އަޅުކަމުގެ ގޮތުން މަސްޖިދުލް ޙަރާމްއަށް ޒިޔާރަތްކުރުން
އަޅުކަމުގެގޮތުން ދަތުރުހަދައިގެން މަސްޖިދުލް ޙަރާމްއަށް އައުމަކީ ސަވާބުލިބެނިވި އަޅުކަމެކެވެ.
އަބޫ ހުރައިރާ ރިވާކުރައްވައިފައިވެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސްކުރެއްވިއެވެ.
((لاَ تُشَدُّ الرِّحَالُ إِلاَّ إِلَى ثَلاَثَةِ مَسَاجِدَ مَسْجِدِ الْحَرَامِ وَمَسْجِدِى هَذَا وَالْمَسْجِدِ الأَقْصَى)) [رواه البخارى ومسلم ]
މާނައީ:”ތިން މިސްކިތަކަށް ފިޔަވާ ދަތުރުކުރުމެއް ނުވެއެވެ. އެއީ މަސްޖިދުލް ޙަރާމްއާއި ތިމަން ކަލޭގެފާނުގެ މި މިސްކިތާއި (އެބަހީ މަސްޖިދުއްނަބަވީ) މަސްޖިދުލް އަޤްޞާއެވެ.”
ގެފުޅު ތާހިރުކުރުމަށް އަމުރުކުރެވިގެންވުން
ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ.
”އަދި އިބްރާހިމްގެފާނާއި އިސްމާއިލްގެފާނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. ތަވާފްކުރާ މިހުންނާއި އަޅުކަންކުރުމަށް ތިބޭ މީހުންނާއި ރުކޫޢު ސުޖޫދު ކުރާމީހުންނަށްޓަކައި ތިޔަ ދެބަފައިކަލުން ތިމަންރަސްކަލާނގެ ގެފުޅު ތާހިރުކުރައްވާށެވެ.” ސޫރަތުލް ބަޤަރާ
މިގެފުޅު އެންމެހާ ޝިރުކުތަކުންނާއި، އުރެދުންތަކުންނާއި، އަދި އެންމެހައި ބާވަތެއްގެ ނަޖިހުން ތާހިރު ކުރަންޖެހެއެވެ.
މައްކާގައި ކުރާ ނަމާދަށް ލިބޭ ސަވާބު އެއް ލައްކަ ގުނަ އިތުރުވެގެންވުން
މައްކާގައި ކުރާ ނަމާދަށް ލިބޭ ސަވާބު އެތައް ގުނައެއް އިތުރުވެގެންވެއެވެ.
ޖާބިރުގެފާނު ރިވާ ކުރައްވައިފައިވެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.
”ތިމަންކަލޭގެފާނުގެ މިމިސްކިތުގައި ކުރާ ނަމާދުގެ ސަވާބު އެނޫން އެހެން މިސްކިތްތަކުގައި ކުރާ ނަމާދަށްވުރެ އެއްހާސް ގުނަ އިތުރުވެގެންވެއެވެ. މަސްޖިދުލްޙަރާމް ފިޔަވައެވެ. މަސްޖިދުލް ޙަރާމް ގައި ކުރާ ނަމާދުގެ ސަވާބު އެނޫން އެހެން މިސްކިތްތަކުގައި ކުރާ ނަމާދަށްވުރެ އެއްލައްކަ ގުނަ އިތުރުވެގެންވެއެވެ.”
= ނުނިމޭ =
_____________________
މިއީ د. سليمان بن صالح الغصنލިޔުއްވާފައިވާ البلد الأمين والبيت العتيق ގެ ދިވެހި ތަރުޖަމާއެވެ.