[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަމާންކަން ލިބިފައިވާ ރަށާއި ޤަދީމީ ގެފުޅު 17

މަސްޖިދުލް ޙަރާމް ޤަސްދުކޮށްގެން އަންނަ މީހާ ސަމާލުވާންޖެހޭ ބައެއް ކަންކަން

މިސްކިތަށް ވަންނަމުން ފުރަތަމަ ކަނާތު ފައި އިސްކުރުމަކީ ސުންނަތެކެވެ. އަދި ނުކުންނަމުން ވާތުފައި އިސްކުރުމަކީ ސުންނަތެކެވެ.1

ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ހަދީސްކުރައްވައިފައިވެއެވެ.

”ތިޔަބައިމީހުންކުރެ މީހަކު މިސްކިތަށް ވަދެއްޖެނަމަ މި ދުޢާ ކިޔާހުށިކަމެވެ.

“أَعُوذُ بِاللهِ الْعَظِيمِ، وَبِوَجْهِهِ الْكَرِيمِ، وَسُلْطَانِهِ الْقَدِيمِ، مِنَ الشَّيْطَانِ الرَّجِيمِ”. [بِسْمِ اللهِ، وَالصَّلَاةُ وَالسَّلَّامُ عَلَى رَسُولِ اللهِ] “اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ”.

އަދި މިސްކިތުން ނުކުންނަ ހިނދު މިދުޢާކިޔާ ހުށިކަމެވެ.

بِسْمِ اللهِ، وَالصَّلَاةُ وَالسَّلَّامُ عَلَى رَسُولِ اللهِ، اللَّهُمَّ إَنِّي أَسْأَلُكَ مِنْ فَضْلِكَ، اللَّهُمَّ اعصِمْنِي مِنَ الشَّيْطَانِ الرَّجِيمِ.

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. ހަމަކަށަވަރުން މިއަޅާ އިނބަރަސްކަލާނގެ ހަޟްރަތުން އެދެނީ އިނބަރަސްކަލާނގެ މަތިވެރި ފަޟްލުވަންތަކަމުން މިއަޅާއަށްޓަކައި ފަޟްލުވަންތަވެރިކަން ދެއްވުމަށެވެ.

ނަމާދުކުރުމަށްޓަކައި މިސްކިތަށް ވަދެއްޖެނަމަ އެންމެ އެދެވިގެންވާ ގޮތަކީ ފުރަތަމަ ތަވާފުކުރުމެވެ. ބައިބޯކަމުގެ ސަބަބުން ނުވަތަ ވަޤުތު ނެތުމުގެ ސަބަބުން އެކަން ނުކުރެއްވިއްޖެނަމަ ދެން ދެ ރަކުއަތްކޮށް މިސްކިތުގައި އިށީންނާނީއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސްކުރައްވައިފައިވެއެވެ. ”ތިޔަބައިމީހުންކުރެ މީހަކު މިސްކިތަށް ވަދެއްޖެނަމަ ދެރަކުޢަތުގެ ނަމާދެއް ނުކޮށް ނީށިންނަހުށިކަމެވެ.”

= ނުނިމޭ =

އެހެނިހެން ބައިތައް

_____________________

މިއީ د. سليمان بن صالح الغصنލިޔުއްވާފައިވާ البلد الأمين  والبيت العتيق  ގެ ދިވެހި ތަރުޖަމާއެވެ.