[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަމާންކަން ލިބިފައިވާ ރަށާއި ޤަދީމީ ގެފުޅު 25

ޚާއްޞަ މެސެޖްތަކެއް:

މައްކާގައި ދިރިއުޅުމުގެ ފުރުޞަތުލިބިފައިވާ މީހުންނަށް:

މައްކާގައި ދިރިއުޅުމުގެ ފުރުޞަތު ދެއްވާފައިވާ ފަރާތްތަކުން މި ނިޢުމަތަށް މާތް ﷲ އަށް ޙަމްދުކޮށް، މިތަނުގެ މަތިވެރިކަން ހިތް މައްޗަށްގެނެސް މިތަނުގެ ޙުރުމަތަށް ރައްކާތެރިވުން ހުއްޓެވެ. އަދި އެންމެހައި ފާފަތަކާއި އުރެދުންތަކުން ދުރުވުންހުއްޓެވެ. އަދި ޙަރަމްފުޅު ކައިރީގައި އުޅުމަށް ލިބިފައިވާ ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުން ހުއްޓެވެ. އަދި ﷲ ތަޢާލާއަށް ކުއްތަންވުމުގެ ގޮތުން ކުރުމަށް ޝަރުޢުވެގެންވާ ތަފާތު އަޅުކަންތައްތައް ކުރުން ގިނަކުރުން ހުއްޓެވެ. މިސާލަކަށް ތަވާފްކުރުމާއި، ނަމާދުކުރުމާއި، އަދި ޙައްޖުކުރުންފަދަ ކަންތައްތައް ގިނަކުރުން ހުއްޓެވެ. އަދި މައްކާގައި ހިތް ހަރުވެފައިވާ ޙާލު ޣާފިލުކަމާއިއެކު ދީނުގެ ކަންތައްތަކަށް ފަރުވާލެއް ނުބަހައްޓާ އުޅޭ މީހުން ފަދައި ނުވުން ހުއްޓެވެ. އެފަދަ މީހުން މައްކާގެ ޙުރުމަތަށް އެއްވެސް ވަރަކަށް ސަމާލުކަމެއް ނުބަހައްޓައެވެ. އަދި އާދަވެ ޙަރަމްފުޅަށް ޒިޔާރަތްކޮށް ނަހަދައެވެ. އެއީ އެމީހުންގެ ހިއްމަތާއި ޝައުޤުވެރިކަން ކުޑަވީމައެވެ.

= ނިމުނީ =

އެހެނިހެން ބައިތައް

_____________________

މިއީ د. سليمان بن صالح الغصنލިޔުއްވާފައިވާ البلد الأمين  والبيت العتيق  ގެ ދިވެހި ތަރުޖަމާއެވެ.