- ހެދުންލައިގެން އޮރިޔާމުންތިބޭ އަންހެނުން ފާޅުވުން.
ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި ޝަރުޢީ އަދަބުތަކުން އަންހެން ކަނބަލުން ބޭރުވުން ހިމެނެއެވެ. އެއީ އެކަނބަލުން ހެދުން އެޅުމުގައި ޢައުރަ ނިވާނުވާ ވަރުގެ ހެދުން ލުމުންނެވެ. އަދި އެކަނބަލުންގެ ޒީނަތްތެރިކަމާއި ވަނާތަކާއި އަދި ހަށިގަނޑުން ފޮރުވުން ވާޖިބު ބައިތައް ފާޅުކުރުމެވެ. ފަހެ ޢަބްދުﷲ ބްން ޢަމްރު رضي الله عنهما ގެ ކިބައިން [ރިވާވެގެންވާ] ޙަދީޘްގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. ((سَيَكُونُ فِي آخِر أُمَّتِي رِجَالٌ يَرْكَبُونَ عَلَى سُرُوجٍ كَأَشْبَاهِ الرِّحَالِ؛ يَنْزِلُونَ عَلَى أَبْوَابِ الْمَسَاجِدِ، نِساؤُهُمْ كَاسِيَاتٌ عَارِيَاتٌ عَلَى رُؤُوسِهِمْ كَأَسْنِمَةِ الْبُخْتِ الْعِجَافِ، الْعَنُوهُنَّ؛ فَإنَّهُنَّ مَلْعُونَات، لَوْ كَانَتْ وَرَاءَكُمْ أُمَّةٌ مِنَ اْلأُمَمِ لَخَدَمْنَ نِسَاؤُكُمْ نِسَاءَهُمْ كَمَا يَخْدُمْنَكُمْ نِسَاءُ الْأُمَمِ قَبْلَكُمْ)) رواه الإمام أحمد[1] މާނައީ: “ތިމަންކަލޭގެފާނުގެ އުއްމަތުގެ ފަހުކޮޅުގައި ދަތުރުގެ ސަވާރީ ތަކަކަށް ސަވާރުވެގެން އަންނަ ފިރިހެނުންތަކެއް ވާނެއެވެ. އެބައިމީހުން މިސްކިތްތަކުގެ ދޮރުކޮޅުތައް ކައިރިއަށް ފައިބައެވެ. އެމީހުންގެ އަންހެނުންނީ ހެދުންލައިގެން އޮރިޔާމުން ތިބޭ ބައެކެވެ. އެކަނބަލުންގެ ބޯތައް ޖަމަލުތަކެއްގެ ގޮންގަނޑުތައް ފަދައެވެ. ތިޔަބައިމީހުން އެކަނބަލުންނަށް ލަޢުނަތް ދޭށެވެ. ފަހެ އެކަނބަލުންނީ ލަޢުނަތް ދެވިގެންވާ ބައެކެވެ. ތިޔަބައިމީހުންގެ އުއްމަތުގެ ފަހުން އުއްމަތެއް ވާނެނަމަ، އެބައިމީހުންގެ އަންހެން ކަނބަލުންނަށް ތިޔަބައިމީހުންގެ އަންހެން ކަނބަލުން ޚިދުމަތް ކުރާނެކަން ކަށަވަރެވެ. (އެބަހީ: ޚާދިމުން ކަމުގައި ވާނެއެވެ.) ތިޔަބައިމީހުންގެ ކުރީގެ އުއްމަތްތަކުގެ ކަނބަލުން ތިޔަބައިމީހުންނަށް ޚިދުމަތް ކުރިފަދައިންނެވެ.”
އަދި ޙާކިމްގެ ރިވާޔަތުގައި ވަނީ: ((سَيَكُونُ فِي آخِرِ هَذِهِ الْأُمَّةِ رِجَالٌ يَرْكَبُونَ عَلَى الْمَيَاثِرِ حَتَّى يَأْتُوا أَبْوَابَ مَسَاجِدِهِمْ، نِسَاؤُهُمْ كَاسِيَاتٌ عَارِيَاتٌ))[2] “مَيَاثِر[3] ގެ މައްޗަށް ސަވާރުވެގެން އަންނަ ފިރިހެނުންތަކެއް ތިމަންކަލޭގެފާނުގެ އުއްމަތުގެ ފަހުކޮޅުގައި ވާނެއެވެ. މިސްކިތްތަކުގެ ދޮރުކޮޅުތަކާ ހަމައަށް އެބައިމީހުން އާދެއެވެ. އެބައިމީހުންގެ އަންހެނުން ވަނީ ހެދުންލައިގެން އޮރިޔާން ޙާލުގައެވެ.”
އަދި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވި ކަމުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ((صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا: قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ؛ يَضْرِبُونَ بِهَا النَّاسَ، وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلَاتٌ مَائِلاتٌ رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ، لَا يَدْخُلْنَ الجَنَّةَ، وَلا يَجِدْنَ رِيحَهَا، وَإِنَّ رِيحَهَا لَيُوْجَدُ مِنْ مَسِيرَةِ كَذَا وَكَذَا))[4] މާނައީ: “ނަރަކަވަންތަވެރީންގެ ތެރެއިން ދެބާވަތެއްގެ ބަޔަކު ތިމަންކަލޭގެފާނު ދެކަވަޑައި ނުގަންނަވަމެވެ: އެބައިމީހުންގެ އަތުގައި ގެރީގެ ނިގޫތަކެއްފަދަ ޗާބޫކުތަކެއް ވާބައެކެވެ. އެއިން އެބައިމީހުން، މީސްތަކުންގެ ގައިގައި ތަޅައެވެ. އަދި ހެދުން ލައިގެން އޮރިޔާމުން ތިބޭ އަންހެނުން ތަކެކެވެ. އެކަނބަލުން ލެނބިގެންވާ ޙާލު [އެހެން މީހުން] އެކަނބަލުންނަށް ލަންބުވައެވެ.[5] އެކަނބަލުންގެ ބޯތައް ޖަމަލުގެ ގޮންގަނޑުތައް ފަދައެވެ.[6] އެކަނބަލުން ސުވަރުގެ ނުވަންނަތާ ސުވަރުގޭގެ ވަސްވެސް ނުލިބޭ ހުއްޓެވެ. ހަމަކަށަވަރުން ސުވަރުގޭގެވަސް އެވެނި މިވެނި ދުރުމިނަކަށް ދުވާނެއެވެ.”
އަދިވެސް އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((مِنْ أَشْرَاطِ السَّاعَةِ: …أَنْ تَظْهَرَ ثِيَابٌ تَلْبَسُهَا نِسَاءٌ كَاسِيَاتٌ عَارِيَاتٌ))[7] މާނައީ: “ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި: ހެދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުން އަޅާ ހެދުންތައް ފާޅުވުން ވެއެވެ.”
ދެންފަހެ މި ޙަދީޘްތައް ވަނީ ނަބީކަމުގެ މުޢުޖިޒާތްތަކުގެ ތެރެއިންނެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޚަބަރުދެއްވާފައިވާ ކަންތައް ވަނީ މީގެ ކުރިން އައި ޒަމާނުގައި ހިނގައިފައެވެ. އަދި އަހުރެމެންގެ މިޒަމާނުގައި އެކަން ފާޅުވާންހުރިލެއް މާބޮޑެވެ.
އަދި މިބައިމީހުންނަށް ނަބިއްޔާ صلى الله عليه وسلم ނަންދެއްވައިފައި ވަނީ “ހެދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުން” ގެ ނަމުންކަން ކަށަވަރެވެ. އެހެނީ އެކަނބަލުން ހެދުން ލައެވެ. އެއާއެކުވެސް އެކަނބަލުން ވަނީ އޮރިޔާން ކަމުގައެވެ. އެއީ އެކަނބަލުންގެ ހެދުމުން ނިވާކުރުމުގެ ބައި އަދާއެއް ނުކުރެއެވެ. ކުރުކަމުން ނުވަތަ ތުނިކަމާ ހުރެއެވެ. މިޒަމާނުގެ ގިނަ އަންހެނުންގެ ހެދުން މިވާފަދައިންނެވެ.[8]
އަދި ބުނެވެއެވެ. “ހެދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުން” ގެ މާނައަކީ: އެބަހީ؛ އެކަނބުލޭގެ ހަށިގަނޑުގައި ފޭރާން ވީނަމަވެސް އެކަނބުލޭގެ ބުރުގާ ބަނދެ ހެދުން ބާރުކުރުމެވެ. އެކަނބުލޭގެ ވަނާތައް ފާޅުވުމާ ހަމައަށެވެ. ފަހެ އެކަނބަލުންގެ މޭމައްޗާއި ލަދުވެތި ފުރަގަސް ފާޅުވެ ނުވަތަ އެކަނބުލޭގެ ހަށިގަނޑުން ބައެއް ހާމަވުމެވެ. އެކަމާހުރެ އާޚިރަތުގައި ޢަޛާބު ލިބެއެވެ.[9]
އަދި ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم އެކަނބަލުންގެ ޞިފަ ކުރުން ޖަމާކުރައްވާފައިވަނީ އެކަނބަލުންނީ “ހެދުން ލައިގެން އޮރިޔާމުން” އަދި “އެކަނބަލުން ލެނބިފައިވާ [ޙާލު] އެހެންމީހުން ލަންބުވާ، ޖަމަލުގެ ގޮންގަނޑުތައްފަދަ ބޯތަކެއްވާ ބައެއްގެ ގޮތުގައެވެ.” އަދި މިއީ މިޒަމާނުގައި ފެންނަމުންދާ ކަމެއްގެ ޚަބަރެވެ. ނަބިއްޔާ صلى الله عليه وسلم އަހުރެމެންގެ މިޒަމާނަށް ބައްލަވައިވަޑައިގެން އަހުރެމެންނަށް ޞިފަކޮށްދެއްވައިފައިވާ ކަހަލައެވެ. ފަހެ ހަމަޔަޤީނުންވެސް މިޒަމާނުގައި މިވަނީ އަންހެނުންގެ އިސްތިގަނޑުތައް ގޮތްގޮތަށް ފުނައި އަޅައިދީ ރީތިކޮށްދީ ވައްތަރު ވައްތަރަށް ބަދަލުކޮށްދޭ ތަންތަން “ސެލޫން” ގެ ނަމުގައި ހުޅުވިފައެވެ. އެތަންތަނުގައި ގިނައިން ތިބެނީ ފިރިހެނުންނެވެ. އެކަން ކޮށްދެނީ ބޮޑު އަގު ނަގައިގެންނެވެ. އަދި އެވަރުން ފުދުނީކީ ނޫނެވެ. ﷲ ތަޢާލާ ދެއްވާފައިވާ ޤުދުރަތީ އިސްތަށިގަނޑުން ގިނަ އަންހެނުންނަށް ނުފުދެއެވެ. ފަހެ އުފައްދާފައިވާ އިސްތަށިގަނޑުތައް ގަނެގެން އެ ބޭނުންކޮށް، އެކަނބުލޭގެ އިސްތަށިގަނޑާ އެއްކޮށްލައި ހަދައެވެ. އިތުރަށް އާރޯކަމާއި ތާޒާކަން އަދި ރީތިކަން ގެނައުމަށް އެދިގެންނެވެ. އެކަނބަލުނގެ އަވައިގައި ފިރިހެނުން ޖެއްސުމަށްޓަކައެވެ.[10]
__________________________________
[1] ((مسند الإمام أحمد)) (12 / 36) (ح 7083)، تحقيق: أحمد شاكر، وقال: ((إسناده صحيح)).
[2] ((مستدرك الحاكم)) (4 / 436)، وقال: ((هذا حديث صحيح على شرط الشيخين، ولم يخرجاه)).
وقال الذهبي: ((عبد الله (يعني: القتباني)، وإن كان قد احتج به مسلم فقد ذعفه أبو داود والنسائي)).
وقال أبو حاتم: ((هو قريب من ابن لهيعة).
قلت: الأحاديث الأخرى تشهد له وتقويه.
[3] (مَيَاثِر) އެއީ مِيْثَرَة ގެ ގިނަގޮތެވެ. އެއީ ހެދުން ބަންޑަލި ޖަހާފައި ބަންނަ ފޮތިގަނޑެވެ. ފަހެ އޭގެ މަތީގައި އެމީހުން ތިބެއެވެ. އެބަސް ނެގިފައިވަނީ وَثَرَ އިންނެވެ. އެބަހީ މަޑުކަމާއި ފަސޭހަކަމެވެ. އަދި ޢަޖަމީން ސަވަރުވުމަށްޓަކައި ބޭނުންކުރާ [އެއްފުށުގައި] ފަށުވި އަދި ދެފުށުގައި ފަށުވި ލާފައި ހުންނަ އެއްޗެއްސަށްވެސް مَيَاثِر އެވެ ކިޔެއެވެ. އޭގެ މުރާދަކީ މާތްކަންމަތީ ސަވާރުވީގައި ވެޑުވުމެވެ.
[4] ((صحيح مسلم))، باب جهنم أعاذنا الله منها، (17 / 190 – بشرح النووي).
[5] “އެކަނބަލުން ލެނބިގެންވާ ޙާލު އެހެން މީހުން އެކަނބަލުންނަށް ލަންބުވައެވެ.” މީގެ މާނައިގައި ހަތަރު ވަޖުހެއް ވެއެވެ:
ހ- (مَائِلات) “ލެނބިގެންވުން: މާތް ﷲ އަށް ކިޔަމަންވުމާއި އެކަނބަލުންގެ ލަދުވެތި ގުނަވަންތަކަށް ރައްކާތެރިވުމުގައި އެހެން ކޮޅެއްގައި އެކަނބަލުން ވުމެވެ. އަދި (مُمِيلَات) “އެކަނބަލުންނަށް ލެންބުވުން”: އެކަނބަލުން ޢަމަލުކުރާގޮތް އެހެންމީހުންނަށް ދަސްކޮށްދިނުމެވެ.
ށ- (مَائِلات): އެބަހީ: އެކަނބަލުން ހިނގައި އުޅުމުގައި ބޮޑާވެރިވެގަތުމެވެ. (مُمِيلَات): އެކަނބަލުންގެ ކޮޑުތައް އަރިކޮށްލައިފައި ވުމެވެ.
ނ- (مَائِلات): ފުނައިއެޅުމުގައި އަރިޔަކަށް ފުނައިއެޅުމެވެ. އެއީ އެކަނބަލުންގެ މެދުގައި ދަނެއުޅޭ، ބޮޑާވެރިކަމުގެ ފުނައި އެޅުމެކެވެ. (مُمِيلَات): އެނޫން ކަނބަލުންނަށް އެފަދައިން ފުނައި އަޅައިދިނުމެވެ.
ރ- (مَائِلات): ފިރިހެނުންނަށް ލެނބިގެން ވުމެވެ. (مُمِيلَات): އެކަނބަލުންގެ ޒީނަތްތެރިކަމާއި އެނޫންވެސް ކަންކަން ދެއްކުމުން ފިރިހެނުން އެކަނބަލުންނަށް ލެންބުވުމެވެ.
ބައްލަވާ: ((شرح النووي لمسلم)) (17 / 191).
[6] (އެކަނބަލުންގެ ބޯތައް ޖަމަލުގެ ގޮންގަނޑުތައް ފަދައެވެ.)؛ އެބަހީ: އެކަނބަލުންގެ ބޯތައް ބޮޑެތިވުމެވެ. އެއީ އިސްތަށިތައް އެއްކޮށް ބޯމައްޗަށް ހުޅިޖެހުމެވެ. ޖަމަލުގެ ގޮންގަނޑު ވާފަދައިން ބޮލުގެ އެއްއަރިޔަކަށް އެއްފަރާތްކޮށްފުމާ ހަމައަށެވެ.
ބައްލަވާ: ((شرح النووي لمسلم)) (17 / 191).
[7] قال الهيثمي: ((في الصحيح بعضه، ورجاله رجال الصحيح؛ غير محمد بن الحارث بن سفيان، وهو ثقة)). ((مجمع الزوائد)) (7 / 327).
[8] [ބައްލަވާ:] ((الحلال والحرام في الإسلام)) (ص 83)، د. يوسف القرضاوي، ط. الثانية عشرة (1398 هـ)، طبع المكتب الإسلامي، بيروت و دمشق.
[9] ބައްލަވާ: ((شرح النووي لمسلم)9 (17 / 190).
[10] [ބައްލަވާ:] ((الحلال والحرام في الإسلام)) (ص 83).