[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

( أَوْ لَامَسْتُمُ النِّسَاءَ) މާނަ: އަންހެނުންގައި ތިޔަބައިމީހުން ބީހިއްޖެނަމަ، މި އާޔަތުގެ ތަފްސީރު

beautiful white flower lotus

މި އާޔަތުގައިވާ ބީހުމުގެ އެންމެ ރަނގަޅު މާނައަކީ ޖިމާޢުވުމެވެ. މި އާޔަތުގައި އެ ބުނާ, ތިޔަބައިމީހުން ބީހުން, އޭގެ މާނައަކީ ތިޔަބައިމީހުން ޖިމާޢުވުމެވެ. އެހެނެއްކަމަކު އެ ބީހުމެއްގައި ޖިމާޢުވުމެއްނުވާ، ބޮސް ދިނުމާއި، އަތުގައި އެކުލެވިގެންވާ ބީހުންތަކުގައި އެންމެ ރަނގަޅު ގޮތަކީ އެފަދަ ބީހުމެއްގައި ވުޟޫއެއް ނުގެއްލޭނެއެވެ. ބޮޑަށް ބުރަވެވޭ ގޮތަކީ މިއެވެ.

މި މައްސަލައިގައި ޢިލްމުވެރިންގެ 3 ބަސްފުޅެއްވެއެވެ. ފުރަތަމައީ ބީހުމުން ވުޟޫ އެއްކޮށްގެއްލޭނެ ކަމަށް ބުނެވޭ ބުނުމެވެ. ދެވަނައީ ޝަހުވަތްތެރިކަމާއެކު ބީހިއްޖެނަމަ ވުޟޫގެއްލޭނެ ކަމަށް ބުނެވޭ ބުނުމެވެ. މިސާލަކަށް ޝަހުވަތްތެރިކަމާއެކު އަންހެނާ ގައިގައި ބޮސްދީ އަދި ބީހިއްޖެނަމަ އެވެ. ތިންވަނަ ބަހަކީ ބީހިއްޖެނަމަ އެއްވެސް ގޮތަކަށް ވުޟޫ ނުގެއްލޭނެ ކަމަށް ބުނެވޭ ބުނުމެވެ. އަތް ލެވޭމީހާގެ ވުޟޫ އެއްވެސް ގޮތަކަށް ނުގެއްލޭނެއެވެ. އެއީ އަންހެނާއަށް ބޮސްދިނުމާއި، އެނާގެ އަތުގައި ނުވަތަ  ހަށިގަނޑުގެ އެނޫން ތަނެއްގައި ބީހިއްޖެނަމަވެސްމެއެވެ. ފަހެ ރަނގަޅު ގޮތަކީ އެ ބީހުމަކުން އެއްޗެއް    ( މަނި ނުވަތަ މަޛްޔު ) ނުނިކުންނަނަމަ ވުޟޫއެއް ނުގެއްލޭނެއެވެ.

  އެހެނީ ރަސޫލާصلى الله عليه وسلم ގެ އަރިހުން ޡާބިތުވެގެންވާ ގޮތުގައި، އެކަލޭގެފާނުގެ ބައެއް އަނބިކަނބަލުންނަށް ބޮސްދެއްވުމަށްފަހު، ވުޟޫނުކުރައްވައި ނަމާދު ކުރައްވައެވެ. އެހެނީ  އިބްނު ޢައްބާސް އަދި ގިނަ އަދަދެއްގެ ޢިލްމުވެރިން ތަފްސީރުކުރައްވަނީ ބީހުމަކީ ޖިމާޢު ކަމުގައެވެ. ކުރިން ބުނެވުނު ރަޢުޔު ތަކުގެ ތެރެއިން އެންމެ ރަނގަޅު ރަޢުޔަކީ ޖިމާޢުވުމެވެ. އެހެނީ ﷲ ޞުބްހާނަހޫ ވަތައަލާ މި އާޔަތުގައި އިޝާރާތް ކުރައްވާފައިވަނީ ކުޑަ ހަދަޡް އަށެވެ.  ((أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ  )) النساء 43  މާނާ: ”ނުވަތަ ތިޔަބައިމީހުންކުރެ މީހަކު ހަނޑަހުން އައި ނަމަ،”

 ( އެބަހީ ކުޑަކަމު ނުވަތަ ބޮޑުކަމު ހިނގައްޖެނެމަ) . އެއަށް ފަހު އިޝާރާތް ކުރައްވަނީ ބޮޑު ހަދަޘްގެ ވާހަކައެވެ. ﷲ ވަޙީބަސްފުޅުގައި ވަނީ މިފަދައިންނެވެ.( أَوْ لَامَسْتُمُ النِّسَاءَ) النساء 43  މާނައީ: ”އަންހެނުންގައި ތިޔަބައިމީހުން ބީހިއްޖެނަމަ..” މިތާގައި އިޝާރާތް ކުރައްވާފައި އެވަނީ ބޮޑު ހަދަޘް ގެ ވާހަކައެވެ. މިއާޔަތުގެ މުރާދަކީ ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ފަދައިން  އަންހެނާ ގައިގައި ބީހުމުން ވުޟޫ ގެއްލޭނެކަމަށް ބުނެފައިވާ މުރާދެއް ނޫނެވެ. އެހެންކަމުން މިއާޔަތުގައިވާ ބީހުމުގެ އެންމެ ސައްޙަ މުރާދަކީ ޖިމާޢުވުމެވެ. އަތުގައި ބީހުމުން ވުޟޫ ގެއްލޭ ވާހަކައެއް ނޫނެވެ. ފަހެ އަތުގައި ބީހުމުން ވުޟޫ ނުގެއްލެއެވެ. އަދި އެފަދައިން ސައްޙަ ގޮތަކީ އަތް ނޫން އެހެން ތަންތަން ވެސް މިސާލަކަށް ފައި، އަދި އަނގަޔަށް ބޮސް ދިންކަމުގައި ވިޔަސް ވުޟޫ ނުގެއްލުމެވެ.

މިއީ އައްޝައިޙް ބިން ބާޒް ރަޙިމަހުއްﷲ ފަތުވާއެކެވެ.

ފަތުވާގެ އަސްލު