[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 47

ފަހެ ނަބިއްޔާ صلى الله عليه وسلم ގެ އަނބީންގެ މެދުގައި ހިނގާ މިކަހަލަ ކަންކަން އަބުއިކުރައްވައި މައްސަލަ ހޫނު ކުރެއްވުމުގައި ބަދަލުގައި އެކަންކަމަކީ މަޖާ، ސަމާސާ އަދި އުފާވެރި ކަންކަން ކަމަށް ނަބިއްޔާ صلى الله عليه وسلم ބަދަލުކޮށްލައްވާލެއް ޙިކުމަތްތެރިކަމާއި އެކަލޭގެފާނުގެ صلى الله عليه وسلم ގެ ޢަދުލުވެރިކަމާއި ކަންކަން ޙައްލުކުރައްވާލެއް ފުރިހަމަކަން މިފަދަ ޙަދީޘްތަކުން ފެނިގެން ދެއެވެ. އަދި ޢާއިޝާ رضي الله عنها އަކީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ހުންނެވި އެންމެ ލޮބުވެތި އަނބިކަނބަލުން ކަމުގައި ވިނަމަވެސް އެކަމަނާގެ ކޮޅަށް ބުރަވެވަޑައިނުގެން ބޭރުފުށުން ހަމަހަމަކަން ޤާއިމު ކުރެއްވިއެވެ. އެއްވެސް ޙާލެއްގައި ސައުދާ رضي الله عنها ގެ ހިތްދަތި ކުރައްވާފައި ޢާއިޝާ رضي الله عنها ގެ ކޮޅަށް ލެނބިވަޑައެއް ނުގަންނަވައެވެ. އެފަދަ ކުދިކުދި ކަންކަމުގައިވެސް އަނބިކަނބަލުންގެ މެދުގައި ހަމަހަމަކަމާއި ޢަދުލުވެރިކަން އެކަލޭގެފާނު އެންމެ ފުރިހަމަ ގޮތުގައި ޤާއިމު ކުރެއްވިއެވެ.

އެއާ ޚިލާފަށް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންގެ ޢަމަލު ހުންނަނީ މިފަދަ ކަންކަމުގެ އިތުރުން ، މިއަށް ވުރެ އަދި މާ އާދައިގެ ކުދި ކަންކަންވެސް އަބުއިކޮށްލައި މުޅި މާހައުލު ތަޣައްޔަރުކޮށްލާ ބީދައިންނެވެ. އޭގެ ސަބަބުން ޢާއިލާގެ ފަރުދަކު ކޮށްލާ ސަމާސާއެއް ވިހަވެ އެ ހުރިހާކަމެއް ގޯސްވެ ދޭދޭ ފަރުދުންގެ ގުޅުމުގައި ރެނދުލައި ޢާއިލީ ޙަޔާތް ކިލަނބުވެގެންދާ ގޮތަށެވެ. هدانا الله.

މިޙަދީޘުން ލިބޭ އަނެއް ފިލާވަޅަކީ ކުރީގެ ޙަދީޘުންވެސް ފެނިގެންދިޔަ ފަދައިން އަނބީންނާ އެކީ ހިނގާ ސަމާސާއާއި މަޖާކުރުންތައް އެނޫން މީހުންނަށް ފޮރުވުމަކީ އަޅުގަނޑުމެން ވަރަަށް ފަރުވާތެރިވާން ޖެހޭ ކަމެއް ކަމެވެ. އެހެނީ ޢުމަރު رضي الله عنه ވަޑައިގަންނަވާކަން ނަބިއްޔާ صلى الله عليه وسلم އަށް އެނގިވަޑައިގެންނެވުމާއެކު ހިނގައިދިޔަ ހުރިހާ ކަމެއް ވަންހަނާ ކުރެއްވުމަށް އަވަސްވެވަޑައިގެންނެވިއެވެ. ނަބިއްޔާ صلى الله عليه وسلم ގެ އެންމެ އަރިސް އެއް ބޭކަލެއް ކަމުގައި ޢުމަރު رضي الله عنه ވީހިނދު ، އަދި ޢުމަރު رضي الله عنه ގެ ދަރިކަލަކާ ނަބިއްޔާ صلى الله عليه وسلم ކައިވެނި ބައްލަވައިގެން އުޅުއްވިއެއް ކަމަކު، ޢާއިޝާ رضي الله عنها އާއި ސައުދާ رضي الله عنها އަކީ ޢުމަރު رضي الله عنه އާ ގުޅުމެއް ހުރި ދެކަނބަލުންނެއް ނޫނެވެ. އެހެންކަމުން އެ ދެ ކަނބަލުންނާއި ޢުމަރު رضي الله عنه އާ ދެމެދު ހިންގާނީ ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުންނާ ދެމެދުގައި ހިނގާ ޙުކުމްތަކެވެ.

 

ނުނިމޭ…

 

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 46