[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުން – މުއުމިނުންގެ މައިކަނބަލުން رضي الله عنهن -2

2. ސައުދާ ބިންތު ޒަމްޢާ ބިން ޤައިސް رضي الله عنها:

 

ނަބިއްޔާ صلى الله عليه وسلم އެކަމަނާއާ ކައިވެނި ބައްލަވައިގެންނެވީ ނަބީކަމައިގެން ފޮނުއްވުނުތާ ދިހަވަނައަށްވީ އަހަރުއެވެ. [طبقات ابن سعد من طريق الواقدي 8/52-53 ، وابن كثير في البداية والنهاية 3/149]

 

 

3. ޢާއިޝާ ބިންތު އަބޫބަކްރު އައްޞިއްދީޤު رضي الله عنهما:

 

ނަބިއްޔާ صلى الله عليه وسلم އެކަމަނާއާ ކައިވެނި ބައްލަވައިގެންނެވީ ނަބީކަމައިގެން ފޮނުއްވުނުތާ ދިހަވަނައަށްވީ އަހަރުގެ ޝައްވާލު މަހުގައެވެ. [ابن سعد 8/58-59] އެކަމަނާ ވިދާޅުވެފައިވެއެވެ.

((تَزَوَّجَنِي النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَنَا بِنْتُ سِتِّ سِنِينَ، وَبَنَى بِي وَأَنَا بِنْتُ تِسْعِ سِنِينَ)) [رواه البخاري 3894 ومسلم  1422]

މާނައީ: “ނަބިއްޔާ صلى الله عليه وسلم ތިމަންކަމަނާއާ ކައިވެނި ބައްލަވައިގެންނެވިއިރު ތިމަންކަމަނާގެ ޢުމުރަކީ ހަ އަހަރެވެ. އަދި ތިމަންކަމަނާއާއެކު ރޭކުރެއްވިއިރު ތިމަންކަމަނާގެ ޢުމުރަކީ ނުވަ އަހަރެވެ.”

އަދިވެސް އިމާމު ބުޚާރީ ރިވާކުރައްވާފައިވެއެވެ.

((لَمْ يَتَزَوَّجْ بِكْرًا غَيْرَهَا)) [وروى البخاري 5077]

މާނައީ: “އެކަމަނާ ފިޔަވާ ބިކުރުވެރިއަކާ އެކަލޭގެފާނު ކައިވެނި ބައްލަވައި ނުގަންނަވައެވެ.”

 

=ނުނިމޭ=

______________________________________________

މިލިޔުމުގެ އެހެންބައިތައް ބެއްލެވުމަށް

މަޞްދަރު: ޢަރަބި ބަހުން ، އިނގިރޭސި ބަހުން