[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަނބިމީހާ ވަޒީފާއަށް ދިޔުން 1

anbimeeha vazeefa ah

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ﷲ ތަޢާލާވަނީ އިސްލާމްދީން ފުރިހަމަކުރައްވާފައެވެ. އެގޮތުން ދީނުގައިވާ އެންމެހާ ކަންތައްތައް އައިސްފައިވަނީ އެންމެ ފުރިހަމަ ގޮތުގައެވެ. އަޅުކަމާއި ދޭދޭ މީހުންގެ މެދުގައި ކުރާ އެންމެހާ މުޢާމަލާތްތައްވެސް އޭގައި ހިމެނެއެވެ.

މުޖުތަމަޢުތައް އިޞްލާހުކުރާނެ ގޮތާއި ޢާއިލީ ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތްވެސް އިސްލާމްދީނުގައިވަނީ ބަޔާންކުރައްވާފައެވެ. އިސްލާމްދީނުގައި ޢާއިލީ ނިޒާމަށް ބަލާއިރު ޢާއިލީ ކަންކަމުގައި ޚަރަދުކުރުމުގައި މަސްއޫލުވެރި ފަރާތަކީ ފިރިމީހާއެވެ. ނަމަވެސް އަނބިމީހާ މުދާ މިލްކުކުރުމާއި މުދަލުގައި ތަޞައްރަފުކުރުން މިކަމުން މަނަލެއް ނުކުރެއެވެ. އަދި ހަމައެއާއެކު ޢާމްދަކީ ހޯދުމުގެ ވަޞީލަތްތައް ދީނުގައި ކަނޑައަޅާފައިވާ ގިއުގަނޑުގެ ތެރޭގައި ބޭނުން ކުރުން ފިރިމީހާއަށާއި އަނބިމީހާއަށްވެސް ވަނީ ހުއްދަ ކުރައްވާފައެވެ.

މިމައުޟޫޢުގައި ވާހަކަ ދައްކާއިރު އަނބިމީހާ ވަޒީފާއަށް ދިޔުން އެއީ ކޮންކަހަލަ ކަމެއްތޯ ވަރަށް ގިނަ މީހުން ސުވާލުކުރެއެވެ. ޚާއްޞަކޮށް މިފަދަ ޒަމާނެއްގައި ފިތުނަތައް ގިނަވެ މައްސަލަތައް އިތުރުވެފައިވާއިރު އެފަދަ ކަމެއް ކުރާއިރު އިތުރަށް ވިސްނަންޖެހޭ ކަންތައްތައް ހުރެއެވެ. ނަމަވެސް ޖުމްލަކޮށް ބަލާއިރު އަންހެނާއަށް އެކަށީގެންވާ މާޙައުލެއް ވާނަމަ އޭނާ ވަޒީފާއަށް ދިޔުމަކީ މައްސަލައެއް ނޫނެވެ.

(އަންހެނުން ވަޒީފާއަށް ދިޔުމުގައި ބަލަން ޖެހޭ ކަންތައްތަކުގެ ތަފްޞީލު ވިދާޅުވުމަށް: ލިންކު 1 ، ލިންކު 2 ، ލިންކު 3)

މިގޮތުން އުފެދެވޭ ދެވަނަ ސުވާލަކީ ވަޒީފާއެއް އަދާކުރާނަމަ ފިރިމީހާގެ ރުހުން ނުވަތަ ހުއްދަ ބޭނުންވާނެތޯއެވެ. މިކަމުގެ ތަފްޞީލު ތިރީގައި ލިޔަމެވެ.

*******

ފުރަތަމައީ: [ކައިވެނިކުރިއިރު އަނބިމީހާ ވަޒީފާއަށް ދާނެކަމަށް ޝަރުޠުކުރުމާ ނުވަތަ ނުކުރުމާ ގުޅޭ]

އަނބިމީހާ ވަޒީފާއަށް ދިޔުން ދެ ބަޔަކަށް ބެހިގެންވެއެވެ.

  1. ކައިވެނީގެ ޢަޤުދުކުރިއިރު އަނބިމީހާ ވަޒީފާއަށް ދާނެކަމަށް އަނބިމީހާ ޝަރުޠުކުރުން ނުވަތަ އަންހެންމީހާ ވަޒީފާއަށް ދަނިކޮށް، އެކަމަށް ފިރިމީހާ އިންކާރުކުރުމަކާ ނުލާ ކައިވެނި ކުރުން.

މިޙާލަތުގައި އެޤައުމެއްގެ ޢުރްފުގައި ކައިވެނި ކުރުމަށްފަހުވެސް އަނބިމީހާ ވަޒީފާއަށް ގޮސް އުޅޭނަމަ، ފިރިމީހާގެ މައްޗަށް ލާޒިމުވެގެންވަނީ އަނބިމީހާ ވަޒީފާއަށް ދިޔުމުގެ ހުއްދަ ދިނުމަށެވެ. ނަމަވެސް އޭނާ ވަޒީފާ އަދާކުރުމުގައި ޝަރީޢަތާ ޚިލާފުކަމެއް ހިނގާނަމަ، އެއީ އޭގެން އިސްތިޘްނާ ކުރެވޭނެ ޙާލަތެކެވެ.

  1. ކައިވެނީގެ ޢަޤުދުކުރިއިރު އަންހެން މީހާ ވަޒީފާއަށް ދާނެކަމަށް އަންހެން މީހާ ޝަރުޠުނުކުރުން.

އެޙާލަތުގައި އަނބިމީހާގެ ވަޒީފާ ދޫކޮށްލުމަށް ފިރިމީހާއަށް އަމުރުކުރެވޭނެއެވެ. ނަމަވެސް އެއީ އޭނާއަށް ގެއްލުން ދިނުމުގެ ޤަޞްދަކާ ނުލާ ކުރާކަމަށް ވާންޖެހޭނެއެވެ. އެފަދަ ޤަޞްދެއްނެތި ފިރިމީހާ އެކަމަށް އަމުރުކޮށްފިނަމަ އަނބިމީހާގެ މައްޗަށް ލާޒިމުވެގެންވަނީ އެކަމަށް ކިޔަމަންވުމެވެ. އެހެނީ ފިރިމީހާގެ ހުއްދަ ނެތި ގެއިން ނުކުތުމަކީ އަނބިމީހާއަށް ހުއްދަ ކަމެއް ނޫނެވެ.

= ނުނިމޭ =

 ____________________

މިލިޔުމުގެ މަޞްދަރު