އިސްލާމީ ރިވެތި އަޙްލާޤްގެ ސިފަތަކުން ޒީނަތްތެރިވުން” title_size=”h3
މިސާލަކަށް ކެތްތެރިކަން، ޢަފޫކުރުން، އޯގާވަންތަކަން، އެހީއަށް ބޭނުންވެފައިވާ މީހުންނަށް އަޅާލުން، ނޭނގޭމީހުންނަށް ކިޔައިދިނުން، ޢިލްމާއި އޯގާތެރިކަމާއެކު ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަޙީކުރުން ފަދަސިފަތަކެވެ.
އަދި ﷲ ތަޢާލާ ނުރުއްސަވާ އެންމެހާ ކަމަކުން ތިމާގެ ދުލާއި ފެނުމާއި އިވުން ރައްކާތެރިކުރަން ޖެހެއެވެ. އަދި އެންމެހާ ނުބައި އަޚްލާޤީ ސިފަތަކަކުން ދުރުވާންޖެހެއެވެ. އަދި ބައިބޯހިސާބުތަކަށް ވަދެ އުޅުންފަދަ ވިޔާނުދާ ކަންކަމުން ދުރުވާންޖެހެއެވެ. އަދި މިސްކިތުގެ ވަކިތަނެއް ހަމައެކަނި ތިމާއަށް ޚާއްޞަކޮށްފައި ބެހެއްޓުމުންނާއި، މީސްތަކުން ހިނގާބިނގާވާ ހިސާބުގައި ނިދުމުންނާއި، ނަމާދު ވަގުތުތަކުގައި ނިދާފައި އޮތުމުންނާއި، ޒުވާބުކުރުމުންނާއި، އަޑުގަދަކުރުމުންނާއި އަދިވެސް މިފަދަ އެންމެހައި ކަމަކުން ދުރުވާންޖެހެއެވެ. އެއްފަހަރަކު ޢުމަރުގެފާނަށް މިސްކިތުތެރޭގައި ދެމީހަކު އަޑުގަދަކުރާތަން ފެނިވަޑައިގަތެވެ. އެހިނދު އެކަން ނަހީކުރައްވާ ވިދާޅުވިއެވެ. ”ތިދެމީހުންނަކީ މިރަށުގެ ދެމީހުން ކަމުގައިވާނަމަ، ތިދެމީހުންނަށް ވޭންދެނިވި އަދަބު ތިމަން ދެއްވައިފީމުހެވެ. ތިޔަދެމީހުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މިސްކިތްކޮޅުގައި އަޑުގަދަކުރަނީ ހެއްޔެވެ؟”
= ނުނިމޭ =
_____________________
މިއީ د. سليمان بن صالح الغصنލިޔުއްވާފައިވާ البلد الأمين والبيت العتيق ގެ ދިވެހި ތަރުޖަމާއެވެ.