[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނިފާޤުކަން 5

nifaq

ދީނުގައި ނިފާޤުވުން

މިފަދަ ނިފާޤުކަން ދެ ބަޔަކަށް ބެހިގެންވެއެވެ.

  1. އަޞްލީ ނިފާޤުކަން (ޙަޤީޤަތުގައިވެސް އިސްލާމްނުވެ މުސްލިމަކު ކަމުގައި ދެއްކުމާއި )
  2. އިސްލާމްވުމަށްފަހު މުރުތައްދުވެ އެއަށްފަހު މުސްލިމެއްކަމުގައި ދެއްކުން.

މިތަނުގައި އަޞްލީ ނިފާޤޭ ބުނެވޭ ބުނެވުމުގެ މަޤްޞަދަކީ އެނިފާޤުކަމުގެ ކުރިން ޞައްޙަ އިސްލާމްކަމަކުން އިސްލާމްވެފައިނުވާ މީހާގެ ވާހަކައެވެ. އެގޮތުން ބައެއްމީހުން އެބައިމީހުންގެ ދުނިޔަވީ ބައެއް މަޞްލަޙަތުތައް ދިފާޢުކުރުމަށްޓަކައި އޭނާއަކީ މުސްލިމެއްކަމަށް ދައްކައިގެން އިސްލާމްދީނަށް ނިޞްބަތްވެގެން އުޅެއެވެ. އެހެންނަމަވެސް އެފަދަ މީހާއަކީ ހިތުން އީމާންވެފައިވާ މީހެއްކަމުގައި ނުވެއެވެ. މިހެންވެ މިފަދަ މީހާއަކީ އިސްލާމެއްކަމަށް އޭނާ ދައުވާކުރި ފުރަތަމަ ހިނދުކޮޅުން ފެށިގެންވެސް މުނާފިޤެކެވެ. އަދި އެއަށްފަހު އެނިފާޤުގެ މަތީގައި ދެމިގެންވަނީއެވެ.

މިއާ ޚިލާފަށް ބައެއްމީހުން އެބައިމީހުންގެ އިސްލާމްކަން ފާޅުކުރާއިރު އެބައިމީހުންނަކީ ހަމަ ޙަޤީޤަތުގައިވެސް ތެދުވެރިކަމާއިއެކު އިސްލާމްވެފައިވާ މީހުންނެވެ. ނަމަވެސް އެއަށްފަހު ހިތުގެ ތެރެއަށް ޝައްކުވަދެ އެބައިމީހުންގެ ހިތްތަކަށް ނިފާޤުކަން ވަދެއެވެ. އެބައިމީހުންނަށް ކުރިމަތިވާ ތަފާތު ވައްތަރުގެ މުޞީބާތްތަކަށްފަހުގައެވެ. އެއިން އެބައިމީހުންވި އީމާންކަމުގެ ތެދުކަން ﷲތަޢާލާ އިމްތިޙާން ކުރައްވައެވެ. ދެންއެއަށްފަހު އެބައިމީހުންގެ އެތެރެފުށުން މުރުތައްދުވެ އިސްލާމްދީނުން ބޭރުވެއެވެ. އަދި އެބައިމީހުންގެ މުރުތައްދުކަން އިޢުލާންކުރަން ބިރުގަނެއެވެ. އަދި އިސްލާމްކަން ބޭރުފުށުން ދައްކައިގެން އެގޮތުގައި ދެމިތިބެއެވެ. މުރުތައްދުވުމުގެ ސަބަބުން ޝަރީޢަތުގައި އަންނާނެ ޙުކުމަކަށް ބިރުންނެވެ. ނުވަތަ އެބައިމީހުންނަށް މުސްލިމުންގެ ސިފައިގައި ތިބުމުގެ ސަބަބުން ލިބެމުންއައި ދުނިޔަވީ މަންފާތަކެއް ގެއްލިގެން ހިނގައިދާނެތީއެވެ. ނުވަތަ މުޖުތަމަޢުގައި އެބައިމީހުންނަށް ލިބިފައިވާ މަޤާމެއް ނުވަތަ ޤަދަރެއް ގެއްލި އެބައިމީހުންނަށް މީސްތަކުންގެ މަލާމަތްލިބިދާނެކަމުގެ ބިރަށްޓަކައެވެ. ނުވަތަ އެބައިމީހުންގެ ނަޒަރުގައި އެނޫންވެސް އެހެން މަންފާއެއް ލިބިދާބެކަމަކަށްޓަކައެވެ. އެހެންވެ އެބައިމީހުން އިސްލާމްކަން ފާޅުކޮށްގެން އެގޮތުގައި ތިބެއެވެ. އެހެނެއްކަމަކު ޙަޤީޤަތުގައި އެބައިމީހުންނަކީ މުރުތައްދު ކާފަރުންނެވެ.

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް