- ދައްޖާލުގެ ކިބައިން މައްކާ ރައްކާތެރިވެފައިވުން
މައްކާވަނީ ދައްޖާލުގެ ކިބައިން ރައްކާތެރިކުރެވިފައެވެ. ދައްޖާލަކަށް މައްކާއަކަށް ނޭރޭނެއެވެ.
އަނަސް ބުނު މާލިކު ރިވާ ކުރައްވައިފައިވެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.
”މައްކާއާއި މަދީނާ ފިޔަވައި އެހެން ހުރިހާ ރަށަކަށް ދައްޖާލުއަރާނެއެވެ.”
- މައްކާގައި ކުރާ ނަމާދަށް ލިބޭ ސަވާބު އެއް ލައްކަ ގުނަ އިތުރުވެގެންވުން
މައްކާގައި ކުރާ ނަމާދަށް ލިބޭ ސަވާބު އެތައް ގުނައެއް އިތުރުވެގެންވެއެވެ.
ޖާބިރުގެފާނު ރިވާ ކުރައްވައިފައިވެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.
”ތިމަންކަލޭގެފާނުގެ މިމިސްކިތުގައި ކުރާ ނަމާދުގެ ސަވާބު އެނޫން އެހެން މިސްކިތްތަކުގައި ކުރާ ނަމާދަށްވުރެ އެއްހާސް ގުނަ އިތުރުވެގެންވެއެވެ. މަސްޖިދުލްޙަރާމް ފިޔަވައެވެ. މަސްޖިދުލް ޙަރާމް ގައި ކުރާ ނަމާދުގެ ސަވާބު އެނޫން އެހެން މިސްކިތްތަކުގައި ކުރާ ނަމާދަށްވުރެ އެއްލައްކަ ގުނަ އިތުރުވެގެންވެއެވެ.”
= ނުނިމޭ =
_____________________
މިއީ د. سليمان بن صالح الغصنލިޔުއްވާފައިވާ البلد الأمين والبيت العتيق ގެ ދިވެހި ތަރުޖަމާއެވެ.