އިސްލާމްދީނުގައި ވާރުތަ މުދާ ބެހުގައި އޮތް އުޞޫލު ކަމުނުދާކަމުގައި ބައެއް މީހުން ބުނެތެވެ. އެއީ އަންހެނުންނަށް ވުރެ ގިނައިން ނުވަތަ އަންހެނުންނަށް ލިބޭ މިންވަރުގެ ދެބައި ފިރިހެނާއަށް ލިބޭނެ ކަމުުގައި އާޔަތުގައި ބަޔާންކޮށްފައިވާތީއެވެ. އާޔަތުގައި ބަޔާންކޮށްފައިވަނީ ބަހާނެގޮތެވެ. އެގޮތުގެމަތިން މުދާ ބަހަމުންދާއިރު، ފިރިހެނާއަށް ގިނައިން ލިބޭ ޙާލަތްތަކާއި އަންހެނާއަށް ގިނައިންނާއި އެއްވަރަކަށް އަދި ފިރިހެނާއަށް ނުލިބި ހަމައެކަނި އަންހެނާއަށް ވާރުތައިން ލިބޭ ޙާލަތްތައްވެސް ވެއެވެ.
އަދި ހަމައެއާއިއެކު، އިސްލާމްދީނުގައި އާއިލާއަށާއި ބެލެހެއްޓުންތެރިންނަށް ޚަރަދު ބަރަދު ދިނުމުގެ ޒިންމާ އެޅިފައިވާ ފަރާތަކީ މުޅިންވެސް ފިރިހެނުންނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ފިރިހެނުންނަށް ދަރަޖައެއް ވާކަން ބަޔާންކުރަނީ އެފަދަ ޒިންމާތަކެއް ފިރިހެނާގެ ކޮނޑުގައި އެޅުވިފައިވާތީއެވެ. ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.
وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ۗ وَاللَّـهُ عَزِيزٌ حَكِيمٌ ﴿٢٢٨﴾ [سورة البقرة]
މާނައީ:” އަދި ޝަރުޢީ ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް ޙައްޤުވެގެން ވެއެވެ. އަދި އެކަނބަލުންގެ މައްޗަށް ފިރިހެނުންނަށް ދަރަޖައެއް ލިބިގެންވެއެވެ. اللَّه އީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ.”
= ނުނިމޭ =
_________________________