[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުން – މުއުމިނުންގެ މައިކަނބަލުން رضي الله عنهن -6

9. އުންމު ޙަބީބާ ބިންތު އަބޫ ސުފްޔާން رضي الله عنهما:

 

އުންމު ޙަބީބާގެ އަރިހުން ޢުރްވާ ރިވާކުރެއްވިކަމަށް އަބޫ ދާވޫދުގައި އައިސްފައިވެއެވެ.

أَنَّهَا كَانَتْ تَحْتَ عُبَيْدِ اللَّهِ بْنِ جَحْشٍ فَمَاتَ بِأَرْضِ الْحَبَشَةِ، فَزَوَّجَهَا النَّجَاشِيُّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَمْهَرَهَا عَنْهُ أَرْبَعَةَ آلَافٍ وَبَعَثَ بِهَا إِلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مَعَ شُرَحْبِيلَ ابْنِ حَسَنَةَ. [روى أبو داود 2107، و صححه الألباني]

މާނައީ: އެކަމަނާ ކައިވެނި ބައްލަވައިގެން އުޅުއްވީ ޢުބައިދުﷲ ބުން ޖަޙުޝްއާއެވެ. ފަހެ އެކަލޭގެފާނު ޙަބުޝްކަރައިގައި އަވަހާރަވިއެވެ. ދެންފަހެ، ނަޖާޝީ ނަބިއްޔާ صلى الله عليه وسلم އާ އެކަމަނާ ކައިވެނި ކޮށްދެއްވިއެވެ. އަދި އެކަލޭގެފާނުގެ ފަރާތްޕުޅުން ކައިވެނީގެ ރަނުގެ ގޮތުގައި ނަޖާޝީ ހަތަރު ހާސް ދެއްވިއެވެ. އަދި ޝުރަޙްބީލް ބުން ޙަސަނާއާއެކު އެކަމަނާ ﷲ ގެ ރަސޫލާ صلى الله عليه وسلم އަރިހަށް ފޮނުއްވިއެވެ.

 

 

10. މައިމޫނާ ބިންތު އަލްޙާރިޘް رضي الله عنها:

 

އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘެއްގައިވެއެވެ.

((أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ تَزَوَّجَ مَيْمُونَةَ وَهُوَ مُحْرِمٌ)) [رواه البخاري 1837 ومسلم1410 ]

މާނައީ: “ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم މައިމޫނާއާ ކައިވެނި ބައްލަވައިގެންނެވީ އެކަލޭގެފާނު އިޙްރާމުގައި ހުންނަވަނިކޮށެވެ.”

އެކަލޭގެފާނުގެ ބަސްފުޅު ((وَهُوَ مُحْرِمٌ)) މިއީ (ރާވީއަށް އަރާފައިވާ) އޮޅުމެކެވެ. ރަނގަޅު ގޮތަކީ އެކަލޭގެފާނު އެކަމަނާއާ ކައިވެނި ބައްލަވައިގެންނެވީ ޢުމްރަތުލްޤަޟާގައި އިޙްރާމު ކެނޑުމަށް ފަހެވެ. [انظر : زاد العاد 1/113 ، فتح الباري حديث رقم 5114]

 

=ނުނިމޭ=

______________________________________________

މިލިޔުމުގެ އެހެންބައިތައް ބެއްލެވުމަށް

މަޞްދަރު: ޢަރަބި ބަހުން ، އިނގިރޭސި ބަހުން