[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 22

އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނަށް ރީތި ވަނަމުން ގޮވާހައްދަވާ ކަމުގައި ވިއެވެ:

އެކަން ބަޔާންކުރައްވައި ޢާއިޝާ رضي الله عنها ރިވާކުރެއްވިއެވެ:

“قال رسول الله صلى الله عليه وسلم يوما: “يا عائش، هذا جبيرل يقرئكِ السلام”. البخاري 3218.

“އެއްދުވަހަކު ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅުކުރެއްވިއެވެ: ‘އޭ ޢާއިޝް އެވެ. މިއީ ޖިބްރީލް އެވެ. ކަމަނާއަށް ސަލާމް ވިދާޅުވަނީއެވެ'”.

އަދި އެއް ފަހަރަކު “އުއްމު ޢަބްދިﷲ” ގެ ނަމުން “ކުންޔާ” ދެއްވައި އެއިން އެކަމަނާއަށް މުޚާޠަބު ކުއްރެވިކަމަށް ޢާއިޝާ رضي الله عنها ރިވާކުރެއްވިއެވެ.

އެފަހަރު ޢަބްދުﷲ ބުނު ޒުބައިރު رضي الله عنه ރައްކާވެވަޑައިގަތުމުން ޢާއިޝާ رضي الله عنها އެކަލޭގެފާނު އުރުވަޑުވައިގެން ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގެންނެވިއެވެ. އެހިނދު ނަބިއްޔާ صلى الله عليه وسلم އެކަމަނާއަށް ޙަދީޘްފުޅު ކުރެއްވިއެވެ:

“هو عبد الله ، وأنتِ أم عبدِ الله”. ابن ماجه 7117.

“އެއީ ޢަބްދުﷲ އެވެ. އަދި ކަމަނާ އަކީ އުއްމު ޢަބްދިﷲ އެވެ”.

 

ނުނިމޭ…

 

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 21