މިކަމުގެ ނުބައި ކަމާއި, މިކަމުގެ ސުންޕާކަން އެނގިހުރެ ޢީބަބުނާ ބަޔަކީ، ބަލިކަށި، ފިނޑި،ބައެއް ކަމުގައި ނޫނީ ނުވާނެއެވެ. އަދި އީމާންކަން ބަލިކަށި ވެފައިވާ ބައެއްގެ މެދުގައި މެނުވީ މިކަން ފެތުރިގެން ނުދާނެއެވެ. އެކަމަކީ މީސްތަކުންގެ އަބުރު ވެއްޔާ މޮޑެލާ ކަމެކެވެ. އަދި އެކަަމަކީ ތިބާގެ އަޚާގެ ޙައްޤު ނިގުޅައިގަނެ އެއަޚާއަށް ދެވޭ ބޮޑު، އަނިޔާއަކަށް ނޫނީ ނުވާނެއެވެ. އަދި އެކަމަކީ ﷲ ތަޢާލާ ޙުރުމަތް ތެރި ކުރެއްވި ނަފްސެއްގެ އަބުރަށް ދެވޭ ގެއްލުމެކެވެ. މިކަމުގެ ހުރި ނުބައިކަމުގެ ސަބަބުން އިސްލާމް ދީނުގައި ވަނީ ޣީބަބުނުން ބޮޑުވެގެންވާ ފަފާއެއް ކަމުގައި ކަނޑައަޅުއްވާފައެވެ. އަދި ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަނީ މިކަމަކީ އެމީހެއްގެ އަޚާގެ، މަސް މުޅަކޮށްގެން ކެއުން ކަމުގައި ސިފަ ކުރައްވާފައެވެ. އެކަލާންގެ ވަޙީ ކުރައްވާ ފައި ވެއެވެ.
﴿ وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ﴾ لحجرات:(12)
މާނަ: “އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނެއެވެ. ” މިއާޔަތުން މިކަމުގެ ނުބައި ކަމާއި، އެކަން ކުރާ މީހާ އެކުރަނީ ކިހާ ނުބައިވެގެންވާ ހުތުރު ޢަމަލެއްކަން އެނގިގެން ދެއެވެ. މިކަމާ ގުޅިގެން އައިސްފައިވާ ވަޢީދުގެ ބަސްފުޅުތަކުގެ ވަރުގަދަކަން މިކަމުގެ ހުރި ބިރުވެރިކަމާއި، ނުބައިކަމުގެ ހެއްކަކަށް ފުދެއެވެ.
އަދި އަނަސް ގެ ފާނުގެ ކިބައިން ރިވާވެގެންވާ ހަދީޘް ބަސްފުޅެއްގައި ވެއެވެ. رسول الله صلى الله عليه و سلم ޙަދީޘް ކުރެއްވިއެވެ. :
((لما عُرج بي إلى السماء مررت بقوم لهم أظفار من نحاس يخمشون بها وجوههم وصدورهم، فقلت: مَنْ هؤلاء يا جبريل؟! قال: هؤلاء الذين يأكلون لحوم الناس ويقعون في أعراضهم )). މާނަޢީ : ”ތިމަން ކަލޭގެފާނު މިޢުރާޖަށް އުޑަށް އަރައި ވަޑައިގެންނެވުނު ހިނދު، ލޮއިން ހެދިފައިވާ ނިޔަފަތި ތަކެއްގެވެރި ބައެއްގެ ކައިރިން ތިމަން ކަލޭގެފާނު ހިންގަވައި ވަޑައިގަތީމެވެ. އެބައިމީހުންގެ ނިޔަފަތިތަކުން އެބައި މީހުންގެ މޫނު ތަކުގައްޔާއި، މޭތަކުގައި އަޅުވައި، ދަމަމުން ދިޔައެވެ. އެހިނދު ތިމަން ކަލޭގެފާނު ދެއްނެވީމެވެ. އޭ ޖިބްރީލް އެވެ. އެއީ ކޮން ބަޔެއްތޯއެވެ؟. ވިދާޅުވިއެވެ. އެބައިމީހުންނީ މީސްތަކުންގެ މަސްކައި، މީސްތަކުންގެ އަބުރަށް އަރައި އުޅުނު މީހުންނެވެ.” (ސުނަން އަބީ ދާވޫދު، ކިތާބުލް އަދަބް، ޙަދީޘް ނަންބަރ : 4878).
=ނުނިމޭ=
_________________________________
(މިއީ މަދާރުލްވަތަންގެ މަޖައްލާ ފާކިހަތުލް މަޖާލިސް، ޢަދަދު 146، އަސްލަކަށް ބަލައިގެން ކޮށްފައިވާ ތަރުޖަމާއެއް)