[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 45

މީގެ އިތުރުން ފާހަގަކޮށްލަން ޖެހޭ ވަރަށް މުހިއްމު ނުގުތާއެއް މިތަނުގައި ޒިކުރުކޮށްލާނަމެވެ. އެއީ، ނަބިއްޔާ صلى الله عليه وسلم ޢާއިޝާ رضي الله عنها އާ އެކުގައި ވާދަ ޖެއްސެވުމަށްޓަކައި އާއްމު އެހެން މީސްތަކުންނާ ދުރަށް ޖެހިވަޑައިގެންނެވިކަން މި ޙަދީޘްފުޅުން ވަރަށް ބޮޑަށް ފާހަގަވެގެން އެބަދެއެވެ. އެހެނީ އެއީ، އެ ދެ ކަލުންގެ އަމިއްޔަ ޒާތީ ޙަޔާތުގެ ނުވަތަ “ޕަރސަނަލް ލައިފްގެ” ކަމެއް ކަމުގައިވާތީ އެވަނީ އެހެން މީހުންނަށް ނުފެންނާނޭހެން އެކަން ކުރައްވާފައެވެ.
އަޅުގަނޑުމެންގެ މުޖުތަމަޢުއަށް ނަޒަރު ހިންގާލުމުން ފެނިގެން މިދަނީ މިއާ މުޅިން ޚިލާފަށް އިދިކޮޅަށް ގިނަ މީހުންގެ ޢަމަލު ހުންނަތަނެކެވެ. މިކަމުގައި “ދީނަށް އުޅޭ” ނުވަތަ “ސުންނަތަށް އުޅޭ” މީހެން ނުވަތަ އެނޫން މީހެކޭ ހަމައެކަނި ތަފާތަކީ ލައިގެން ހުންނަ ފޭރާމުގެ ތަފާތު އެކަނި ކަމުގައި ބުނަންޖެހޭހާ ވަރަށް އެމީހުންގެ ޙާލަތު ގޯހެވެ. އެމީހުންގެ ޢަމަލު ހުންނަ މަގަކީ، ތިމާއާއި ތިމާގެ އަނބިމީހާއާ އެކުގައި ހޭދަކުރެވޭ އެފަދަ ހުރިހާ ވަގުތަކީ ނުވަތަ އިވެންޓަކީ މުޅި ދުނިޔޭގެ އެންމެނަށް ފެންނަން ޖެހޭ ކަމެއްގެ ކަމުގައި ދެކޭ “ސެލެބްރިޓީންގެ” މަގެވެ. އަނބިމީހާއާ އެކުގައި ޕިކުނިކެއް ދިޔަޔަސް އެކަން ސޯޝަލް މީޑިއާގައި “ލައިވް” ކުރަން ނުވަތަ “ޝެއާ” ކުރަން ޖެހެއެވެ. އަދި، އަނބިމީހާއަށް މޮޅު ކާއެއްޗެއް ތައްޔާރު ކުރެވުނަސް ނުވަތަ ދެމީހުން ޕާކަކަށް ދަރިންނާ އެކު ދެވުނަސް އެކަމެއްވެސް މުޅި އެންމެނަށް އަންގައި އިޢުލާނު ކުރަންޖެހެއެވެ. މީހަކު އެމީހާގެ ޢާއިލީ ސިއްރު ގުރޫޕެއްގައި އެފަދަ ކަންކަން ހިއްސާ ކުރުމަކީ މައްސަކައެއް ކަމުގައި ނުވިޔަސް، ތިމާ ދަންނަހާ އެންމެނާއި އަދި ނުދަން މީހުންނަށް ދާންދެން ތިމާގެ “ޕްރައިވެޓް ލައިފް” ގެ ކަންކަން ހިއްސާ ކުރުމަކީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވެގެންވާވަރު ކަމެއް ނޫނެވެ. އެއީ ނަބަވީ ސުންނަތާ ޚިލާފުވާ ކަމެއްކަމުގެ އިތުރުން އިހުގެ ސަލަފުންނާއި ފަހުގެ ޚަލަފުންގެ ހަރުދަނާ އެއްވެސް ބަޔަކު އެމަގުން ކޮށް އުޅުނު ކަމެއް ނޫނެވެ. އެހެނީ، ޙަސަދަވެރިންގެ ޙަސަދައިން ޖެހޭ އެސްފީނާއަށް ތިމާގެ ޒިންދަގީ ހުރަހަކާ ނުލައި ހުށަހަޅައިލުމަކީ އެއްވެސް ޙާލެއްގައި ހެޔޮވިސްނޭ ބުއްދިއެއް ހުރި މީހަކު ކުރާނެކަމެއް ނޫނެވެ. މިފަދަ ކަންކަން އަޅުގަނޑުމެންގެ ތެރެއަށް އައިސްގެން މިއުޅެނީ އިސްލާމީ ރިވެރި އަޚްލާޤާއި ޘަޤާފަތްތަކާ މެދުގައި ރޯފިލާފައިވާލެއް ކުޑަކަމާއި، ކާފިރުންނާއި ފަރަންޖީންގެ ފިޔަވަޅު މަތީގައި ފިޔަވަޅު އެޅޭތީއެވެ. އަދި ބަޔަކު ފިޔަވަޅު އަޅުވާތީއެވެ. والله المستعان.

 

ނުނިމޭ…

 

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 44