[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނިފާޤުކަން 10

nifaq

  1. ޝަހްވާނީ އެދުންތައް

ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ.

(فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ  )

މާނައީ: ” ފަހެ، ތިޔަކަނބަލުން ލޫޅާފަތި އަޑަކުން ވާހަކަ ނުދައްކާށެވެ! (އެއީ) ހިތުގެތެރޭގައި (نفاق ގެ) ބަލިމަޑުކަމެއްހުރި މީހަކު ދަހިވެތިވެދާނެތީއެވެ “

ފަހެ އެކަމަށް ދަހިވެތިވެގެންވަނީ އެމީހެއްގެ ހިތުގައި ބަލިކަށިކަމެއްވާ މީހެކެވެ. އެއީ އެމީހެއްގެ ހިތުގައިވާ އީމާންކަން ބަލިކަށިވުމުގެ ސަބަބުންނެވެ. އެއްގޮތަކީ އެމީހަކީ އިސްލާމްދީނާއިމެދު ޝައްކު އުފެދިފައިވާ މުނާފިޤެކެވެ. އެކަމުގެ ސަބަބުން އެފަދަމީހާ ﷲގެ ހުދޫދުތަކުގައި ލުއިކޮށްލަނީއެވެ. ނުވަތަ އަނެއްގޮތަކީ އެފަދަ މީހަކީ ފާޙިޝްކަންކަމަށް އަރައިގަތުމުގައި ފަރުވާކުޑަކޮށްފައިވާ މީހެކެވެ.

  1. ބޮޑާވުމާއި ބޮޑާވެގަތުން

ލަޢްނަތްލެއްވިގެންވާ މުނާފިޤުންގެ ޚަބަރުދެއްވާ ﷲ ތަޢާލާ މިއާޔަތުގައި ބަޔާން ކުރައްވަނީ މިފަދައިންނެވެ.

(وَإِذَا قِيلَ لَهُمْ تَعَالَوْا يَسْتَغْفِرْ لَكُمْ رَسُولُ اللَّـهِ لَوَّوْا رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ )

މާނައީ: “އަދި اللَّه ގެ ރަސޫލާ ތިޔަބައިމީހުންނަށް ފާފަފުއްސެވުމަށް دعاء ކޮށް ދެއްވުމަށްޓަކައި، ތިޔަބައިމީހުން އަންނާށޭ އެބައިމީހުން ގާތުގައި ބުނެފިނަމަ، އެބައިމީހުންގެ ބޯތައް ހޫރުވައިލައެވެ. އަދި އެބައިމީހުން كبر ވެރިވެގެންވާ حال ގައި، އެބައިމީހުން ބޮޑާވެގެންވާ ޙާލު ފުރަގަސްދީ ދާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. “

އެބަހީ: އެބައިމީހުންނަށް މިގޮވާލެވޭ ކަމަށް އެބައިމީހުން ދެކޮޅުހަދާ ފުރަގަސްދީ އެނބުރިދަނީ ބޮޑާކަމާއިއެކުގައެވެ. އަދި އެބައިމީހުންނަށް ބުނެވޭބުނުމަށް މަލާމަތްކުރާ ޙާލުގައެވެ. މިހެންވެ ﷲ ތަޢާލާ ވަޙިކުރައްވަނީ ((وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ )) މާނައީ:” އަދި އެބައިމީހުން كبر ވެރިވެގެންވާ حال ގައި، އެބައިމީހުން ބޮޑާވެގެންވާ ޙާލު ފުރަގަސްދީ ދާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. “

އަދި އެބައިމީހުންގެ އެޢަމަލަށްވާ ޖަޒާ ބަޔާންކުރައްވާ ވަހީކުރަވއިފައިވެއެވެ.

(سَوَاءٌ عَلَيْهِمْ أَسْتَغْفَرْتَ لَهُمْ أَمْ لَمْ تَسْتَغْفِرْ لَهُمْ لَن يَغْفِرَ اللَّـهُ لَهُمْ ۚ إِنَّ اللَّـهَ لَا يَهْدِي الْقَوْمَ الْفَاسِقِينَ )

މާނައީ: ” އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު دعاء ކުރެއްވިޔަސް، ނުވަތަ އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު دعاء ނުކުރެއްވިޔަސް، އެއުރެންގެ މައްޗަށް ހަމަހަމަވެގެންވެއެވެ. اللَّه، އެއުރެންނަކަށް ފާފައެއް ނުފުއްސަވާނެތެވެ. އަދި ހަމަކަށަވަމުން، فاسق ވީ މީހުންނަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ. “

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް