[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 32 –

ޢިލްމު ހޯދުމަށް ދަތުރުކުރެއްވި ސަބަބުތައް:

ޢިލްމު ހޯދުމަށް ދަތުރުކުރައްވާފައިވަނީ ވަރަށް ގިނަ ސަބަބުތަކާ ހުރެއެވެ. އެގޮތުން އެންމެ މުހިންމު ސަބަބުތަކަކީ:

1- ޞަޙާބީ ބޭކަލުންގެ ޖީލުގެ ބޭކަލުން ދަތުރުކޮށް އުޅުއްވީ ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން އެ ޞަޙާބީއަކަށް އިވިވަޑައިގެންފައިނުވާ ޙަދީޘްއެއް ހޯއްދެވުމަށްޓަކައެވެ. ނުވަތަ އެޞަޙާބީ އެއް ދަސްކުރައްވާފައިވާ ޙަދީޘެއް ކަށަވަރުކުރެއްވުމަށްޓަކައި އެބޭކަލެއް އެހުންނެވި ރަށެއްގައި އެ ޙަދީޘް ދަސްބޭކަލަކު ނެތިއްޔާއެވެ. ފަހެ، އެގޮތުން އެއް މަހުގެ ރާސްތާ ދަތުރުކޮށްފައި ނަމަވެސް އެޙަދީޘް ދަސްބޭކަލެއްގެ އަރިހަށް އެބޭކަލުން ވަޑައިގަންނަވައެވެ.

2- ތާބިޢީންގެ ދުވަސްވަރު ދަންނައެވެ. އެބޭކަލުން ދަތުރުކުރެއްވީ އެކި ރަށްތަކަށް ޞަޙާބީ ބޭކަލުން ބެހިފައިވާތީއެވެ. އެގޮތުން ކޮންމެ ޞަޙާބީ ބޭކަލެއްގެ ކިބައިގައިވެސް ނަބަވީ ޙަދީޘްތަކުގެ ކޮންމެވެސް މިންވަރެއް ވިއެވެ. ފަހެ އެހެންކަމުން އެބޭކަލުންނަށް ލިބިފައިވާ ޢިލްމަށް ބޭނުން ޖެހިގެން އެހޯއްދެވުމަށް ދަތުރުކުރެއްވިއެވެ.

3- މިދެ ޖީލަށް ފަހު އެހެނިހެން ސަބަބުތައްވެސް ފާޅުވިއެވެ. އެއީ:

* ބިދުޢަވެރިން ގިނަވުމާއެކު ޙަދީޘް ހަދާ މީހުން ފާޅުވިއެވެ. އެމީހުންގެ ހަވާނަފްސާ އެއްގޮތަށް އެމީހުން ޙަދީޘް ހަދަމުން ދިޔައެވެ. އަދި ﷲ ގެ ރަސޫލާ އަށް އެޙަދީޘްތައް ނިސްބަތްކުރަމުން އެމީހުން ގެންދިޔައެވެ. އެގޮތުން އެފަދަ ޙަދީޘްތައް އައިސްފައިވާ ގޮތާ ޙަދީޘްތައް ޘާބިތުކުރުމަށްޓަކައި ޢިލްމުވެރިން ދަތުރުފަތުރުކޮށް އުޅުއްވިއެވެ.

* ނަބިއްޔާ صلى الله عليه وسلم އާ ގާތް(ކުރު) ސަނަދުތައް ހޯދުމަށް އެބޭކަލުން ދަތުރުކުރެއްވިއެވެ. އިމާމު އަޙްމަދު ވިދާޅުވިއެވެ.

“ގާތް ސަނަދުތައް ހޯދުމަށް ދަތުރުކުރުމަކީ އިސްވެދިޔަ ސަލަފުންގެ ބޭކަލުންގެ ސުންނަތެކެވެ.” [1]

= ނުނިމޭ =

______________________

އެހެނިހެން ބައިތައް

[1]  ابن الصلاح: علوم الحديث ص: ۲۳۱.