[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (34)

އަދި ޝަރުޢުވެގެން ނުވާ އަދި އޭގެ މާނަ ނޭނގޭ އެއްޗެއް ކިޔައިގެން ނުވަތަ ލިޔެގެންވިޔަސް އެސޮރުމެންނާ (އެބަހީ: ޖިންނީންނާ) ދެކޮޅަށް އެފަދަކަމަކުން ވާގިއެދުމާމެދު ދަންނައެވެ. އަދި ޚާއްޞަކޮށް އޭގައި ޝިރުކުއެކުލެވޭނަމަ ދަންނައެވެ. ފަހެ، ހަމަކަށަވަރުން އެއީ ޙަރާމް ކަމެކެވެ. ކިޔެވެލި ކިޔަވާމީހުން، ޢާންމުކޮށް ކިޔަވާ ތަކެތީގައި ޝިރުކު އެކުލެވިގެންވެއެވެ. އެފަދަމީހުން އެގޮތަށް ކިޔަވާ އެއްޗެއްސާއެކު ޤުރުއާނުގެ މިންވަރެއްވެސް ކިޔަވަފާނެއެވެ. އަދި ފާޅުކޮށް އަޑުއިވޭވަރަށް ޤުރުއާން ކިޔަވާފައި، ޝިރުކު ހިމެނޭ އެއްޗެހި ކިޔާއިރު ސިއްރުކުރެއެވެ. ފަރުވާއަށް އެދި ކުރާ އެކި ކަންތައްތަކުގެ ތެރެއިން، ﷲ އާއި އެއިލާހުގެ ރަސޫލާ ޝަރުޢުކުރައްވާފައިވާ ކަންތައްތަކަކީ ފުދިގެންވާ ކަންކަމެވެ…

މީސްތަކުން މިކަމުގައިވަނީ ތިން ބަޔަކަށް ބެހިފައެވެ.

އެއްބަޔަކީ: އިންސާނުންގެ ހަށިގަނޑަށް ޖިންނިވަންނަކަން އިންކާރުކުރާ ބައެކެވެ.

ދެވަނަ ބަޔަކީ: ނަހީކުރެވިފައިވާ އެކިބާވަތުގެ ކިޔެވެލިތައް ކިޔަވާ މީހުންނެވެ.

ފުރަތަމަ ބަޔަކީ ވުޖޫދުގައި ހިނގާ ކަމަކަށް އިންކާރުކުރާ ބައެކެވެ. އަދި ދެވަނަ ބަޔަކީ އުރެދުންތެރި ބައެކެވެ. އަދި ކިއެއް ހެއްޔެވެ. އެބައިމީހުންނީ އަޅުކަންވެވެން ޙައްޤު ފަރާތަށް ކާފިރުވާ ބައެކެވެ.

ޢަދުލުވެރި އުންމަތުގެ މީހުންގެ ގޮތަކީ ވުޖޫދުގައިވާ ކަންކަން ޤަބޫލުކޮށް އަދި އެއްކައުވަންތަ އިލާހަށް އީމާންވުމެވެ. (މިއީ ތިންވަނަ ބައެވެ.) އިންސީންނާއި ޖިންނީންގެ ތެރެއިންވާ ޝައިޠާނުންގެ ކިބައިންވެސް ރައްކާތެރިވެވެން އޮތީ އެއިލާހަށް އަޅުކަންކޮށް ދުޢާކޮށް އަދި އެއިލާހުގެ އިސްމުފުޅުތަކާއި ކަލާމްފުޅު ބޭނުންކޮށްގެން އެއިލާހުގެ ޛިކުރުކޮށްގެންނެވެ.

=ނުނިމޭ=

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެން ބައިތައް