- ހެދުން ލައިގެން އޮރިޔާމުން ތިބޭ އަންހެންނާއި އަދި ހައްޤަކާނުލައި މީސްތަކުންނަށް އަނިޔާކޮށް އެމީހުންގެ ގައިގައި ތަޅަމުން ގެންދާމީހުން:
އަބޫހުރައިރާ رضي الله عنه ވިދާޅުވިއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
((صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مَائِلَاتٌ مُمِيلَاتٌ رؤوسهن كأسنمة البخت المائلة لايدخلن الْجَنَّةَ وَلَا يَجِدْنَ رِيحَهَا وَإِنَّ رِيحَهَا لَتُوجَدُ من مسيرة كذاوكذا))1
މާނައީ: ” ނަރަކައިގެ އަހުލުވެރިންގެތެރެއިން ދެބާވަތެއްގެ ބަޔަކުވެއެވެ. ތިމަންކަލޭގެފާނު އެދެބައިމީހުން ދެކެވަޑައިނުގަންނަވަމެވެ. (އެއްބަޔަކީ) ގެރިއެއްގެ ނިގޫތަކެއްފަދަ ޗާބޫކްތަކެއް ހިފައިގެން މީސްތަކުންގެ ގައިގައި ތަޅަމުން ދާ ބަޔެކެވެ. އަދި (އަނެއްބަޔަކީ) ހެދުން ލައިގެން އޮރިޔާމުން ތިބޭ އަންހެނުން ތަކެކެވެ. އެކަނބަލުން ވަނީ ޙައްޤުގެ މަގުން އެއްކިބާވެ އަދި ފަސާދާއި އަދި ފާޙިޝްގެ މަގުތަކަށް ލެނބިގެންނެވެ. އަދި އެކަނބަލުން އެހެން މީސްތަކުން އެމަގުތަކަށް ލަންބުވަމުން ގެންދެތެވެ. އެކަނބަލުންގެ ބޮލުގެ އިސްތަށިގަނޑު ހުންނަނީ ޖަމަލުގެ ގޮންގަނޑު ހެންނެވެ. އެކަނބަލުން ސުވަރުގެ ނުވަންނަ ހުއްޓެވެ. އަދި ސުވަރުގޭގެ ވަސްފޯރާ ހިސާބަށް ވެސް ނުދެވޭ ހުއްޓެވެ. ހަމަކަށަވަރުން ސުވަރުގޭގެ ވަސް މިވެނި އެވެނި ހިސާބަކަށް ދެމިގެންވެއެވެ.”
=ނުނިމޭ=
މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ
[1] رواه مسلم