[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެކަނި އިސްތިސްޤާ ނަމާދު ކުރުމުގެ ޙުކުމް

ސުވާލު: މީހަކަށް އިސްތިސްޤާ ނަމާދު އެކަނި ހުރެ ކުރެވިދާނެތޯ ނުވަތަ މުދައްރިސަކަށް ކިޔަވާ ކުދިންތަކަކާ އެކު އިސްތިސްޤާ ނަމާދުމަދަރުސާގައި ކުރެވިދާނެތޯއެވެ؟

——————————
ޖަވާބު: ފިޤްހު ޢިލުމުވެރިންގެ ބަސްފުޅުތަކަށް ބަލާލާއިރު އިސްތިސްޤާ ނަމާދު އެކަނި ކުރުންވެސް ހުއްދައެވެ. ނުވަތަ ޢާއިލާ މީހުންނާއިއެކު ނުވަތަ ދަރިވަރުން މުދައްރިސާއިއެކު ޖަމާޢަތުގައިވެސް ކުރުން ހުއްދައެވެ. ނަމަވެސް އެންމެ ފުރިހަމަ ގޮތަކީ އަދި ސުންނަތް ގޮތަކީ ވީހާވެސް ގިނަ މުސްލިމުން އެއްތަނަކަށް ޖަމާވެ، ޖަމާޢަތުގައި އިމާމާ އިސްވެ ހުރެ ނަމާދުކޮށް ދުޢާ ކުރުމެވެ. ސަބަބަކީ ޖަމާޢަތް ބޮޑުވިވަރަކަށް ދުޢާ އިޖާބާ ކުރެއްވުން މާ ގާތްކަން ބޮޑުވެގެންވުމެވެ. ވީމާ، މި ސަބަބާއިހުރެ ވީހާވެސް ގިނަ ބަޔަކު އިސްތިސްޤާ ނަމާދުކުރުމަށް ޢީދު ނަމާދުކުރާ މުޞައްލާއަށް ޖަމާވުމަށް ނަސޭޙަތްތެރިވަމެވެ. މުސްކުޅީންނާއި ކުޑަކުދިންނާއި ޞާލިޙުންނާއެކުގައެވެ. އިޖާބަވުން އަވަސްވެގެންވާ ގޮތަކީ އެއީއެވެ. އެންމެ ރަނގަޅުގޮތަކީ ޖަމާޢަތަށް ޙާޟިރުވުމެވެ.

ޖަވާބު ދެއްވީ: ފަޟީލަތުއްޝައިޚް މުޙައްމަދު ބިން ޞާލިޙް އަލް އުޘައިމީން ރަޙިމަހު ﷲ
މަޞްދަރު އައްލިޤާއުލް ޝަހްރީ 60
ފަތުވާގެ އަޞްލު ބެއްލެވުމަށް މި ލިންކަށް އޮބާލާ: