[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުން – މުއުމިނުންގެ މައިކަނބަލުން رضي الله عنهن -3

4. ޙަފްޞާ ބިންތު ޢުމަރު رضي الله عنهما:

 

عن عَبْدَ اللَّهِ بْنَ عُمَرَ رَضِيَ اللَّهُ عَنْهُمَا: أَنَّ عُمَرَ بْنَ الخَطَّابِ، حِينَ تَأَيَّمَتْ حَفْصَةُ بِنْتُ عُمَرَ مِنْ خُنَيْسِ بْنِ حُذَافَةَ السَّهْمِيِّ، وَكَانَ مِنْ أَصْحَابِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَدْ شَهِدَ بَدْرًا، تُوُفِّيَ بِالْمَدِينَةِ، قَالَ عُمَرُ: فَلَقِيتُ عُثْمَانَ بْنَ عَفَّانَ، فَعَرَضْتُ عَلَيْهِ حَفْصَةَ، فَقُلْتُ: إِنْ شِئْتَ أَنْكَحْتُكَ حَفْصَةَ بِنْتَ عُمَرَ، قَالَ: سَأَنْظُرُ فِي أَمْرِي، فَلَبِثْتُ لَيَالِيَ، فَقَالَ: قَدْ بَدَا لِي أَنْ لاَ أَتَزَوَّجَ يَوْمِي هَذَا، قَالَ عُمَرُ: فَلَقِيتُ أَبَا بَكْرٍ، فَقُلْتُ: إِنْ شِئْتَ أَنْكَحْتُكَ حَفْصَةَ بِنْتَ عُمَرَ، فَصَمَتَ أَبُو بَكْرٍ فَلَمْ يَرْجِعْ إِلَيَّ شَيْئًا، فَكُنْتُ عَلَيْهِ أَوْجَدَ مِنِّي عَلَى عُثْمَانَ، فَلَبِثْتُ لَيَالِيَ ثُمَّ «خَطَبَهَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَأَنْكَحْتُهَا إِيَّاهُ» فَلَقِيَنِي أَبُو بَكْرٍ فَقَالَ: لَعَلَّكَ وَجَدْتَ عَلَيَّ حِينَ عَرَضْتَ عَلَيَّ حَفْصَةَ فَلَمْ أَرْجِعْ إِلَيْكَ؟ قُلْتُ: نَعَمْ، قَالَ: فَإِنَّهُ لَمْ يَمْنَعْنِي أَنْ أَرْجِعَ إِلَيْكَ فِيمَا عَرَضْتَ، إِلَّا أَنِّي قَدْ عَلِمْتُ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَدْ ذَكَرَهَا، فَلَمْ أَكُنْ لِأُفْشِيَ سِرَّ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَلَوْ تَرَكَهَا لَقَبِلْتُهَا. [رواه البخاري 4005]

ޢަބްދުﷲ ބުން ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ޙަފްޞަތުގެފާނުގެ ފިރިކަލުން ޚުނައިސް ބުން ޙުޛާފާ އައްސަހްމީ އަކީ ރަސޫލުﷲ صلى الله عليه وسلم ގެ ޞަޙާބީންގެ ތެރެއިން ބަދުރު ހަނދުރާމައިގައި ބައިވެރިވެވަޑައިގެންނެވި ބޭކަލެކެވެ. އެކަލޭގެފާނު އަވަހާރަވީ މަދީނާގައެވެ. އެކަލޭގެފާނު އަވަހާރަވުމުން ޢުމަރުގެފާނު ވިދާޅުވިއެވެ. ފަހެ، ޢުޘްމާނު ބުން ޢައްފާނާ ބައްދަލުވުމުން ޙަފްޞާގެފާނާ ކައިވެނި ބައްލަވައިގެންނެވުމަށް އެކަލޭގެފާނަށް ހުށަހެޅުއްވީމެވެ. ފަހެ، ތިމަންކަލޭގެފާނު ދެންނެވީމެވެ. “ކަލޭގެފާނު އެދިވަޑައިގަންނަވާކަމުގައިވާނަމަ ޙަފްޞާގެފާނާ ކައިވެނިކޮށްދެއްވާ ހުށީމެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު ތިކަމާ ވިސްނާލާނަމެވެ.” ފަހެ، ރޭތަކެއް ފާއިތުވީ ފަހުން އެކަލޭގެފާނު ދެންނެވިއެވެ. “މިދުވަސްކޮޅު ތިމަންކަލޭގެފާނު ކައިވެނި ބައްލަވައިގަންނަވާކަށް ބޭނުމެއް ނޫނެވެ.” ޢުމަރުގެފާނު ވިދާޅުވިއެވެ. ފަހެ، އަބޫބަކުރުގެފާނާ ބައްދަލުވުމުން ޙަފްޞާގެފާނާ ކައިވެނި ބައްލަވައިގެންނެވުމަށް އެކަލޭގެފާނަށް ހުށަހެޅުއްވީމެވެ. ފަހެ، ތިމަންކަލޭގެފާނު ދެންނެވީމެވެ. “ކަލޭގެފާނު އެދިވަޑައިގަންނަވާކަމުގައިވާނަމަ ޙަފްޞާގެފާނާ ކައިވެނިކޮށްދެއްވާ ހުށީމެވެ.” ފަހެ، އަބޫބަކުރުގެފާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ފަހެ، އެކަލޭގެފާނު ޖަވާބަކައިގެން ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައެއް ނުގަންނަވައެވެ. ޢުޘްމާނުގެފާނަށްވުރެ އެކަލޭގެފާނާމެދު ތިމަންކަލޭގެފާނު ހިތްހަމަޖެހިވަޑައިނުގެންނެވިއެވެ. ފަހެ، ރޭތަކެއް ފާއިތުވީ ފަހުން ރަސޫލުﷲ صلى الله عليه وسلم އެކަމަނާއާއި ކައިވެނި ބައްލަވައިގެންނެވުމަށް އެދިވަޑައިގެންނެވިއެވެ. ދެން ފަހެ، އެކަލޭގެފާނާ އެކަމަނާ ކައިވެނިކޮށްދެއްވީމެވެ. ފަހެ، އަބޫބަކުރުގެފާނާ ބައްދަލުވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. “ކަލޭގެފާނު ތިމަންކަލޭގެފާނު އަރިހުގައި ޙަފްޞާގެފާނާ ކައިވެނި ބައްލަވައިގެންނެވުމަށް އެދިވަޑައިގެންނެވުމުން އެއްޗެއް ވިދާޅުނުވެ ވަޑައިގެންނެވުމުން ކަލޭގެފާނު ހިތްހަމަޖެހިވަޑައިނުގެންނެވީމު ނޫންތޯއެވެ؟” ތިމަންކަލޭގެފާނު ދެންނެވީމެވެ. “އާދޭހެވެ.” އެކަލޭގެފާނު ދެންނެވިއެވެ. “ފަހެ ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم އެކަމަނާގެ ވާހަކަ ޛިކުރުކުރެއްވިކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގެންފައިވާތީ، ކަލޭގެފާނު ހުށަހެޅުއްވި ހުށަހެޅުއްވުމުގައި އެއްޗެއް ވިދާޅު ނުވީއެވެ. އެކަލޭގެފާނުގެ ސިއްރެއް ފާޅުކުރައްވަން ތިމަންކަލޭގެފާނު ބޭނުންފުޅު ނުވީއެވެ. އަދި އެކަލޭގެފާނު އެކަމަނާއާ ކައިވެނިބައްލަވައިގެންނެވުމަށް އެދިވަޑައި ނުގެންނެވިނަމަ ތިމަންކަލޭގެފާނު އެކަމަނާ (އަނތްބެއްގެ ގޮތުގައި) ޤަބޫލުކުރެއްވީމުހެވެ.””

 

=ނުނިމޭ=

______________________________________________

މިލިޔުމުގެ އެހެންބައިތައް ބެއްލެވުމަށް

މަޞްދަރު: ޢަރަބި ބަހުން ، އިނގިރޭސި ބަހުން