[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 69 “ފާޙިޝް ކަންކަން ގިނަވެ ރަޙިމްގެގުޅުން ކަނޑައި އަވަށްޓެރިންނަށް އިހާނެތިކޮށް ހިތުން….. “

qiyaamai vumuge

  1. ފާޙިޝް[1] ކަންކަން ގިނަވެ ރަޙިމްގެގުޅުން ކަނޑައި އަވަށްޓެރިކަންނަށް އިހާނެތިކޮށް ހިތުން.

ޢަބްދުﷲ ބްން ޢުމަރު رضي الله عنهما ގެ ކިބައިން އިމާމު އަޙްމަދާއި ޙާކިމް ރިވާ ކުރައްވާފައި ވެއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((لَا تَقُومُ السَّاعَةُ حَتَّى يَظْهَرَ الْفُحْشُ، وَالتَّفَاحُشُ، وَقَطِيعَةُ الرَّحِمِ، وَسُوءُ الْمُجَاوَرَةِ))[2] މާނައީ: “ހަޑިހުތުރު ފާފަތަކާއި ފާޙިޝްކަންކަން އަދި ރަޙިމުގެ ގުޅުން ކަނޑައި، އަވަށްޓެރިންނަށް އިހާނެތިވުމަށް ދާންދެން ޤިޔާމަތް ޤާއިމްނުވާހުއްޓެވެ.”

އަދި ((الأَوسَط)) [އެވެ ކިޔުނު ފޮތުގައި] އަނަސްގެފާނުގެ ކިބައިން، ޠަބަރާނީ ރިވާ ކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((مِنْ أَشْرَاطِ السَّاعَةِ الْفُحْشُ وَالتَّفَحُّشُ وَقَطِيعَةُ الرَّحِمِ))[3] “ހަޑިހުތުރު ފާފަތަކާއި ފާޙިޝް ޢަމަލުތައް އަދި ރަޙިމުގެ ގުޅުން ކެނޑުމީ ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރެއިން ބައެކެވެ.”

އަދިވެސް އިބްނު މަސްޢޫދޫ رضي الله عنه ގެ ކިބައިން އަލްއިމާމު އަޙްމަދު ރިވާކުރައްވާފައި ވެއެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އެކަލޭގެފާނު ރިވާކުރެއްވިއެވެ. ޙަދީޘްކުރެއްވިއެވެ. ((إنَّ بَيْنَ يَدَيِ السَّاعَة… قَطْعُ الأَرْحَامِ))[4] މާނައީ: “ހަމަކަށަރުން ޤިޔާމަތާ ކައިރީގައި… ރަޙިމުގެ ގުޅުން ކެނޑުން ވެއެވެ.”

ދެންފަހެ ނަބިއްޔާ صلى الله عليه وسلم ޚަބަރުދެއްވާފައި މިވާކަންތައް ވަނީ ހިނގައިގެން ގޮސްފައެވެ. ފަހެ ފާޙިޝް ކަންކަން، ގިނަބައެއްގެ މެދުގައި ވަނީ ފެތުރިގެން ގޮސްފައެވެ. ފާފަތަކުގެ ތެރެއިން އަރައިގަނެ އާލާ މިކުރެވެނީ ކިހާވަރެއްގެ ކަމެއްތޯ އާއި އެކަމުގައި ހުރި ގަދަފަދަ ޢުޤުބާތާމެދު ފިކުރުވެސް ކޮށްނުލައެވެ. އަދި ރަޙިމުގެ ގުޅުން ކަނޑައެވެ. ގާތްތިމާގެ މީހާ އޭނާގެ ގާތްތިމާގެ މީހާއާ ގުޅުން ނުބާއްވައެވެ. އަދި ކިއްތޯއެވެ! އެބައިމީހުންގެ ބަދަހިކަން ބުރިކޮށްލައި ފުރަގަސްދެއެވެ. ފަހެ އެބައިމީހުން އެއް ރަށެއްގައި ވީހިނދު ޒިޔާރަތް ކޮށްނުލާ އަދި މުވާޞަލާތެއް ކޮށްނުލާ މަސްތަކާއި އަހަރުތައް ވޭތުވެގެން ދެއެވެ. އެއްވެސް ޝައްކެއް ނެތްގޮތުގައި މިކަމެއް މިވަނީ އީމާންކަން ބަލިކަށިކަމާހުރެއެވެ. ފަހެ ﷲގެ ރަސޫލާ صلى الله عليه وسلم ވަނީ ރަޙިމުގެ ގުޅުން ދެމެހުއްޓަމަށް ބާރު އަޅުއްވައި އަދި އެގުޅުން ކަނޑާ މީހުންނަށް އިންޒާރު ދެއްވާފައެވެ.

ޙަދީޘް ކުރެއްވިއެވެ. ((إِنَّ اللهَ خَلَقَ الْخَلْقَ، حَتَّى إِذَا فَرَغَ مِنْهُم؛ قَامَتِ الرَّحِمُ، قَالَتْ: هَذَا مَقَامُ الْعَائِذِ بِكَ مِنَ الْقَطِيعَةِ؟ فَقَالَ: نَعَمْ؛ أَمَا تَرْضَيْنَ أَنْ أَصِلَ مَنْ وَصَلَكِ وَأَقْطَعَ مَنْ قَطَعَكِ؟ قَالَتْ: بَلَى. قَالَ: فَذَاكَ لَكِ))

ثُمَّ قَالَ رَسُوْلُ اللهِ صلى الله عليه وسلم: ((اقْرَءُوا إِنْ شِئْتُمْ: {فَهَلْ عَسَيْتُمْ إِنْ تَوَلَّيْتُمْ أَنْ تُفْسِدُوا فِي الْأَرْضِ وَتُقَطِّعُوا أَرْحَامَكُمْ . أُولَـٰئِكَ الَّذِينَ لَعَنَهُمُ اللَّـهُ فَأَصَمَّهُمْ وَأَعْمَىٰ أَبْصَارَهُمْ} [محمد: 22 – 24])) މާނައީ: “ހަމަކަށަވަރުން މާތް ﷲ ޚަލްޤުތަކުން އުފެއްދެވިއެވެ. އަދި އެކަން ނިމުނު ހިނދު ރަޙިމު ތެދުވެއްޖެއެވެ. އަދި ދެންނެވިއެވެ. އެޔެއް ބުރިކޮށްލުމުން ރައްކާތެރިކަމަށް އެދި އިބަ ﷲ ގެ ޙަޟްރަތުގައި ދަންނަނަވީ މިކަމުން ހެއްޔެވެ. ވަޙީކުރެއްވިއެވެ؟ އާނއެކެވެ. ތިމަންރަސްކަލާނގެ، ތިބާއާ ގުޅުންބޭއްވި މީހަކާއެކު ގުޅުންބާއްވައި އަދި ތިބާއާ ގުޅުން ކެނޑިމީހަކާއެކު ތިމަންރަސްކަލާނގެ ގުޅުން ކަނޑާލެއްވުމަށް ތިބާ ނުރުހޭނަން ހެއްޔެވެ؟ އެދެންނެވިއެވެ. ނޫނެކެވެ. ވަޙީ ކުރެއްވިއެވެ. ފަހެ ތިބާއަށް އެކަން ވެއެވެ.”

އެއަށްފަހު ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުން ބޭނުންނަމަ މިއާޔަތް ކިޔަވައި ބަލާށެވެ: (فَهَلْ عَسَيْتُمْ إِنْ تَوَلَّيْتُمْ أَنْ تُفْسِدُوا فِي الْأَرْضِ وَتُقَطِّعُوا أَرْحَامَكُمْ . أُولَـٰئِكَ الَّذِينَ لَعَنَهُمُ اللَّـهُ فَأَصَمَّهُمْ وَأَعْمَىٰ أَبْصَارَهُمْ) އާޔަތުގެ ތަރުޖަމާއީ: “ފަހެ، ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ހިނގައްޖެނަމަ (ކުރިޔެކޭ އެއްފަދައިން) ތިޔަބައިމީހުން ބިމުގައި ފަސާދަކޮށް، އަދި ތިޔަބައިމީހުންގެ ގާތްތިމާގެކަމުގެ ގުޅުންތައް ކަނޑައިފުމަށް ތިޔަބައިމީހުން ގާތްވެގެންވޭ ނޫންހެއްޔެވެ؟ އެއުރެންނީ، އެއުރެންނަށް ﷲ ލަޢުނަތްލެއްވި މީހުންނެވެ. ފަހެ، އެކަލާނގެ އެއުރެން ބީރުކުރައްވައި، އަދި އެއުރެންގެ ލޯތައް ކަނުކުރެއްވިއެވެ. ފަހެ، ޤުރުއާނާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ ނުވަތަ (އެއުރެންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟

އަދިވެސް ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((لَا يَدْخُلُ الْجَنَّةَ قَاطِعُ الرَّحِمِ))[5] “ރަޙިމުގެ ގުޅުން ކަނޑައިފިމީހާ ސުވަރުގެ ނުވަންނަ ހުއްޓެވެ.”

އަދި އަވަށްޓެރިންނަށް  އިހާނެތި ވުމާމެދު ދަންނައެވެ. އެކަމާ ބެހޭގޮތުން ވާހަކަ ދައްކާލުމުގައި މައްސަލައެއް ނެތެވެ. ފަހެ އެމީހުންގެ އަވަށްޓެރިންނީ ކޮންބައެއްކަން ނޭނގޭ ކިތައް އަވަށްޓެރިން އުޅޭހެއްޔެވެ. އަދި ބޭނުމެއް ޖެހޭހިނދު އެހީއަށްއެދި އެމީހުންނަށް އަތްދިއްކުރުމީ އެމީހުންގެ ޙާލަތެވެ. އަދި އެވަރުން ނުވެއެވެ! އޭނާއަށް ދުއްތުރާ ކުރުމަށްވެސް ހުއްޓުމެއް ނާދެއެވެ.

ދެންފަހެ ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ވަނީ އަވަށްޓެރިންނަށް ދުއްތުރާދިނުން ނަހީ ކުރައްވާފައެވެ. ޙަދީޘް ކުރެއްވިއެވެ. ((مَنْ كَانَ يُؤْمِنُ بِاللهِ وَالْيَوْمِ الْآخِرِ؛ فَلَا يُؤْذِي جَارَهُ))[6] “ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާ މީހާ އޭނާގެ އަވަށްޓެރިންނަށް އުނދަގޫ ނުކުރާހުށިކަމެވެ”

އަދިވެސް ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((مَا زَالَ جِبْرِيلُ يُوصِينِي بِالْجَارِ حَتَّى ظَنَنْتُ أَنَّهُ سَيُوَرِّثُهُ))[7] މާނައީ: “އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމަށް، ތިމަންކަލޭގެފާނަށް ވަޞިއްޔަތް ކުރެއްވުން މަތީ ޖިބްރީގެފާނު ހުންނެވިއެވެ. އެއީ ވާރުތަވެރިއެއް ކަމުގައި ތިމަންކަލޭގެފާނަށް ހީފުޅުވެއްޖައުމާ ހަމައަށެވެ.”

__________________________

[1] (الفُحُش) “ފާޙިޝް”: އިބްނު އަޘީރު ވިދާޅުވެފައި ވެއެވެ. [ބަސްފުޅުގެ މާނައީ:] “އެއީ ފާފައާއި ނުކިޔަމަންތެރި ކަމުގައި ހުތުރުކަން އިތުރު ކޮންމެ ކަމެކެވެ. އަދި ފާޙިޝް އެވެ ގިނައިން ބުނެވެމުން އަންނަނީ ޒިނޭ ކުރުމަށެވެ. ބަހާއި ޢަމަލުންވާ ކޮންމެ ހުތުރު އަޚްލާޤަކީ ފާޙިޝްކަމެކެވެ.”

[ބައްލަވާ] ((النهاية)) (3 / 415).

[2] ((مسنند أحمد)) (10 / 26 – 31 – شرح أحمد شاكر)، وقال: ((إسناده صحيح))، وذكر رواية الحاكم، وأطال الكلام عليها.

ބައްލަވާ: ((مستدرك الحاكم)) (1 / 75 – 76)، وقد رواه بثلاثة أسانيد، وقال: ((هذا حديث صحيح، فقد اتفق الشيخان على الاحتجاج بجميع رواته؛ غير أبي سبرة الهذلي، وهو تابعي كبير مبين، ذكره في المسانيد والتواريخ غير مطعون فيه))، وذكر له شاهدا، ووافقه الذهبي على تصحيحه.

[3] (((مجمع الزوائد)) (7 / 284)، وقال الهيثمي: ((رجاله ثقات))، وفي بعضهم خلاف، والأحاديث المذكورة تشهد له.

[4] ((مسند أحمد)) (5 / 333 – شرح أحمد شاكر)، وقال: ((إسناده صحيح)).

[5] ((صحيح مسلم)) (16 / 114 – مع شرح النووي).

[6] ((صحيح مسلم))، كتاب الإيمان، باب الحث على إكرام الجار والضيف، (2 / 20 – مع شرح النووي).

[7] ((صحيح مسلم))، كتاب البر والصلة والآداب، باب: الوصية بالجار والإحسان إليه، (16 / 176 – مع شرح النووي).