[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة البينة ގެ ތަފްސީރު 4

އޭގެ ޖަވާބުގައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَمَا تَفَرَّقَ الَّذِينَ أُوتُواْ الْكِتَبَ إِلاَّ مِن بَعْدِ مَا جَآءَتْهُمُ الْبَيِّنَةُ ﴾

މާނައީ: “އަދި ފާޅުވެގެންވާ ދަލީލު، އެއުރެންގެ ގާތަށް އައުމަށްފަހުގައި މެނުވީ، ފޮތް ލިބުނު މީހުން ބައިބައިވެގެން ނުދެތެވެ.”

އެބަހީ: އެބައިމީހުންގެ ގާތަށް ބައްޔިނާ އައުމުން އެބައިމީހުން ޚިލާފުވިއެވެ. އޭގެ ތެރެއިން ބަޔަކު އީމާންވިއެވެ. އަދި އެނެއް ބަޔަކު ކާފިރުވިއެވެ. ފަހެ ނަޞާރާއިންގެ ތެރެއިން އިސްލާމްވި މީހުންވިއެވެ. އެއީ މިޘާލަކަށް ޙަބަޝާގެ ވެރިއަކަށް ހުރި ނަޖާޝީއެވެ. އަދި ޔަހޫދީންގެ ތެރެއިންވެސް ބަޔަކު އީމާންވިއެވެ. އެއީ މިޘާލަކަށް ޢަބްދުﷲ ބުން ސަލާމް رضي الله عنه އެވެ. އެގޮތުން އެމީހަކު ހެޔޮކަމާއި ﷲ ގެ ދީން އެދޭކަން، ﷲ ތަޢާލާ ދެނެވޮޑިގެންވުމުން އެމީހަކު އިމާންވުމަށް ތައުފީޤު ދެއްވިއެވެ. އެނޫން މީހުންނަށް ފެނިގެން ދިޔައީ ކާފިރުކަމެވެ. އެގޮތުން މުޝްރިކުންގެ ތެރެއިންވެސް ބަޔަކު އީމާންވިއެވެ. ޤުރައިޝުންގެ ތެރެއިން ވަރަށް ގިނަމީހުން އީމާންވިއެވެ. އެހެންކަމުން ނަބިއްޔާ  صلى الله عليه وسلّم ނަބީ ކަމާއިގެން ފޮނުއްވުމުގެ ކުރިން މީސްތަކުން ތިބީ ކުފުރުގެ މަތީގައެވެ. ނަމަވެސް އެބައިމީހުންގެ ގާތަށް ބައްޔިނާ އައުމުން އެބައިމީހުން ޚިލާފުވެ ބައިބައިވީއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿ وَلَا تَكُونُوا كَالَّذِينَ تَفَرَّقُوا وَاخْتَلَفُوا مِن بَعْدِ مَا جَاءَهُمُ الْبَيِّنَاتُ ۚ وَأُولَـٰئِكَ لَهُمْ عَذَابٌ عَظِيمٌ  ﴾ [آل عمران: 105]

މާނައީ: ” ފާޅުވެގެންވާ ހެކިތައް އެއުރެންނަށް އައުމަށްފަހު، ވަކިވަކިވެ ޚިލާފުވީ މީހުން ފަދައިން، ތިޔަބައިމީހުން ނުވާށެވެ! ބޮޑުވެގެންވާ ޢަޛާބެއް އެއުރެންނަށް ހުށްޓެވެ. “

= ނުނިމޭ =

_________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة البينة  ގެ ތަފްސީރުގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް