[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަރާއި ދިރުމާއި އޭގެ ޙިކުމަތް 9

11798431_738216596288478_1704504603_n

އިމްތިހާން ކުރުމުގެ މައިގަނޑު އަސާސް ބިނާވެފައި ވަނީ ﷲ އެއްކައުވަންތަ ކުރުމުގެ މައްޗަށެވެ.

ﷲތަޢާލާ އެކަމަކަށްޓަކައި އިންސީންނާއި ޖިންނިން ޚަލްޤުކުރައްވާފައިވާ ކަމަކީ، ﷲތަޢާލާ އެއްކައުވަންތަ ކުރުމެވެ. އަޅުކަން އެއިލާހަށް ޚާލިޞްކުރުމަށެވެ. އެއިލާހުގެ ވަޙީ ބަސްފުޅުގައި ވެއެވެ.

وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴿الذاريات: ٥٦﴾

މާނައީ: “ތިމަންއިލާހަށް އަޅުކަން ކުރުމަށްޓަކައި މިނުވީ ޖިންނިންނާއި އިންސިން ތިމަންއިލާހު ނަހައްދަވަމެވެ.”

މި އަޔަތުގައިވާ ” إِلَّا لِيَعْبُدُونِ ” މިބަހުގެ ތަފްސީރުގައި ޢިލްމުވެރިން ވިދާޅުވަނީ އެއީ ﷲ އެއްކައުވަންތަ ކުރުން ކަމުގައެވެ. ޝައްކެއްނެތް ގޮތުގައި އެއިލާޙު އަމުރުކުރެއްވި އެންމެ ބޮޑުކަމަކީ އެއިލާހު އެއްކައުވަންތަ ކުރުމެވެ. އަދި އެއިލާހު އެންމެބޮޑަށް ނަޙީ ކުރެއްވި ކަމަކީ އެއިލާހަށް ޝިރުކު ކުރުމެވެ. އަދި ﷲތަޢާލާ ފޮނުއްވި އެންމެހާ ރަސޫލުންނާއި ނަބިއްޔުންގެ އެނމެ ބޮޑު ދަޢުވަތަކީވެސް އެއީއެވެ.

وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ ﴿النحل: ٣٦﴾

މާނައީ: ” ހަމަކަށަވަރުން، ތިމަން އިލާހު ކޮންމެ އުންމަތަކަށް ރަސޫލަކު ފޮނުއްވީމެވެ. އެއީ، اللَّه އަށް އަޅުކަންކުރުމަށާއި، ޠޯޣޫތާ ދުރުހެލިވުމަށް އެންގެވުމަށެވެ.”

ދުނިޔޭގައި ޖިންނިންނާއި އިންސިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިމްތިޙާނަކީ ﷲއެއްކައުވަންތަ ކުރުމުގެ އިމްތިހާނެވެ. އެހެނީ އިންސިއަކުވިއަށް އަދި ޖިންނިއަކުވިއަސް ނަރަކައިގައި ދާއިމަށް ދެމިއޮތުމަށް މިންކުރެވޭ މީޒާނަކީ ﷲއެއްކައުވަންތަ ކުރުމެވެ. އެއިލާހުގެ ވަޙީބަސްފުޅުގައި ވެއެވެ.

“إِنَّهُ مَن يُشْرِكْ بِاللَّـهِ فَقَدْ حَرَّمَ اللَّـهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنصَارٍ” ﴿المائدة: ٧٢﴾

މާނައީ: “ހަމަކަށަވަރުން ﷲ އަށް ޝަރީކުކުރާ މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، ﷲ، އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމް ކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް ނަޞްރުދޭނެ އެއްވެސްބަޔަކު ނުވެއެވެ.”

އަދި ތައުޙީދާނުލާ އެއްވެސް ހެޔޮ ޢަމަލެއް ޤަބޫލު ނުކުރެވޭ ހުއްޓެވެ. ﷲތަޢާލާ އެއިލާހުގެ އެންމެ މާތް މަޚުލޫޤުންގެ ވާހަކަ ޛިކުރުކުރައްވާ ވަޙީކުރެއްވިއެވެ.

وَتِلْكَ حُجَّتُنَا آتَيْنَاهَا إِبْرَاهِيمَ عَلَىٰ قَوْمِهِ ۚ نَرْفَعُ دَرَجَاتٍ مَّن نَّشَاءُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ ﴿٨٣﴾ وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ ۚ كُلًّا هَدَيْنَا ۚ وَنُوحًا هَدَيْنَا مِن قَبْلُ ۖ وَمِن ذُرِّيَّتِهِ دَاوُودَ وَسُلَيْمَانَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَارُونَ ۚ وَكَذَٰلِكَ نَجْزِي الْمُحْسِنِينَ ﴿٨٤﴾ وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَ ۖ كُلٌّ مِّنَ الصَّالِحِينَ ﴿٨٥﴾ وَإِسْمَاعِيلَ وَالْيَسَعَ وَيُونُسَ وَلُوطًا ۚ وَكُلًّا فَضَّلْنَا عَلَى الْعَالَمِينَ ﴿٨٦﴾ وَمِنْ آبَائِهِمْ وَذُرِّيَّاتِهِمْ وَإِخْوَانِهِمْ ۖ وَاجْتَبَيْنَاهُمْ وَهَدَيْنَاهُمْ إِلَىٰ صِرَاطٍ مُّسْتَقِيمٍ ﴿٨٧﴾ ذَٰلِكَ هُدَى اللَّـهِ يَهْدِي بِهِ مَن يَشَاءُ مِنْ عِبَادِهِ ۚ وَلَوْ أَشْرَكُوا لَحَبِطَ عَنْهُم مَّا كَانُوا يَعْمَلُونَ ﴿٨٨﴾ ﴿الأنعام:﴾

މާނައި: ” އެ ހުރިހާކަމަކީ، ތިމަންއިލާހުގެ ޙަޟްރަތުންއާ ޙުއްޖަތްތަކެވެ. އެޙުއްޖަތްތައް، ތިމަންއިލާހު އިބްރާހީމްގެފާނަށް ދެއްވީ، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ހުށަހެޅުއްވުމަށެވެ. ތިމަންއިލާހު އިރާދަކުރައްވާ ބަޔަކު، ދަރަޖަ މަތިވެރިކުރައްވަމެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިއިލާހީ، ޙިކްމަތްވަންތަ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. ތިމަންއިލާހު، އެކަލޭގެފާނަށް (އެބަހީ: އިބްރާހީމްގެފާނަށް) އިސްޙާޤު ގެފާނާއި، ޔަޢުޤޫބުގެފާނު ދެއްވީމެވެ. އެއިން ކޮންމެ ބޭކަލަކަށް ތެދުމަގު ދެއްކެވީމެވެެ. އަދި އޭގެކުރިން ނޫޙުގެފާނަށް ތެދުމަގު ދެއްކެވީމެވެެ. އަދި އެކަލޭގެފާނުންގެ ދަރިކޮޅުން، ދާވޫދުގެފާނާއި، އިސްމާޢީލްގެފާނާއި، އައްޔޫބްގެފާނާއި، ޔޫސުފްގެފާނާއި، މޫސާގެފާނާއި، ހާރޫނުގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި އިޙްސާންތެރިންނަށް ތިމަންއިލާހު ޖަޒާދެއްވަނީ އެފަދައިންނެވެ. އަދި ޒަކަރިއްޔާގެފާނާއި، ޔަޙްޔާގެފާނާއި، ޢީސާގެފާނާއި، އިލްޔާސްގެފާނަށް ތެދުމަގު ދެއްކެވީމެވެ. އެއިން ކޮންމެ ބޭކަލަކުމެވަނީ، ޞާލިޙުންގެ ތެރެއިންނެވެ. އަދި އިސްމާޢީލްގެފާނާއި، އަލްޔަސަޢް ގެފާނާއި، ޔޫނުސްގެފާނާއި، ލޫޠުގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި ތިމަންއިލާހު އެއިން ކޮންމެ ބޭކަލަކު ޢާލަލްތަކުގެ މައްޗަށް މާތްކުރައްވައި އިތުރުކުރެއްވީމެވެ. އަދި އެބޭކަލުންގެ ކާބަފައިކަލުންނާއި، އެބޭކަލުންގެ ދަރިފަސްކޮޅުތަކާއި، އެބޭކަލުންގެ އިޚްވާނުންގެ ތެރެއިން ބަޔަކަށް ތެދުމަގު ދެއްކެވީމެވެ. އަދި ތިމަންއިލާހު އެބޭކަލުން ޚިޔާރު ކުރައްވައި، އެބޭކަލުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވީމެވެ. އެއީ اللَّه ގެ ތެދުމަގެވެ. އެއިލާހު އަޅުންގެ ތެރެއިން އެއިލާހު އިރާދަކުރައްވާ ބަޔަކަށް އެއިން ތެދުމަގު ދައްކަވަތެވެ. އެބޭކަލުންވެސް ﷲއަށް ޝިރުކު ކުރެއްވިނަމަ، އެބޭކަލުން ކޮށްއުޅުއްވި ޢަމަލުތައްވެސް ބާޠިލްވީހެވެ.”

އަދި ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެވޮޑިގެންވާ މަޚްލޫޤު، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އާ މުޚާތަބުކުރައްވާ އެއިލާހު ވަޙީ ކުރައްވާފައި ވަނީ މިފަދައިންނެވެ.

وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ ﴿الزمر: ٦٥﴾

މާނައީ: ” ހަމަކަށަވަރުން، ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށް ވަޙީ ކުރައްވާފައިވެއެވެ. ކަލޭގެފާނު ޝަރީކު ކުރައްވައިފިނަމަ، ކަލޭގެފާނުގެ ޢަމަލުތައްވެސް ބާޠިލް ވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.”

(ނުނިމޭ)

މިލިޔުމުގެ އެހެންބައިތައް