[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަރާއި ދިރުމާއި އޭގެ ޙިކުމަތް 7

11798431_738216596288478_1704504603_n

 

ޞާލިޙު ހެޔޮޢަމަލަކީ ސުވަރުގެ ވަނުމުގެ ސަބަބެވެ.

ޞާލިޙު ހެޔޮޢަމަލަކީ ސުވަރުގެ ވަދުމުގެ ސަބަބެވެ. ދަލީލަކީ ﷲގެ ވަޙީ ބަސްފުޅެވެ.

وَتِلْكَ الْجَنَّةُ الَّتِي أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ ﴿الزخرف: ٧٢﴾

މާނައީ: “އަދި އެސުވަރުގެ ތަކަކީ، ތިޔަބައިމީހުން ކޮށްއުޅުނު ހެޔޮ ޢަމަލުތަކުގެ ސަބަބުން ތިޔަބައިމީހުންނަށް މިލްކުކޮށްދެއްވި ސުވަރުގެއެވެ.”

ހެޔޮ ޢަމަލަކީ ﷲތަޢާލާ އެއިލާހުގެ އަޅުން ސުވަރުގެ ވައްދަވާ އަދި އެސުވަރުގޭގެ ދަރަޖަތައް މަތިވެރިކުރުމަށްތަކައި ލައްވާފައިވާ ސަބަބެކެވެ. އެހެންމަވެސް ސުވަރުގެ ވަންނަނީ އަޅާކުރާ ހެޔޮ ޢަމަލުތަކެއްގެ ބަދަލެއްގެ ގޮތަކުނޫނެވެ. އަދި ކިއެއްހެޔެވެ! އަޅާއަށް ސުވަރުގެ ވަދުންވަނީ ﷲ ތަޢާލާގެ އޯގާވަންތަކަމާއި ދީލަތިވަންތަކަމުންނެވެ. ﷲގެ ރަޙުމަތްވަނީ ހެޔޮކަންކަން ކުރާ މީހުންނާއި އެކުގައެވެ. އަޅުކަންކުރުމާއި  އެއިލާހަށް ކިޔަމަން ގަތުމަކީ އެއިލާހު ދެއްވާ ރަޙުމަތެކެވެ.

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.

” لَنْ يُدْخِلَ أَحَدًا عَمَلُهُ الْجَنَّةَ”. قَالُوا: وَلَا أَنْتَ يَا رَسُولَ اللَّهِ؟ قَالَ: “لَا، وَلَا أَنَا إِلَّا أَنْ يَتَغَمَّدَنِي اللَّهُ بِفَضْلٍ وَرَحْمَةٍ، فَسَدِّدُوا وَقَارِبُوا وَلَا يَتَمَنَّيَنَّ أَحَدُكُمْ الْمَوْتَ؛ إِمَّا مُحْسِنًا فَلَعَلَّهُ أَنْ يَزْدَادَ خَيْرًا، وَإِمَّا مُسِيئًا فَلَعَلَّهُ أَنْ يَسْتَعْتِبَ”.[1]

މާނައީ: “އެއްވެސްމީހެއްގެ ޢަމަލެއް އޭނާ ސުވަރުގެ ވައްދައެއް ނުދޭނެއެވެ. (އެބަހީ އެއްވެސް މީހަކު އެމީހެއްކުރާ ހެޔޮ ޢަމަލުތަކެއްގެ ބަދަލެއްގެ ގޮތުގައި ސުވަރުގެއެއް ނުވަންނާނެއެވެ.) އެބައިމީހުން ދެންނެވިއެވެ. ކަލޭގެފާނުވެސް ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. އާއެކެވެ. ތިމަންކަލޭގެފާނުވެސް ﷲގެ ރަޙުމަތް އައިސް ތިމަންކަލޭގެފާނު ވަށައިލައިފުމަށްދާނދެން ސުވަވަރުގެ ނުވަންނާނެއެވެ. (އެބަހީ ﷲގެ ރަޙުމަތުން މެނުވީ އެކަލޭގެފާނުވެސް ސުވަރުގެ ނުވަންނާނެއެވެ.) ހެޔޮމަގަށް އެދޭށެވެ. އަދި އަމުރުކުރައްވާފައިވާ ކަންތައްތައް ކުރެވޭތޯ ބަލާށެވެ. އަދި ތިޔަބައި މީހުންކުރެ އެކަކުވެސް މަރުވުމަށް ނޭދޭށެވެ. ހެޔޮޢަމަލު ކުރާ މީހެއްނަމަ ހެޔޮޢަމަލުތައް ގިނަކުރުމަށްޓަކައެވެ. ނުބައި ޢަމަލު ކުރާމީހެއްނަމަ ތައުބާ ވުމަށްޓަކައެވެ.”

ضمضم بن جوس اليماميّ ވިދާޅުވިއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.

“يَا يَمَامِيُّ، لاَ تَقُولَنَّ لِرَجُلٍ : وَاللَّهِ لاَ يَغْفِرُ اللَّهُ لَكَ ، أَوْ لاَ يُدْخِلُكَ اللَّهُ الْجَنَّةَ أَبَدًا . قُلْتُ : يَا أَبَا هُرَيْرَةَ ، إِنَّ هَذِهِ لَكَلِمَةٌ يَقُولُهَا أَحَدُنَا لأَخِيهِ وَصَاحِبِهِ إِذَا غَضِبَ . قَالَ : فَلاَ تَقُلْهَا ، فَإِنِّي سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : كَانَ فِي بَنِي إِسْرَائِيلَ رَجُلاَنِ ، كَانَ أَحَدُهُمَا مُجْتَهِدًا فِي الْعِبَادَةِ ، وَكَانَ الآخَرُ مُسْرِفًا عَلَى نَفْسِهِ ، فَكَانَا مُتَآخِيَيْنِ ، فَكَانَ الْمُجْتَهِدُ لاَ يَزَالُ يَرَى الآخَرَ عَلَى ذَنْبٍ ، فَيَقُولُ : يَا هَذَا ، أَقْصِرْ . فَيَقُولُ : خَلِّنِي وَرَبِّي ، أَبُعِثْتَ عَلَيَّ رَقِيبًا ؟ قَالَ : إِلَى أَنْ رَآهُ يَوْمًا عَلَى ذَنْبٍ اسْتَعْظَمَهُ ، فَقَالَ لَهُ : وَيْحَكَ ، أَقْصِرْ . قَالَ : خَلِّنِي وَرَبِّي ، أَبُعِثْتَ عَلَيَّ رَقِيبًا ، قَالَ : فَقَالَ : وَاللَّهِ لاَ يَغْفِرُ اللَّهُ لَكَ ، أَوْ لاَ يُدْخِلُكَ اللَّهُ الْجَنَّةَ أَبَدًا . قَالَ أَحَدُهُمَا ، قَالَ : فَبَعَثَ اللَّهُ إِلَيْهِمَا مَلَكًا ، فَقَبَضَ أَرْوَاحَهُمَا ، وَاجْتَمَعَا عِنْدَهُ ، فَقَالَ لِلْمُذْنِبِ : اذْهَبْ فَادْخُلِ الْجَنَّةَ بِرَحْمَتِي . وَقَالَ لِلآخَرِ : أَكُنْتَ بِي عَالِمًا ، أَكُنْتَ عَلَى مَا فِي يَدِي قَادِرًا ، اذْهَبُوا بِهِ إِلَى النَّارِ . قَالَ : فَوَالَّذِي نَفْسُ أَبِي الْقَاسِمِ بِيَدِهِ ، لَتَكَلَّمَ بِكَلِمَةٍ أَوْبَقَتْ دُنْيَاهُ وَآخِرَتَهُ.”[2]

މާނައީ: ” އޭ ޔަމާމީއެވެ. މީހަކާ ދިމާއަށް މިފަދައިން ނުބުނާށެވެ. “ﷲގަަންދީ ބުނަމެވެ. ﷲ ކަލޭގެ ފާފަ ނުފުއްސަވާނެއެވެ. ނުވަތަ ﷲތަޢާލާ ކަލޭ ސުވަރުގެ ނުވައްދަވާނެއެވެ.” މިހެން ނުބުނާހުށިކަމެވެ. ތިމަން ދެންނެވީމެވެ. އޭ އަބޫހުރައިރާއެވެ. ތިޔަކަލިމައަކީ އަހަރެމެންގެ މީހަކު އޭނާގެ އަޚާ އަދި އެކުވެރިޔާ ދެކެ ރުޅި އައުމުން ބުނާ ބަހެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެހެން ނުބުނާށެވެ. ފަހެ ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ މިފަދައިން ޙަދީޘް ކުރެއްވި އަޑުތިމަންކަލޭގެފާނު އެއްސެވީމެވެ.  ” ބަނޫ އިސްރާއީލުންގެ ތެރޭގައި ދެމީހުންވިއެވެ. އެކަކީ އަޅުކަން ކުރުމުގައި ގަދައަޅައި މަސައްކަތް ކުރާ މީހެކެވެ. އަދި އަނެކަކީ އަމިއްލަނަފްސަށް ކަންކަމުގައި އިސްރާފުކޮށްގެން އުޅުނު މީހެކެވެ.  މިދެމީހުންނަކީ ދެއަޚުންނެވެ. މީގެ ތެރެއިން އަޅުކަމުގައި ހީވާގިވެގެން އުޅޭ މީހާއަށް، އަނެކާ ފެންނަނީ އަބަދުވެސް ފާފަތަކުގެ މަތީގައި ވަނިކޮށެވެ. ދެން އޭނާ އޭނާގެ އަޚާއަށް ބުނެއެވެ. އޭ މިހިރި މީހާއެވެ. ތިކަންކަން ހުއްޓާލާށެވެ. ދެން އަނެކާ ބުނެއެވެ. ތިމަންނާއާއި ހެއްދެވިފަރާތާ ދެމެދު މިކަންތައްތައް ދޫކޮށްލާށެވެ. ކަލޭ ދުނިޔެއަށް ފޮނުއްވާފައި ތިޔަވަނީ އަހަރެންގެ ޢަމަލުތަކަށް ފާރަވެރިވާ ފަރާތެއްގެ ގޮތުގައި ހެއްޔެވެ؟ ދެން މިކަމާ ރުޅިއައިސްގެން އަޅުކަމުގައި ހީވާގިވެގެން އުޅޭ މީހާ ބުންޏެވެ. ﷲ ގަންދީ ބުނަމެވެ. ﷲ ކަލޭގެ ފާފަ ނުފުއްސަވާނެއެވެ. ނުވަތަ ކަލޭ ދުވަހަކުވެސްް ސުވަރުގެ ނުވައްދަވާނެއެވެ. ފަހެ ﷲ ތަޢާލާ މިދެމީހުންގެ  ގާތަށް (މަރުގެ) މަލާއިކަތާ ފޮނުއްވިއެވެ. އަދި އެދެމީހުންގެ ފުރާނަ ހިއްޕެވިއެވެ. ދެން ﷲތަޢާލާގެ އަރިހަށް އެދެމީހުން ޙާޟިރު ކުރެވުނެވެ. އަދި ދުނިޔޭގައި ފާފަކޮށް އުޅުނު މީހައަށް ވަޙީކުރެއްވިއެވެ. ތިބާ ތިމަންއިލާހުގެ ރަޙްމަތުން ސުވަރުގެ ވަންނާށެވެ. އަދި އަނެކާއަށް (އަޅުކަމުގައި ހީވާގިވެގެން އުޅުނު މީހާއަށް) ވަޙީކުރެއްވިއެވެ. ކަލެއަށް ތިމަންއިލާހު (ކުރައްވާނެކަމެއް) އެނގިގެން ވޭހެއްޔެވެ؟ ތިމަންއިލާހުގެ އަތްޕުޅުގައި ވާކަންކަމުގެ މައްޗަށް ކަލެއަށް ކުޅަދާނަކަށް ލިބިގެން ވޭހެއްޔެވެ؟ (އެއިލާހު މަލާއިކަތަތުންނަށް ވަޙީކުރައްވާނެއެވެ.) އޭނާގޮވައިގެން ނަރަކައަށް ދާށެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. އަބުލް ޤާސިމްގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެންވާ ވިދާޅުވަމެވެ. އޭނާ އެބުނި ކަލިމައިން އޭނާގެ ދުނިޔެއާއި އާޚިރަތް ހަލާކުވެގެން ދިޔައީއެވެ.”

(ނުނިމޭ)


[1]  أخرجه البخاري ( 5673 )، ومسلم ( 2816 )

[2]   مسند الإمام أحمد ( 8275) قال أحمد شاكر إسناده صحيح

މިލިޔުމުގެ އެހެންބައިތައް