- ރިޒުޤްގައި ބަރަކާތްލެއްވިގެންވުން
ﷲ ތަޢާލާވަނީ މައްކާއަކީ ބަރަކާތްތެރިތަނެއްގެ ގޮތުގައި ލައްވައިފައެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުން އެރަށަށް ރިޒުޤު އަންނާނެގޮތް މިންވަރުކުރެއްވިއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
”އަދި އިބްރާހިމްގެފާނު ދުޢާކުރައްވައި ވިދާޅުވިހިނދު ހަނދުމަކުރައްވާށެވެ. އަޅުގެ ވެރި ރަސްކަލާކޯއެވެ! މިރަށަކީ އަމާންކަން ލިބިގެންވާ ރަށެއްކަމުގައި ލައްވައިފާނދޭވެ! އަދި އެރަށުގެ އަހުލުވެރިންކުރެ ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވިމީހުންނަށް މޭވާތަކުން ރިޒުޤު ދެއްވާފާނދޭވެ! ..” ބަޤަރާ 126
އަދި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
”ހަމަކަށަވަރުން މީސްތަކުންނަށްޓަކައި ފުރަތަމަ ލެއްވި (އަޅުކަމުގެ) ގެޔަކީ މައްކާގައިވާ ގެފުޅުކަން ކަށަވަރެވެ. ބަރަކާތްލައްވާފައިވާ ތަނެއްގެ ގޮތުގައެވެ. އަދި ޢާލަމްތަކަށް ތެދުމަގެއް ކަމުގައެވެ.” އާލް ޢިމްރާން 96
އިބުރާހީމްގެފާނުވަނީ މައްކާގައާއި އެރަށުގައި އުޅޭ އެންމެންގެ ރިޒުޤުގައި ބަރަކާތްލެއްވުމަށް އެދި ދުޢާކުރައްވައިފައެވެ.
ހަމަމިބީދައިން މައްކާގެ ޙަރަމް ގެ ޙުދޫދުތެރޭގައި އިންސާނުންނަށް އުނދަގޫދޭ ސޫފާސޫފި މެރުން ހުއްދައީވެސް މިހެންވެއެވެ.
ޢާއިޝަތުގެފާނު ރިވާ ކުރައްވައިފައިވެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.
ސޫފާސޫފީގެ ތެރެއިން ފަހެތިވަނީ ފާސިޤު މަޚްލޫޤުންގެ ތެރެއިންނެވެ. އެއެއްޗެހި ޙަރަމްގެތެރޭގައިވެސް މަރާލެވޭނެއެވެ.
އެއީ: ކާޅު، ވަލު ބާޒާއި،މޮޔަ ކުއްތާ، ނަގުލަންދާށި، މީދާ، ކުއްތާ އެވެ.
ހަމަމިފަދައިން ހަރުފަ އަދި ހޯނުފަދަ ދިރޭތަކެތި ހިމެނެއެވެ.
= ނުނިމޭ =
_____________________
މިއީ د. سليمان بن صالح الغصنލިޔުއްވާފައިވާ البلد الأمين والبيت العتيق ގެ ދިވެހި ތަރުޖަމާއެވެ.