[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة العلق ގެ ތަފްސީރު 4

 

 

ދެން އެއަށްފަހު ވަޙީކުރެއްވިއެވެ.

﴿خَلَقَ الإِنسَنَ مِنْ عَلَقٍ﴾

މާނައީ: “ގަނޑުލޭކޮޅަކުން އެއިލާހު އިންސާނާ ހެއްދެވިއެވެ.”

މިތަނުގައި ޚާއްޞަގޮތެއްގައި އިންސާނާ ޚަލްޤުކުރެއްވިކަން ބަޔާންކުރައްވާފައި ވަނީ އިންސާނާ އަށް މާތްކަމާ ޝަރަފުދެއްވުމުގެ ގޮތުންނެވެ.

އެހެނީ އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا﴾ [الإسراء: 70] .

މާނައީ: ” ހަމަކަށަވަރުން، ތިމަންއިލާހު، އާދަމުގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން ރިޒްޤުދެއްވީމެވެ. އަދި ތިމަންއިލާހު ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ.”

 

އިންސާނާ ޚަލްޤުކުރެއްވުމުގެ ވާހަކަ ޞަރީޙަކޮށް ވަޙީކުރައްވާފައި އެވަނީ އެހެންވެއެވެ.

﴿خَلَقَ الإِنسَنَ﴾

އެބަހީ: އިންސާނާ ޚަލްޤުކުރައްވަން ފެއްޓެވިއެވެ.

﴿مِنْ عَلَقٍ﴾ عَلَق އަކީ މިލަފްޒުގެ ގިނަ ގޮތެވެ. ނުވަތަ عَلَقَة ގެ اسم جمع އެވެ. އެއީ ޢަރަބި ބަހުގައި شَجَرَة ، شَجَر ކިޔާ ގޮތަށެވެ. ޢަލަޤަކީ ރަތްކުލައިގެ ކުޑަ ލޭކޮޅަށް ކިޔާ ނަމަކެވެ. އިންސާނާގެ ދިރުމުގެ ފެށުމަކީ އެއީއެވެ. އެހެނީ އިންސާނާ އުފެދިފައިވަނީ ލެއިންނެވެ. ލޭ ހުސްވެއްޖެނަމަ އޭނާ މަރުވާނެއެވެ.

= ނުނިމޭ =

_______________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة العلق  ގެ ތަފްސީރުގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް