[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޣީބަބުނުމުގެ ޙަޤީޤަތާއި އޭގެ ނުރައްކާތެރިކަން! – 4

qeeba

ޣީބައަކީ ހަމައެކަނި ބުނެލާ ބަހަކުން ކުރެވޭ ކަމެއްނޫނެވެ. ނަމަވެސް އިޝާރާތުންނާއި، ހަނާއެޅުމާއި، މީހެއްގެ ހުރި އުނިކަމަކަށް ފާޑު ކިޔުމާއި، ލިޔުމުންނާއި، ކުރެވޭ ހަރަކާތުންވެސް ޣީބައިގެ މަގްސަދެއް އެކަމުގައި ވާނަމަ އެކަންކަން ޣީބައިގެތެރެއަށް ވަދެގެން ދެއެވެ.

(( دخلت علينا امرأة فلما ولَّت أومأت بيدي أنها قصيرة، فقال رسول الله : “اغتبتيها”)) .

އާއިޝާ رضي الله عنها ކިބައިން ރިވާވެގެން ވެއެވެ. ތިމަންކަމަނާގެ އަރިއަހަށް އަންހެން ބޭކަނބަލަކު ވަޑައިގަތެވެ. ދެންފަހެ އެކަނބުލޭގެ ދިއުމުން އެއީ ކުރު ބޭކަނބަލެއް ކަމުގައި ބުނުމަށް، ތިމަންކަމަނާ އަތުން އިޝާރާތެއް ކުރެއްވީމެވެ. އެހިނދު ރަސޫލުﷲ ސައްލައްﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ. “ކަމަނާ އެ އަންހެނާގެ ޣީބަ ބުނެފިއެވެ.” (މިހަދީޘުން އެނގިގެން ދާގޮތުގައި އުއްމުލް މުއްމިނީނަ ޢާއިޝާ ރަޟިޔައްﷲ އަންހާ އެކަމަނާއަށް ނޭނގުމެއްގައި އެކުރެވުނު އިޝާރަތަކީ ވެސް ޣީބައިގެ ތެރެއިން ހިމެނިގެން ދިޔަ ކަމެއްކަމެވެ. ރަސޫލުﷲ ސައްލައްﷲ އަލައިހި ވަސައްލަމަ އެކަމަނާއަށް އެކަން ބަޔާން ކޮށްދެއްވިއެވެ.)

=ނުނިމޭ=

_________________________________

(މިއީ މަދާރުލްވަތަންގެ މަޖައްލާ ފާކިހަތުލް މަޖާލިސް، ޢަދަދު 146، އަސްލަކަށް ބަލައިގެން ކޮށްފައިވާ ތަރުޖަމާއެއް)

މިލިޔުމުގެ އެހެންބައިތައް