[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދު ( الصلاة ) – 13

salat

ބަންގި ޝަރުޢުކުރެއްވުން:

ޢަބްދުﷲ ބުން ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން އިމާމް ބުޚާރީއާއި އިމާމް މުސްލިމް ރިވާކުރައްވާފައިވާފައިވެއެވެ. މުސްލިމުން ފުރަމަތަމަ މަދީނާއަށް ހިޖުރަކުރެއްވި ދުވަސްވަރު، ނަމާދު ވަގުތު ވާނޭ އިރަކަށް އިންތިޒާރު ކުރުމަށްޓަކައި  މީސްތަކުން އެއްތަނަކަށް އެއްވާކަމުގައި ވެއެވެ. އޭރު އަދި ނަމާދު ވަގުތު ވެއްޖެކަން އެންގުމަށްޓަކައި އެކަން އިޢުލާނުކުރެވެމަކުން ނުދެއެވެ. އެއްދުވަހެއްގައި އެބައިމީހުންގެ މެދުގައި މިކަން ޙައްލުކުރާނޭ ގޮތަކާއެދު މަޝްވަރާކުރެވުނެވެ. އެއްބައި ބޭކަލުން ވިދާޅުވިއެވެ. ނަޞާރާއިން ގެންގުޅޭ ފަދައިން ނާޤޫސެއް ( ރަނގަބީލެއް) ބޭނުންކުރާށެވެ. އަނެއްބައި ބޭކަލުން ވިދާޅުވިއެވެ. ޔަހޫދީން ބޭނުުންކުރާފަދަ ބޫޤެއް ( ދުންމާރިއެއް ) ބޭނުންކުރާާށެވެ. ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ނަމާދަށް ގޮވާލުމަށްޓަކައި މީހަކު ފޮނުވަން ވީނޫންތޯއެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ބިލާލު ރަޟިޔަﷲ ޢަންހު އަށް ވިދާޅުވިއެވެ. (( އޭ ބިލާލުއެވެ. ތެދުވެ ވަޑަިގެން މީސްތަކުންނަށް ނަމާދަށް ގޮވައިލެއްވުމަށް ވަޑައިގަންނަވާށެވެ. )) އޭރު އަދި ބަންގީގެ ލަފްުޒުތަކެއް ބާވައިނުލައްވައެވެ.

ބަންގިއާއި ޤަމަތުގެ ލަފްޟުތައް:

ބަންގީގެ ތަފާތު ލަފްޟުތައް އައިސްފައި ވެއެވެ. އޭގެ ތެރެއިން އެއްގޮތަކީ ޢަބްދުﷲ ބުން ޒައިދު ރަޟިޔަﷲ ގެ ޙަދީޘްގައި އައިސްފައިވާ ގޮތެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. (( ތިމަންކަލޭގެފާނަށް ނިދީގައި ފެނިވަޑައިގަތެވެ. މީހަކު ތިމަންކަލޭގެފާނު ވަށައިގެން ނާޤޫސް (ރަނގަބީލު) ތަކެއް ހިއްޕަވައިގެން ހިންގަވަނީއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲގެ އަޅާއެވެ. ތިބާ ތިޔަ ނާޤޫސްތައް ވިއްކަވަނީތޯއެވެ. އެމީހަކު ބުންޏެވެ. ތިބާއަށް މިއިން ހިފޭނީ ކޮން ބޭނުމެއް ހެއްޔެެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. ތިމަންނަމެން އެއިން މީސްތަކުންނަށް ނަމާދަށް ގޮވާލާނީއެވެ. އެމީހަކު ބުންޏެވެ. އެއަށްވުރެ މާ ހެޔޮ އެއްޗެއް ތިމަން ތިބާއަށް ދަސްކޮށް ދެނީހެއްޔެވެ. ދެން ތިމަންކަލޭގެފާނު އާނއެކޭ ވިދާޅުވުމުން އެމީހަކު ބުންޏެވެ. ތިބާ މިފަދައިން ވިދާޅުވާާށެވެ. (( الله أكبر، الله أكبر، الله أكبر، الله أكبر، أشهد أن لا إله إلا الله، أشهد أن لا إله إلا الله، أشهد أن محمدًا رسول الله، أشهد أن محمدًا رسول الله، حي على الصلاة، حي على الصلاة، حي على الفلاح، حي على الفلاح، الله أكبر، الله أكبر، لا إله إلا الله ))

އަދި ބުންޏެވެ. ޤަމަތް ދޭއިރު މިފަދައިން ވިދާޅުވާާށެވެ. ((الله أكبر الله أكبر، أشهد أن لا إله إلا الله، أشهد أن محمدًا رسول الله، حي على الصلاة، حي على الفلاح، قد قامت الصلاة، قد قامت الصلاة، الله أكبر الله أكبر، لا إله إلا الله )) ދެން ތިމަންކަލޭގެފާނު ހޭފުޅުލެއްވުމަށްފަހު މި ފުވަފެނުގެ ވާހަކަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. (( ﷲ އިރާދަކުރެއްވިއްޔާ ތިޔަ ހުވަފެނަކީ ހައްޤުތެދު ހުވަފެނެކެވެ. އަދި ބިލާލު ރަޟިޔަﷲ ޢަންހު ބަންގި ގޮވުމަށްޓަކައި އެކަލޭގެފާނަށް ތިޔަ ކަލިމަތައް ދަސްކޮށްދެއްވާށެވެ. އެހެނީ އެކަލޭގެފާނަކީ ކަލޭގެފާނަށްވުރެ އަޑުފުޅު ރީތި އަދި ބާރު ބޭފުޅެކެވެ.))

އަލް އިމާމް އަބޫދާވުދާއި އަލްއިމާމް ނަސާއީ ރިވާކުރައްވާފައިވާ أبو محذورة ރަޟިޔަﷲ ޢަންހުގެ ޙާދީޘްގައި ވެއެވެ. ފަތިސް ނަމާދުގެ ބަންގީގައި “حيَّ على الفلاح” ގެ ފަހުން ” الصلاةُ خير من النوم، الصلاة خير من النوم ” މިފަދައިން ވިދާޅުވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނަށް އުނގަންނަވައި ދެއްވިއެވެ.


– ނުނިމޭ –