- ޢިމާރާތްތައް އުސްކުރުން.
ނަބީކަމުގެ ޒަމާނާ ވަރަށް ކައިރީގައި މިޢަލާމާތް ވަނީ ފާޅުވެއެވެ. އަދި އެއަށްފަހު، ޢިމާރާތްކުރުމާއި ގެދޮރުގެ ޒީނަތްތެރިކަމުގައި މީސްތަކުން ފަޚުރުވެރިވެ އުޅެއްޖައުމާ ހަމައަށް އެކަން ޢާންމުވެގެން ދިޔައެވެ. އެއީ ފަތަޙަތަކުގެ ފަހުގައި މުސްލިމުންގެ ދަށަށް ދުނިޔެ ގޮސް އެބައިމީހުންގެ އަތުގައި މުދާ އިތުރުވުމާ ގުޅިގެންނެވެ. އަދި ކުރީގެ އުއްމަތްތަކުގެ ބަލިމަޑުކަން ދެމެމުން އައިސް ލައިގަނެ އެބައިމީހުންގެ ތެރެއިން ގިނަބަޔަކު ދުނިޔެއަށް ލެނބިއްޖައުމާ ހަމައަށް އެދުވަސްތައް ދިގުދެމިގެން ދިޔައެވެ. އެއީ މުދާ އެއްކުރުމަށް ވަރުހުރުމާއި ޝަރުޢުގައި އެދެވިގެންނުވާ ގޮތްގޮތަށް އެބޭނުންކުރުމެވެ. ރަށްފުށުގެ މީހުންނާއި ޙާޖަތަށް ޖެހިފައިވާ އެފަދަ މީހުންނާއި ފަޤީރުންނަށްވެސް، އެހެން މީހުންނެކޭ އެއްފަދައިން ދުނިޔެ ހުޅުވިގެން ދިޔައެވެ. އަދި އިމާރާތްތައް ބުރިބުރިއަށް ނަގައި އެކަމުގައި ވާދަޖަހަން ފަށައިފޫއެވެ.
މިހުރިހާ ކަމެއް ހިނގައިދިޔައީ ތެދާއި ތެދުގެވެރިޔާ صلى الله عليه وسلم ޚަބަރުދެއްވާފައިވާ ގޮތަށެވެ. ދެޞަޙީޙުގައި، އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ޤިޔާމަތްވާނެ ވަގުތާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم އާ ޖިބްރީލްގެފާނު ސުވާލު ކުރެއްވުމުން ދެންނެވިއެވެ: ((وَلَكِنْ سَأُحَدِّثُكَ عَنْ أَشْرَاطِهَا… (فَذَكَرَ مِنهَا:) وَإِذَا تَطَاوَلَ رِعَاءُ الْبَهَائِم فِي الْبُنْيَانِ؛ فَذَاكَ مِنْ أَشْرَاطِهَا))[1] “ނަމަވެސް އެކަމުގެ ޢަލާމާތްތައް ކަލޭގެފާނަށް ކިޔައިދެއްވަފާނަމެވެ. (އޭގެތެރޭގައި ޙަދީޘްކުރެއްވިއެވެ:) ބަކަރި ހުއިހައްޕާމީހާގެ ގޯތި އުސްވެއްޖެނަމަ ފަހެ އެއީ ޤިޔާމަތުގެ ޢަލާމަތްތަކުގެ ތެރެއިން ކަމެކެވެ.”
އަދި މުސްލިމްގެ ރިވާޔަތުގައި ވަނީ: ((وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِي الْبُنْيَان))[2] މާނައީ: “އަރާނެ ފައިވާނެއް އައުރަނިވާކުރާނެހާ ފެންވަރުނެތް (ރަށްފުށުގެ ނިކަމެތި ފަޤީރުންގެ) ގެދޮރު އުސްވެއްޖެތަން ފެނުމުންނެވެ.”
އަދި އިބްނު ޢައްބާސްގެ ކިބައިން އިމާމު އަޙްމަދު ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [ބަސްފުޅުގެ މާނައީ:] އޭ ﷲގެ ރަސޫލާއެވެ. އަރާނެ ފައިވާނެއް އަދި ޢައުރަ ނިވާކޮށްލާނެހާ ފެންވަރެއްނެތް ފަޤީރުންނަކީ އެއީ ކޮންބައެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ((العَرَب))[3] “ޢަރަބީންނެވެ.”
އަދި އަބޫހުރައިރާ رضي الله عنه ގެ ކިބައިން ބުޚާރީ ރިވާކުރައްވާފައި ވެއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((لَا تَقُومُ السَّاعَةُ… حَتَّى يَتَطَاوَلَ النَّاسُ فِي الْبُنْيَان))[4] މާނައީ: “މީސްތަކުން ބިނާތައް އުސްކޮށްފުމަށް ދާންދެން ޤިޔާމަތް ޤާއިމް ނުވާހުއްޓެވެ.”
ޙާފިޡް އިބްނު ޙަޖަރު ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] “ބިނާތައް އުސްވުމުގެ މުރާދަކީ ބިނާ ކުރާ ކޮންމެ މީހަކުމެ އޭނާގެ އިމާރާތް އަނެކާއަށްވުރެ އުސްކުރަން އުޅުމެވެ. އަދި ފަޚުރުވެރިވުމުގެ މުރާދަކީ އެއީ ޒީނަތްތެރި ކުރުމާއި ޖަރީކުރުން ކަމުގައި ވެދާނެއެވެ. ނުވަތަ އެއަށްވުރެ ޢާންމު މާނައަކަށްވެސް ވެދާނެއެވެ. ހަމަކަށަވަރުން އެފަދަ އެތައްކަމެއް ވަނީ ފެނިފައެވެ. އަދި އެކަން ހުރީ އިތުރުވޭވެއެވެ.”[5]
ދެންފަހެ މިކަން މިހުރީ މިޒަމާނުގައި ފާޅުވެ ފެންނާށެވެ. ފަހެ މީސްތަކުން އެބައިމީހުންގެ ބިނާތައް އުސްކޮށް އެތަނުގެ އުސްކަމާއި ބޮޑުކަމާއި ރީތިކަމާމެދު ފަޚުރުވެރިވަނީ އެވެ. އަދި ކިއެއްތޯއެވެ! އެމެރިކާގައިވާ މަޝްހޫރު އިމާރާތާއި އަދި އެނޫންވެސް ޤައުމުތަކުގައި ވާފަދައިން، އުޑާއި ހަމައަށް ފޯރާފައިވާހެން ހީވާފަދަ އުސް އިމާރާތްތައް އެޅުމާ ހަމައަށް މިކަން މިވަނީ ގޮސްފައެވެ.
_________________________________
[1] ((صحيح البخاري))، كتاب الإيمان، باب سؤال جبريل النبي صلى الله عليه وسلم عن الإيمان والإسلام والإحسان وعلم الساعة، (1 / 114 – مع الفتح)، و ((صحيح مسلم))، كتاب الإيمان، باب بيان الإيمان والإسلام والإحسان، (1 / 161 – 164).
[2] ((صحيح مسلم))، كتاب الإيمان، باب بيان الإيمان والإسلام والإحسان، (1 / 158 – مع شرح النووي).
[3] ((مسند أحمد)) (4 / 332 – 334) (ح 2926)، شرح أحمد شاكر، وقال: ((إسناده صحيح)).
وقال الهيثمي: ((رواه أحمد والبزار بنحوه… وفي إسناد أحمد شهر بن حوشب)). ((مجمع الزوائد)) (1 / 38 – 39).
وقال الألباني: ((هذا إسناد لا بأس به في الشواهد)). ބައްލަވާ: ((سلسلة الأحاديث الصحيحة)) (3 / 332) (ح 1345).
[4] ((صحيح البخاري))، كتاب الفتن، باب (بدون)، (13 / 81 – 82 – مع الفتح).
[5] [ބައްލަވާ:] ((فتح الباري) (13 / 88).