެވަންތަވެރިން ސުވަރުގެ ވައްދަވާ، ނަރަކަވަންތަވެރިން ނަރަކައަށް ވެއްދުމަށްފަހު މަރު، ދަމާފައި ގެނެވޭނެއެވެ. އަދި ސުވަރުގޭގެ އަހުލުވެރިންނާއި ނަރަކައިގެ އަހުލުވެރިންގެ މެދުގައިވާ ފާރެއްގައި މަރު ބެހެއްޓޭނެއެވެ. (އިމާމު މުސްލިމުގެ ރިވާޔަތެއްގައި ވަނީ ކަންބަޅި ބަކަށްޓެއްގެ ސޫރާގައި މަރު ޙާޟިރު ކުރެވޭނެކަމަށެވެ.) އެއަށްފަހު ސުވަރުގޭގެ އަހުލުވެރިންނަށް ގޮވާލެވޭނެއެވެ. އެހިނދު އެބައިމީހުންނަށް އެއީ ކޮންއެއްޗެއްކަން އެނގި ބިރު ގަންނާނެއެވެ. އެއަށްފަހު ނަރަކައިގެ އަހުލުވެރިންނަށް ގޮވާލެވޭނެއެވެ. އެހިނދު އެބައިމީހުންނަށް އެއީ ކޮންއެއްޗެއްކަން އެނގި ޝަފާޢަތްތެރިކަމެއް ލިބޭނެކަމަށް ހީކޮށް އުފާކުރާނެއެވެ. އެއަށްފަހު ބުނެވޭނެއެވެ. އޭ ސުވަރުގެއާއި ނަރަކައިގެ އަހުލުވެރިންނޭވެ! މިއީ ކޮންއެއްޗެއްކަން ތިޔަބައިމީހުންނަށް އެނގޭހެއްޔެވެ؟ އެދެބައިމީހުން ބުނާނެއެވެ. އަހަރެމެންނަށް ތިއީ ކޮންއެއްޗެއްކަން އެނގެއެވެ. ތިޔައީ މަރެވެ. އަހަރެމެން ކޮންމެ މީހަކުވަނީ މީގެ ކުރިން ތީގެ ރަހަ ދެކިފައެވެ. ދެން އެއަށްފަހު ސުވަރުގެއާއި ނަރަކައާއި ދެމެދު މަރު، ޛަބަޙަ ކުރުމަކުން ޛަބަޙަ ކުރެވޭނެއެވެ. ދެން އެއަށްފަހު ގޮވާލެވޭނެއެވެ. އޭ ސުވަރުގޭގެ އަހުލުވެރިންނޭވެ. ތިޔަބައިމީހުން ސުވަރުގޭގައި ދެމިތިބޭށެވެ. މިއަދަށްފަހު މަރުވުމެއްނެތެވެ. އޭ ނަރަކައިގެ އަހުލުވެރިންނޭވެ. ތިޔަބައިމީހުން ނަރަކާގައި ދެމިތިބޭށެވެ. މިއަދަށްފަހު މަރުވުމެއް ނެތެވެ.”
(ނުނިމޭ)
[1] قال الشيخ الألباني : ( صحيح ) انظر حديث رقم : 8023 في صحيح الجامع