[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނިފާޤުކަން 11

nifaq

  1. ﷲގެ އާޔަތްތަކަށް މަލާމަތްކުރުން

ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ.

(( يَحْذَرُ الْمُنَافِقُونَ أَن تُنَزَّلَ عَلَيْهِمْ سُورَةٌ تُنَبِّئُهُم بِمَا فِي قُلُوبِهِمْ ۚ قُلِ اسْتَهْزِئُوا إِنَّ اللَّـهَ مُخْرِجٌ مَّا تَحْذَرُونَ ))

މާނައީ: ” منافق ން އެބައިމީހުންގެ ހިތްތަކުގައިވާގޮތުގެ خبر ތައް އަންގައިދޭ سورة އެއް، އެބައިމީހުންނާއިމެދު ބާވައިލައްވައިފާނެތީ ބިރުގަނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ފުރައްސާރަކޮށް އުޅޭށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން ބިރުގަންނަ ކަންތައް، اللَّه ނެރުއްވައި ހާމަކުރައްވާ ހުށްޓެވެ. “

މުނާފިޤުންގެ ހިތްތަކުގައިވާ ކަންތައްތަކުގެ ޚަބަރުކުރައްވާ އެބައިމީހުންނާއިމެދު ސޫރަތެއް ބަވައިލައްވަފާނެކަމަށްޓަކައި އެބައިމީހުން ބިރުވެތިވިއެވެ. އެބަހީ މުއުމިނުންނަށް އެބައިމީހުންގެ ހިތްތަކުގެ ޙަޤީޤަތް ފާޅުކުރައްވާފާނެތީއެވެ. އަދި ބުނެވެއެވެ. ހަމަކަށަވަރުން ﷲ ތަޢާލާ މިއާޔަތް ރަސޫލާ (صلى الله عليه وسلم) ގެ މައްޗަށް ބާވައިލެއްވީ މުނާފިޤުންނާއިމެދުއެވެ. އެބައިމީހުން ރަސޫލާ (صلى الله عليه وسلم) އަށް ޢައިބުކިޔާ އަދި އެކަލޭގެފާނާއި މުއުމިނުންނާއި ބެހޭގޮތުން ވާހަކަދެއްކުމަށްފަހު ބުނެއެވެ. ތިމަންމެން އުއްމީދުކުރަނީ ތިމަންމެންގެ މިސިއްރު ﷲ ތަޢާލާ ކަޝްފުނުކުރައްވާނެކަމަށެވެ. ފަހެ ﷲ އެއިލާހުގެ ނަބިއްޔާ (صلى الله عليه وسلم) އަށް ވަހީކުރެއްވިއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ((اسْتَهْزِئُوا)) މާނައީ: ” ތިޔަބައިމީހުން ފުރައްސާރަކޮށް އުޅޭށެވެ! ” ވަޢީދުކޮށް އިންޒާރުދިނުމުގެ ގޮތުންނެވެ. ((إِنَّ اللَّـهَ مُخْرِجٌ مَّا تَحْذَرُونَ )) މާނައީ: ” ހަމަކަށަވަރުން ތިޔަބައިމީހުން ބިރުގަންނަ ކަންތައް، اللَّه ނެރުއްވައި ހާމަކުރައްވާ ހުށްޓެވެ.”

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް