[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަމާންކަން ލިބިފައިވާ ރަށާއި ޤަދީމީ ގެފުޅު 4

  1.  މީސްތަކުންގެ ހިތްތައް މައްކާއަށް ޝައުޤުވެރިވެ ލެނބިފައިވުން

ﷲ ތަޢާލާވަނީ މީސްތަކުންގެ ހިތްތަކުގައި މައްކާއާއިމެދު ޚާއްސަ ޝައުޤުވެރިކަމެއްލައްވައިފައެވެ. އުނިވުމެއް ފުހިވުމެއްނެތް ޝައުޤުވެރިކަމެކެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

”އަދި ޘަވާބުލިބުމުގެ ތަނެއްކަމުގައްޔާއި، އަމާންކަން ލިބިގެންވާ ތަނެއްކަމުގައި މީސްތަކުންނަށްޓަކައި ތިމަންރަސްކަލާނގެ ކަޢުބަތުﷲ ގެފުޅުލެއްވިހިނދު ހަނދުމަކުރާށެވެ.” ބަޤަރާ 125

މައްކާއިން ނުކުންނަ ކޮންމެފަހަރަކު، މައްކާއަށް އެނބުރިއައުމަށް ނަފުސުތައް ބޭނުންވެއެވެ.

ﷲ ތަޢާލާ އިބްރާހިމްގެފާނާޢި ބެހޭގޮތުން ވަޙީކުރެއްވިއެވެ.

”އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއްނެތް ވާދީއެއްގައި، ހުރުމަތްތެރިކުރައްވާފައިވާ އިނބަރަސްކަލާނގެ ގެފުޅުގެ އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދު ޤާއިމުކޮށް އުޅުމަށްޓަކައެވެ. ފަހެ މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާފާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް ރިޒުޤު ދެއްވާންދޭވެ! އެއީ އެއުރެން ޝުކުރުވެރިވުމަށްޓަކައެވެ.” އިބްރާހިމް 37

= ނުނިމޭ =

އެހެނިހެން ބައިތައް

_____________________

މިއީ د. سليمان بن صالح الغصنލިޔުއްވާފައިވާ البلد الأمين  والبيت العتيق  ގެ ދިވެހި ތަރުޖަމާއެވެ.