އަމާންކަން ލިބިފައިވާ ރަށާއި ޤަދީމީ ގެފުޅު 25
ޚާއްޞަ މެސެޖްތަކެއް:
ޚާއްޞަ މެސެޖްތަކެއް:
ފޮޓޯއާއި ސެލްފީ ނެގުމުގައި ބައެއް މީހުން މާބޮޑަށް މަޝްޢޫލުވެ އުޅޭ އުޅުމަކީވެސް މީސްތަކުންނަށް އުނދަގޫވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މަސްޖިދުލް ޙަރަމްއަށް ދާއިރު ވީހާވެސް ކުރީބައިގައި ދިޔުން ހުއްޓެވެ. އޭރުން ސުންނަތާއި އެއްގޮތަށް މަޑުމައިތިރިކަމާއެކު ހިނގާފައިގޮސް ނަމާދު ޤާއިމުކުރެވޭނެއެވެ. އަދި ނަމާދުކުރުމަށް އެކަށޭނެ ތަނެއް ހޯދޭނެއެވެ. ސަފު ހަދަމުން ގޮސް ނިމިފައިވަ ހިސާބުގައި އެމީހާ ހުއްޓުމުން ރަނގަޅުވާނެއެވެ. އަދި މީހުން ފަޅަމުން ކުރީ ސަފުސަފަށް އެރުމުން ދުރުވުން ހުއްޓެވެ.
މަސްޖިދުލް ޙަރާމްގައި އިޢުތިކާފުކުރުމަކީ ސުންނަތެކެވެ.
އިސްލާމީ ރިވެތި އަޙްލާޤްގެ ސިފަތަކުން ޒީނަތްތެރިވުން
މަސްޖިދުލް ޙަރާމްއަށް އަންނަމީހާ އޭނާގެ ނިޔަތުގައި ވީހާވެސް ބޮޑަށް އިޚްލާޞްތެރިވުން ހުއްޓެވެ. އަދި ދެއްކުންތެރިކަމާއި، މީހުން ގާތު ތިމާކުރި އަޅުކަންތަކުގެ ވާހަކަ ދެއްކުމުން ދުރުވާންޖެހެއެވެ. އަދި އަޅުކަން ގިނައިން ވެވުމުން (މިސާލަކަށް އެތަކެއް ފަހަރަކު ޙައްޖުކުރެވުމުން) އެކަމާއިމެދު ފަޚުރުވެރިވެ އުޅެގެންނުވާނެއެވެ. އެއީ އަޅުގަނޑުމެން ކުރި އަޅުކަންތައް ޤަބޫލުވިކަން ނުވަތަ ނޫންކަން އެކަކަށްވެސް ނޭނގޭތީއެވެ. ދެއްކުންތެރިކަމަކީ ހެޔޮޢަމަލުތައް ބާޠިލްކޮށްލާކަމެކެވެ. އެއީ ކުޑަ ޝިރުކެވެ. ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ. ”ކަލޭގެފާނު ޝަރީކުކުރައްވައިފިނަމަ، ކަލޭގެފާނުގެ ޢަމަލުތައް ބާތިލުވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން…
.ހަރަމްފުޅުތެރޭގައި ހިނގާ އެހެން ނޭދެވޭ ކަންކަމަށް ބަލާއިރު، ހަރަމްފުޅަށް އައިސް ފޯނުތަކުން ބޭކާރުކަންކަން ކުރުމުގައި ވަގުތު ހޭދަކުރުން ހިމެނެއެވެ. މިގޮތުން ދިގު ފޯނުތައްކުރުމުގަޔާއި، އިންޓަނެޓް ބޭނުންކުރުމުގަޔާއި، ޚަބަރުތައްބެލުމުގައި ވަގުތުބޭކާރުކުރެވެއެވެ. މިކަންކަމުގެ ސަބަބުން އެފަދަ މީހުން ހަރަމްފުޅުން ލިބިދޭ ރޫޙާނީ ފައިދާތަކުން މަޙްރޫމްވެއެވެ. އަދި އަޅުކަމުގައި ހޭދަކުރެވޭ ވަގުތު މަދުވެއެވެ. މިފަދަ މީހުންނަށް ޙަރަމްފުޅަށް ކުރަންޖެހޭ އިޙްތިރާމް ޙަޤީޤަތުގައި ނުކުރެވެއެވެ. އެމީހުން އެވަނީ މިތަނުގެ މާތްކަމާއިމެދު ޣާފިލުވެގެންނެވެ. އަދި ދެބައޮޑުވުމާއި، ނެތިމޮށުމާއި، ދޭތެރެޖެއްސުން، ދޮގު ހެދުން، މަލާމާތްކުރުންފަދަ ހަރާމްކަންކަން…
. ހަރަމްފުޅަށްދާއިރު ވީހާވެސް ބޮޑަށް ސާފްތާހިރުވެގެން ރީތި ހެދުމުގައި ދިޔުން ހުއްޓެވެ. އަދި އެމިސްކިތުގައި އަޅުކަމައިގެން އުޅޭ މީހުންނަށް އުނދަގޫވެދާނެ ފަދަ އެންމެހައި އެއްޗަކުން ދުރުވުން ހުއްޓެވެ. މިސާލަކަށް ލޮނުމެދު، ފިޔާ، އަދި ސިނގިރޭޓް ފަދަ އެއްޗެހި ފާހަގަކޮށްލެވެއެވެ. ޖާބިރުގެފާނު ރިވާކުރައްވައިފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސްކުރައްވައިފައިވެއެވެ. ”ލޮނުމެދު ނުވަތަ ފިޔާ ކައިފިމީހާ ތިމަންމެނާ ދުރުވެގަންނަހުއްޓެވެ. ނުވަތަ ތިމަންމެންގެ މިސްކިތާއި ދުރުވެގަންނަހުއްޓެވެ. އަދި އެމީހަކު އެމީހެއްގެ ގޭގައި ހުންނަހުއްޓެވެ.” އަދި ޖުޒާމްބަލިފަދަ ގައިންގަޔަށްއަރާބަލިތައް ޖެހިފައިވާ މީހުން…
މަސްޖިދުލް ޙަރާމް ޤަސްދުކޮށްގެން އަންނަ މީހާ ސަމާލުވާންޖެހޭ ބައެއް ކަންކަން މިސްކިތަށް ވަންނަމުން ފުރަތަމަ ކަނާތު ފައި އިސްކުރުމަކީ ސުންނަތެކެވެ. އަދި ނުކުންނަމުން ވާތުފައި އިސްކުރުމަކީ ސުންނަތެކެވެ.1 ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ހަދީސްކުރައްވައިފައިވެއެވެ. ”ތިޔަބައިމީހުންކުރެ މީހަކު މިސްކިތަށް ވަދެއްޖެނަމަ މި ދުޢާ ކިޔާހުށިކަމެވެ. “أَعُوذُ بِاللهِ الْعَظِيمِ، وَبِوَجْهِهِ الْكَرِيمِ، وَسُلْطَانِهِ الْقَدِيمِ، مِنَ الشَّيْطَانِ الرَّجِيمِ”. [بِسْمِ اللهِ، وَالصَّلَاةُ وَالسَّلَّامُ عَلَى رَسُولِ اللهِ] “اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ”. އަދި…
އަލްމުލްތަޒަމް ޙަޖަރުލް އަސްވަދާއި ގެފުޅުގެ ދޮރުކޮޅާއި ދެމެދުވާ ހިސާބަކީ އަލްމުލްތަޒަމްއެވެ. އެހިސާބުގައި ދުޢާކުރުމާއިމެދު ބައެއް އަޘަރުތައް އައިސްފައިއެބަހުއްޓެވެ. އެހިސާބުގައި ހިފެހެއްޓުމާއި ބެހޭ ގޮތުންވެސް ބައެއް ސަލަފުންގެ ބަސްފުޅުތައްއައިސްފައި އެބަހުއްޓެވެ. ބައެއް ސަލަފުން އެކަން އެގޮތަށް ކޮށްފައި އެބަހުއްޓެވެ. އަނެއްބައިމީހުން އެކަން ނުކޮށް ދޫކޮށްލައިފައި އެބަހުއްޓެވެ. ޒަމްޒަމްފެން ޒަމްޒަމްފެނަކީ ބަރަކާތްތެރި ފެނެކެވެ. އެފެނުން ފެންބުއިމަކީ ސުންނަތްވެގެންވާ ކަމެކެވެ. އަބޫ ޒައްރު ރަޟިޔަﷲ ޢަންހު ހަމައެކަނި ޒަމްޒަމްފެން ބޮއެގެން ތިރީސް ދުވަސް ވަންދެން ހުންނެވިއެވެ. އެގޮތަށް ހުންނެވުމުން އެކަލޭގެފާނު ބަނޑުގައި…
ތަވާފްކުރާމީހާ އިސްލާމީ ރިވެތި އަޙްލާޤްގެ ސިފަތަކުން ޒީނަތްތެރިވުން މިސާލަކަށް ކެތްތެރިކަން، ޢަފޫކުރުން، އޯގާވަންތަކަން، އެހީއަށް ބޭނުންވެފައިވާ މީހުންނަށް އަޅާލުން، ނޭނގޭމީހުންނަށް ކިޔައިދިނުން، ޢިލްމާއި އޯގާތެރިކަމާއެކު ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަޙީކުރުން ފަދަސިފަތަކެވެ. އެއްފަހަރަކު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ކަޢުބާ ވަށައިގެން ތަވާފުކުރައްވަނިކޮށް ވާގަނޑަކުން ނުވަތަ އެނޫންވެސް އެފަދަ އެއްޗަކުން މީހަކު އައްސައިގެން ތަވާފުކުރަނިކޮށް ފެނިވަޑައިގެން އޭނާ ގޮވައިގެންދާމީހާއަށް ވިދާޅުވިއެވެ. ”އޭނާ އަތުގައިހިފައިގެން ތަވާފުކުރާށެވެ. ތަވާފުކޮށް ނިމިގެން ނުކުމެގެންދާއިރު ގަދަބަދަވިކަމުން ނުކުންނަން ނޫޅުން. އޭގެބަދަލުގައި މަޑުމައިތިރިކަމާއެކު، ވީވަރަކުން…
ތަވާފުކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް
ތަވާފުކުރުން ޝަރުޢީގޮތުން ތަވާފުކުރުން ހުއްދަވަނީ ހަމައެކަނި ކަޢުބާ ވަށައިގެންނެވެ. ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ. ”އަދި ޤަދީމީ މާތް ގެފުޅުގައި އެއުރެން ތަވާފްކުރާ ހުށިކަމެވެ.” (ސޫރަތުލް ޙައްޖު 29) އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ. ”އަދި އިބްރާހިމްގެފާނާއި އިސްމާއިލްގެފާނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. ތަވާފްކުރާ މިހުންނާއި އަޅުކަންކުރުމަށް ތިބޭ މީހުންނާއި ރުކޫޢު ސުޖޫދު ކުރާމީހުންނަށްޓަކައި ތިޔަ ދެބަފައިކަލުން ތިމަންރަސްކަލާނގެ ގެފުޅު ތާހިރުކުރައްވާށެވެ.” ސޫރަތުލް ބަޤަރާ 125 ތަވާފަކީ ހައްޖާއި ޢުމްރާގެ ރުކުނެކެވެ. އެނޫން އެހެން ވަޤުތުތަކުގައި ތަވާފުކުރުމަކީ މުސްތަޙައްބުކަމެކެވެ. ތަވާފުކުރުމުގެ…
އަޅުކަމުގެ ގޮތުން މަސްޖިދުލް ޙަރާމްއަށް ޒިޔާރަތްކުރުން
ގެފުޅު ތާހިރުކުރުމަށް އަމުރުކުރެވިގެންވުން
މައްކާގައި ކުރާ ނަމާދަށް ލިބޭ ސަވާބު އެއް ލައްކަ ގުނަ އިތުރުވެގެންވުން
ޢުމްރާ ޝަރުޢުކުރެވިގެންވުން ޙަދީޘް ޖިބްރީލުގައި އައިސްފައިވެއެވެ. އިބްނު ޢުމަރު ރިވާކުރައްވާފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ. ”އިސްލާމްކަމަކީ މާތް ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށް ހެކިވުމާއި، އަދި މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމަށް ހެކިވުމާއި، ނަމާދު ޤާއިމުކުރުމާއި ޒަކާތްދިނުމާއި ޙައްޖުވުމާއި އަދި ޢުމްރާވުމާއި ޖުނުބުވެރިކަމުން ހިނައިގަތުމާއި، އަދި ރަމަޟާން މަހު ރޯދަ ހިފުމެވެ. ވުޟޫފުރިހަމަކުރުމާއި، އަދި ރަމަޟާންމަހު ރޯދަހިފުމެވެ.” އެއްދުވަހަކު އަބީ ރަޒީނުލް ޢުޤައިލީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ވަޑައިގެން…
އިސްލާމްކަމުގެ ރުކުނެއްކަމުގައިވާ ޙައްޖު ޙައްޖަކީ އިސްލާމަކަމުގެ ރުކުން ތަކުގެ ތެރެއިން ރުކުނެކެވެ. ”..އެކަމަށް މަގެއް ފެނި ކުޅަދާނަވެއްޖެމީހާ، އެ ގެފުޅަށް ޤަޞްދުކޮށްގެންދިޔުމަކީ(އެބަހީ: ޙައްޖުވުމަކީ) ﷲއަށް ޓަކައި މީސްތަކުންގެ މައްޗަށް އޮތް ވާޖިބެކެވެ..” (އާލް ޢިމްރާން 97) އިބުނު ޢުމަރު ރިވާ ކުރައްވައިފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ. ”އިސްލާމްކަން ބިނާ ވެގެންވަނީ ފަސް ކަމެއްގެ މައްޗަށެވެ. އެއީ މާތް ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށް ހެކިވުމާއި، ނަމާދު ޤާއިމުކުރުމާއި ޒަކާތްދިނުމާއި ޙައްޖުވުމާއި އަދި…